ކޮންޓްރެކްޓް މުވައްޒަފުންގެ ވަޒީފާގެ ކަންކަން ހަމަޖެއްސުމުގެ އިޚްތިޔާރު ސީދާ އިދާރާތަކަށް

ސަރުކާރުގެ އިދާރާތަކުން ކޮންޓްރެކްޓު އުސޫލުން ނަގާ މުވައްޒަފުންގެ ވަޒީފާ ހަމަޖެއްސުމާއި ކޮންޓްރެކްޓް އައު ކުރުން އެ އިދާރާތަކުން ކުރާގޮތަށް ސިވިލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ

ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުމުގެ ކަންކަން މިހާރު ކުރަމުން އަންނަނީ ސިވިލް ސަރވިސް ކޮމިޝަނުންނެވެ.  އެއުސޫލު ބަދަލުކޮށް، ސިވިލް ސާވިސް ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުރިން މިގޮތަށް ނެގޭ މުވައްޒަފުންނަށް އެ ކޮމިޝަނުން އެޕްރޫވަލް ދޭގޮތަށް އޮތްއޮތުން، ސިވިލް ސާވިސްގެ ގާނޫނުގައިވާ ގޮތުގެ މަތިން އެ އިދާރަތަކަށް ދޫކޮށްލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އެގޮތުން ޑިސެމްބަރ 1 އިން ފެށިގެން ސިވިލް ސާވިސްގެ އިދާރާތަކުން މިގޮތަށް ނަގާ މުވައްޒަފުންގެ ކޮންޓްރެކްޓަކީ ސިވިލްސާވިސްގެ ގާނޫނާއި، ގަވާއިދާއި، އުސޫލުތަކާއި އެއްގޮތަށް އަޕްޑޭޓް ކުރުން އިދާރާތަކުން ކުރާގޮތަށް ހަމަޖެހިފައިވާކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެއެވެ.

މި ނިންމުމާއެކު މިފަދަ މުވައްޒަފުންގެ ކޮންޓްރެކްޓު އައު ކުރުން، ނުވަތަ އަލަށް ނަގާ މުވައްޒަފުންގެ ކޮންޓްރެކްޓު ހެދުމާއި އެޕްރޫވްކުރުމުގެ މަސައްކަތް ކުރާނީ އެ އިދާރާއަކުންނެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ އީދި ސަމާގައި ހިމެނިގެން ޗޭނު ޖަމްއިއްޔާއިން ބޭއްވި ސަގާފީ ޝޯވ ރޭ ބާއްވައިފި

އައްޑޫ އީދި ސަމާގެ ނަމުގައި ކުރިއަށް ގެންދިޔަ އީދު ކުޅިވަރުތަކުގެ ތެރޭގައި ހިމެނިގެން މީދޫ އެކުވެރިންގެ ޗޭނުން ގެނެސްދިން ...

ހިލްޓަން އަށް 24 މިލިއަން ޑޮލަރު ދައްކަން ސަން ޓްރެވެލްސްގެ މައްޗަށް އަމުރެއް

14 ދުވަސްތެރޭގައި، ހިލްޓަން އަށް 24 މިލިއަން ޑޮލަރު ދައްކަން ސަން ޓްރެވެލްސްގެ މައްޗަށް އަމުރެއް ކޮށްފިއެވެ. އެގޮތުން، ...

ޔަހޫދީން  1،000 ޓަނުގެ ގޮވާތަކެތި ޣައްޒާއަށް ޙަމަލާ ދިނުމަށް ބޭނުންކޮށްފި

ޔަހޫދީންނާ ދެކޮޅަށް ޙަމާސް ޖަމާޢަތުން ވަރުގަދަ އަސްކަރީ ޙަރަކާތްތަކެއް ފެށުމާ ގުޅިގެން ޔަހޫދީން  1،000 ޓަނުގެ ގޮވާތަކެތި ޣައްޒާއަށް ...