ގަމާއި ސައުތު އެފްރިކާ ދަތުރުތައް – އިޤްތިޞާދީ ކުރިއެރުމާއި ވަޒީފާގެ ފުރުޞަތުތައް

އައްޑޫ ސިޓީގެ ގަމާއި ސައުތު އެފްރިކާއާ ދެމެދު ސީދާ ދަތުރުތައް ފެށުމުން އިޤްތިޞާދީ ގޮތުން އައްޑޫ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވުމަށް ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަތީފް ވިދާޅުވީ، ސައުތު އެފްރިކާއިން ދަތުރުތައް ފެށުމުން ގިނަ އަދަދެއްގެ ފަތުރުވެރިން ގަމަށް ޒިޔާރަތްކުރާނެ ކަމަށާއި މީގެ ސަބަބުން އައްޑޫ ސިޓީގެ ގެސްޓް ހައުސް ވިޔަފާރިއާއި ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ. އަދި އައްޑޫ ސިޓީގައި މިހާރު ޤާއިމްކުރާ މަސް ފެކްޓްރީގެ މަސައްކަތް ނިމުމުން، ސައުތު އެފްރިކާއަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުޞަތުވެސް ވަރަށް ބޮޑަށް ފަހިވެގެންދާނެ ކަމަށް ލަތީފް ވިދާޅުވިއެވެ.

“އައްޑޫގެ އެންމެންނަށްވެސް ފައިދާ ލިބިގެންދާނެ. މަސް ފެކްޓްރީ ޤާއިމްކޮށް ނިމުމުން މަސް އެކްސްޕޯޓް ކުރުމުގެ ޚިދުމަތް ފެށިގެންދާނެ. ކޮންމެ ފްލައިޓަކުން 15-16 ޓަނުގެ ޕެރިޝަބަލްސް ފުރުޓްސް އާއި ތަރުކާރި އިމްޕޯޓް ކުރެވިގެންދާނެ. 12 ޓަނުގެ މަސް ބޭރު ކުރެވޭނެ ކަމަށް މިބަލަނީ” މުޙައްމަދު ލަތީފް ވިދާޅުވިއެވެ.

ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަމުން ލަތީފް ވިދާޅުވީ އައްޑޫ ސިޓީ ގަމާއި ސައުތު އެފްރިކާއާ ދެމެދު ސީދާ ދަތުރުތައް ފެށުމުގެ ކުރިން ހަދަންޖެހޭ ސްޓޭޝަން އޮޑިޓް މިހާރު ނިމިފައިވާކަމަށެވެ. މިގޮތުން ހެދި އޮޑިޓްތަކުން އެއާޕޯޓުގެ ރަންވޭއާއި އޭޕްރަންގެ ޙާލަތު ހުރީ ސައުތު އެފްރިކަން އެއާރލައިންސްގެ ސޭފްޓީ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ލަތީފް ބުންޏެވެ.

”އޮޑިޓްކޮށް ނިމުނުއިރު، ރަންވޭގެ ޙާލަތާއި، އޭޕްރަންގެ ޙާލަތާއި ހުރިހާ ކަމެއް ހުރީ ސައުފް އެފްރިކަން އެއާރލައިންސްގެ ސޭފްޓީ ސްޓޭންޑާރޑާ އެއްގޮތަށް. ދެން ހޯދަންޖެހެނީ ބައެއް އިކުއިޕްމަންޓާއި އެއާޕޯޓް ތަރައްޤީކުރުމުގެ ކަންތައްތައް. އޮޕަރޭޝަން 24 ނޮވެމްބަރުގެ ކުރިން ނިންމާލެވޭނެ ކަމަށް ބަލަނީ ހުރިހާ މަސައްކަތެއް” މުޙައްމަދު ލަތީފް ވިދާޅުވިއެވެ.

އައްޑޫ ސިޓީ ގަމާއި ސައުތު އެފްރިކާއާ ދެމެދު ސިދާ ދަތުރުތައް ފެށުމުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު، ސައުތު އެފްރިކާއިން އަންނަ ފުރަތަމަ ފްލައިޓު ޖެއްސުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރުމަހުގެ 24 ވަނަ ދުވަހު ހެނދުނެވެ. އަދި އައްޑޫ ސިޓީ ގަމާއި ސައުތު އެފްރިކާއާ ގަމާ ދެމެދު ހަފްތާއަކު 4 ފްލައިޓް އޮޕަރޭޓް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުން ބުނެއެވެ.

މަސްދަރު: ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމްއީސީގެ ކައުންސިލް މެމްބަރުން މަސައްކަތްކުރާގޮތައް މަސައްކަތްކުރެވޭނެ ކަނބަލުން މުޅިދުނިޔޭގައިވެސް ވަރަށް މަދުވާނެ- ޝެހެޒިނީ

އެމްއީސީ ގެ ކައުންސިލް މެމްބަރުން މަސައްކަތްކުރައްވާގޮތައް  މަސައްކަތްކުރެވޭނެ އަންހެން ކަނބަލުން މުޅިދުނިޔޭގައިވެސް ވަރަށް މަދުވާނެކަމަށް މިނިސްޓްރީ އޮފް ޔޫތް ...

ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ފުޓްބޯޅަ މުބާރާތް: މައިލޯ ސިޓީ ޗެމްޕިއަންކަން ހޯދައިފި

ހުޅުދޫ ޒުވާނުންނާއި ހުވަގު ޖަމްއިއްޔާ ގުޅިގެން ހުޅުދޫގައި  ބޭއްވި ” ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ” ފުޓްބޯޅަ ...

ހުޅުމާލޭގައި ބައިސްކަލު ކުއްޔަށް ދޫކުރުމުގެ ޕްރޮޖެކްޓެއް ބީ.އެމް.އެލްއިން ތަޢާރަފްކޮށްފި

“ސިޓީ ބައިކް” ނަމުގައި ހުޅުމާލޭގައި ބައިސްކަލު ކުއްޔަށް ދޫކުރުމުގެ ޕްރޮޖެކްޓް ތައާރަފްކޮށް ހިންގުމަށް ބޭންކް އޮފް މޯލްޑިވްސް އާއި ...