ލަންކާ އާއި ރާއްޖެއާ ދެމެދު ގިނަ އެއްބަސްވުންތަކެއް މި ދައުރުގައި ފުރިހަމަކޮށް ނިންމާލެވުނު: ރައީސް ސޯލިހް

ސްރީލަންކާ އާއި ރާއްޖޭގައި ދެ ގައުމުގެ މެދުގައި ގިނަ އެއްބަސްވުންތަކެއް މި ދައުރުގައި ފުރިހަމަކޮށް ނިންމަވާލެވުނު ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ، ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހާއި ރައީސް ވިކްރަމަސިންހަ ވަނީ ސްރީލަންކާގެ މިހާރުގެ ހާލަތާއި، ދާދިފަހުން ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން ގައުމު މަޑުމަޑުން އަރައިގަންނަމުންދާ ގޮތާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން ސްރީލަންކާގެ އިގްތިސާދު ފުޅާކުރުމަށް ސަރުކާރުން މިހާރު ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާއި މުސްތަގްބަލަށް ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކާއި ގުޅޭގޮތުންވެސް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސް ސޯލިހްގެ ވާހަކަފުޅުގައި، ސްރީލަންކާގެ ރައީސް، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެއްބާރުލުން ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އެގޮތުން ދެ ގައުމުގެ މެދުގައި ގިނަ އެއްބަސްވުންތަކެއް މި ދައުރުގައި ފުރިހަމަކޮށް ނިންމަވާލެއްވުން ހިމެނޭކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސްރީލަންކާގެ ރައީސް ވަނީ ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް ރާއްޖެއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ދިވެހިރާއްޖެއާއި ސްރީލަންކާއަށް އުފާ ފާގަތި މުސްތަގްބަލަކަށް އެދިވަޑައިގަންނަވަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރޮލެކްސް ގަޑިއާއި ކޮހިނޫރު އަގޮޓީގެ ޒަމާން ނިމިގެން ގޮސްފި – ރައީސް ނަޝީދު

ރޮލެކްސް ގަޑިއާއި ކޮހިނޫރު އަގޮޓީގެ ޒަމާން ނިމިގެން ގޮސްފައިވާކަމަށް ކުރީގެ ރައީސް އަދި 19 ވަނަ ރަށްޔިތުންގެ މަޖިލިހުގެ ...

ކޮވިޑު-19 އަށް ފަރުވާ ދެމުން ދަނިކޮށް 28 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

ކޮވިޑު-19 އަށް ފަރުވާ ދެމުން ދަނިކޮށް ދިވެހިރާއްޖޭގައި 28 އަހަރުގެ ޒުވާން އަންހެނަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ...

ކޯވިޑް19 އަށް ފަރުވާ ހޯދަމުންދިޔަ ކުރީގެ ސިފައިންގެ ބޭކަލަކު ނިޔާވެއްޖެ

ކޯވިޑް19 އަށް ފަރުވާހޯދަމުން ދިޔަ ކުރީގެ ސިފައިންގެ ބޭކަލަކު ނިޔާވެއްޖެ އެވެ. މިއީ މިބަލީ ގައި ރާއްޖެއިން ނިޔާވި ...