މިއަދުގެ ހުޅުމީދޫގައިވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފި

ހުޅުމީދޫގައި މިއަހަރަގެ އަޟްހާ ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކޮށްފިއެވެ. ހުޅުމީދޫގައި ބޮޑުޖަމާއަތުގައި މިއަދު އީދު ނަމާދު ކޮށްފައިވަނީ ޕޮލިސް ދަނޑުގައެވެ.

އެކި އުމުރުފުރާގެ، ދެ ޖިންސުގެ ގިނަ އަދަދެއްގެ ދިވެހިންނާއި  ބިދޭސީން މިއަދު މާލޭގައި ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދުގައި ބައިވެރިވި އިރު، އެ ޖަމާޢަތުގައި އިމާމުވެ އީދު ނަމާދުކުރެއްވީ މީދޫ މަސްޖިދުލް އިބްރާހިމް މަޖުދުއްދީންގެ އިމާމް މުހައްމަދު ރަޝީދެވެ.

އީދު ނަމާދަށްފަހު އިއްވި އީދު ހުތުބާގައި ބުނެފައިވަނީ، އީދު ދުވަހަކީ އަހަރުތެރޭގައި އަންނަ އެންމެ މާތް ދުވަސްތަކުގެ ތެރެއިން ދުވަހެއް ކަމަށެވެ.

އަދި އަޟްހާ އީދަކީ ގުރުބާނީގެ ދުވަހެއްކަން ފާހަގަކޮށް، އިބްރާހީމްގެފާނަށް މާތްﷲ ކުރިމަތިކުރެއްވި އިމްތިހާނުގެ ވާހަކަތައް ހުތުބާގައި ހިމެނުނެވެ.

ހުތުބާގައި ބުނި ގޮތުގައި މިއަދު އިސްލާމީ އުންމަތުން ވަނީ، މި ހާދިސާއިން އިބުރަތް ހާސިލުކުރަން ޖެހިފައެވެ.

މީގެ އިތުރުން އީދު ދުވަހަކީ ނަފްސުގެ ޝަހާވަތްތަކާއި ހަވާނަފްސުގެ ދަހިވެތިކަމާއި ހަސަދަވެރިކަމާއި ނީހަވެރިކަމާއި ދެބައޮޑުވުމާއި ނެތިމޮށުމުން މިނިވަންކޮށްދޭ އީދަކަށް ވާންޖެހޭނެކަމަށް ހުތުބާގައި ބުންޏެވެ.

އީދު ނަމާމަށްފަހު ނަމާދަށް ހާޒިރު ފަރާތްތަކަށް ތައްޔާރުކޮށްފައިވާ ހެނދުގެ ސައި ޕޮލިސް ދަނޑުގައި އޮތެވެ. އަދި މީގެ އިތުރަށް މީދޫ ކާޑުގޭ ޕާކްގައިވެސް ހެނދުނުގެ ސައިވަނީ ތައްޔާރުކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް ޔާމީނަށް އޮތް ތާއިދު ދައްކާލަން ހުޅުމީދޫ ގައި ސައިކަލް ބުރެއް ބާއްވައިފި

އަންނަ މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ރައީސް އަބްދުﷲ ޔާމީން ...

މީދޫގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށްފަށައިފި

އައްޑޫ ސިޓީ މީދޫގައި ސަރުކާރުން އަލަށް އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށްފަށައިފިއެވެ. މިއަދު މީދޫގައި ބޭއްވުނު ...

ކޯވިޑް-19 : ބޭރުގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށްފި

އާއްމު ތަންތަނަށް ނުކުމެއުޅޭއިރު މާސްކް އެޅުން ރާއްޖޭގައި މަޖުބޫރުކޮށްފިއެވެ. ބޭރުތެރޭގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށްފައިވާކަން ސަރުކާރުން ހާމަކުރައްވާފައިވަނީ ...