ޔޫތު މިނިސްޓަރ މަހްލޫފް މަސައްކަތުން އެކަހެރިކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމައިފި

advertisement

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވުމުން އެ އޮފީހުން ވަކި ގޮތެއް ނިންމަން ދެން މަހްލޫފް މަގާމުން އެކަހެރިވެ ހުންނެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަންގަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް މިއަދު ވިދާޅުވީ، މަހުލޫފަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާތީ، އޭނާއަށް ދައުވާ ކުރުމާ މެދު ޕީޖީ އޮފީހުން ގޮތެއް ނިންމަންދެން އޭނާ މަސައްކަތުން އެކަހެރިކުރަން ނިންމާފައިވާ ކަަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 33،000 ޑޮލަރު މަހުލޫފުގެ އެކައުންޓަށް ވަން މައްސަލައިގެ ތަހުގީގު ނިންމައި އޭނާގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަދު ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.

ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި މަހްލޫފްގެ ނަން އޮތް ނަމަވެސް އޭނަ ވަނީ އެކަމަށް އިންކާރުކޮަށްފައެވެ. އަދި ޚިޔާނާތުގެ ދައުވާ އުފުލައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވެސް މީގެ ކުރިން އޭނާ ވިދާޅުވެފައިވެއެވެ.

މަހްލޫފްގެ މައްޗަށް ދައުވާ އުފުލުމާ މެދު ޕީޖީ އޮފީހުން އަދި ވަކި ގޮތެއް ނުނިންމައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް: ފޯރިގަދަ ދެ ސެމީ ފައިނަލް މެޗްތައް މިރޭ !

ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ފުޓްބޯޅަ މުބާރާތުގެ  ސެމީ ފައިނަލުގެ މެޗުތައް މިރޭ ކުރިއަށްދާނެ އެވެ. ސެމީ ފައިނަލު ...

ށ. ނަރުދޫން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ށ. ނަރުދޫން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. “ސީއެންއެމް” ރިޕޯޓްކޮށްފައިވާގޮތުގައި މިފަހަރު ނަރުދޫއިން ޕޮޒިޓިވްވެފައިވަނީ ...

އަންނަ މަހު ގެސްޓް ހައުސްތަކާއި ރިސޯޓުތައް ހުޅުވާލަނީ!

ކޯވިޑް-19 އާއި ގުޅިގެން ރާއްޖެ ފުރަބަންދުކޮށްފައިވާތާ ދުވަސްތަކަަކަށް ފަހު އަންނަ ހޯމަ ދުވަހުން ފެށިގެން ގިނަ ލުއިތަކެއް ދޭން ...