އަލްހާން ފަހްމީ ޕީޕީއެމުން ވަކިވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްޙާން ފަހުމީ ސަރުކާރު ހިންގާ މައި ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީ.ޕީ.އެމުން ވަކިވެއްޖެއެވެ.

ޕީ.ޕީ.އެމުގެ މެމްބަރުކަމުން އިސްތިޢުފާ ދިންކަން ބަޔާންކޮށް ޕީ.ޕީ.އެމްގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ފޮނުއްވި ސިޓީގައި އަލްޙާން ބުނެފައިވަނީ ޕާޓީން ވަކިވާން ނިންމީ ރައްޔިތުންގެ ޚިދުމަތުގައި ދެން އެންމެ ރަނގަޅަށް މަސައްކަތް ކުރެވޭނީ ގުޅިފައިވާ އިއްތިހާދުގެ ތެރެއިންކަމަށް ޤަބޫލުކުރަތީކަމަށެވެ. މީގެ އިތުރުން އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށްވެސް އަލްޙާންގެ ސިޓީގައި ގޮވާލާފައިވެއެވެ.

އަލްޙާން ފަހުމީ ޕީ.ޕީ.އެމުން ވަކިވެ، އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރަން ނިންމާފައި މިވަނީ ޕީޕީއެމާއި ގުޅުނުތާ މަސް ދުވަސްވެސް ނުވަނީހެވެ. ޕީޕީއެމުން އަލްޚާން ވަކިވެފައިވާއިރު އޭނާ ވަނީ މީގެ ކުރިން ޑީއާރުޕީ، އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީގައިވެސް ހަރަކާތްތެރިވެފައެވެ. ނަމަވެސް ދެން ގުޅިވަޑައިގަންނަވާނީ ކޮން ޕާޓީއަކާކަމެއް އަލްޙާން ހާމަކުރައްވާފައެއްނުވެއެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މޫސުން ގޯސްވެ، ދެކުނުގެ ސަރަަހައްދުތަކަށް ޔެލޯ އެލާޓް ނެރެފި

މޫސުން ގޯސްވެ، ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ގއ. ...

ފޭދޫއާއި އާއި މީދޫ ކުޅުނު އެކުވެރިކަމުގެ މެޗު މީދޫޓީމް ކާމިޔާބު ކޮށްފި

އަޟްހާއީދުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން  މީދޫ 20 އަހަރުން ދަށުގެ  ޓީމަކާ ފޭދޫ 20 އަހަރުން ދަށުގެ ޓީމަކާ ...

ހުޅުދޫގައި ޕޮލިސް ވެހިކަލާ ސައިކަލެއް ޖެހި އެކްސިޑެންޓް އެއް ހިގައި

ހުޅުދޫ ޑިމިޝްކަރަ ސަރަހައްދުން ޕޮލިސް ވެހިކަލާއި ކައިކަލެއް ޖެހި އެކްސިޑެޓް ހިގައިފިއެވެ. މައުލޫމާތު ލިބިފައިވާގޮތުން މިއެކްސިޑެންޓް ހިގާފައިވަނީ ހުޅުދޫ ...