މަރަދޫގައި ހިނގި އެކްސިޑެންޓެއްގައި 2 މީހެއްގެ ފައި ދެ ތަނަކުން ބިނދިއްޖެ

އައްޑޫސިޓީ މަރަދޫގައި މިއަދު ހެނދުނު ދެ ސައިކަލް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 2 މީހެއްގެ ފައި ދެ ތަނަކުން ބިނދިއްޖެއެވެ.

މަރަދޫ އާއި މަރަދޫފޭދޫ ގުޅޭ ސަރަހައްދުގެ ލިންކު ރޯޑުގައި ހިގި  މިއެކްސިޑެންޓް ހިގާފައިވަނި  ގޯޅިއަކުން ލިންކު ރޯޑަށް ނިކުތް ސައިކަލެއް ލިންކު ރޯޑުން ހިތަދޫއާއި ވީކޮޅަށް ދުއްވާފައިދިޔަ ސައިކަލެއްގައި ޖެހިގެންނެވެ.

މިއެކްސިޑެންޓްގައި ތިން ޒުވާނުންނަށް އަނިޔާވި ނަމަވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވަނީ  ޒުވާނުންނަށެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުގައި  އެކްސިޑެންޓްގައި އަނިޔާވި ތިން މީހުންގެ ތެރެއިން ދެމީހެއްގެ ފައި ބިންދައިގެންވަނީ ގޮސްފައެވެ.  މީގެ ތެރެއިން އެކެއްގެ ފައިގެ ދެ ތަނަކުން ބިނދި ފައިވާ ކަމަށް ވެސް ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ. މިއެކްސިޑެންޓްގައި އަނިޔާވި  ތިންވަނަ ޒުވާނާގެ ހަށިގަނޑު ބައެއް ތަންތަން ވަނީ މަށައިގެން ގޮސްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފުރަތަމަ ލުއި ދެވޭނީ ގެއިން ނުކުމެ އުޅުމަށް – ރައީސް

މާލެ ސަރަޙައްދުގައި މިހާރު އޮތް ފުރަބަންދުގެ މުއްދަތު ހަމަވުމުން ލުއިތަކެއް ދިނުމަށް ތައްޔާރުވަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ...

ރައީސް ނަޝީދާ ދިވެހި ރައްޔިތުންނާ ދެމެދު އޮތީ ހިތާ ހިތުގެ ގުޅުމެއް: ބޮންޑޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ދިވެހި ރައްޔިތުންނާ ދެމެދު އޮތީ ހިތާ ހިތުގެ ގުޅުމެއް ކަމަށް މަޖިލީހުގެ ...