ބޭރުގެ މީހުން އިދިކޮޅު ފަރާތްތަކަށް އެހީތެރިވެދެނީ އެމީހުން ބޭނުންވާ މިނިވަންކަން ގެނައުމަށް – މުއިއްޒު

ބޭރުގެ ޤައުމުތަކުގެ މީހުން އިދިކޮޅު ފަރާތްތަކަށް އެހީތެރިވެދެނީ އެމީހުން ބޭނުންވާ މިނިވަންކަން ގަނައުމުގެ ބޭނުމުގައި ކަމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގދ މަޑަވެލީގައި ސަރުކާރުން ކުރިޔަށް ގެންދިޔަ މަޝްރޫއުތަކުގެ ކާމިޔާބީ ފާހަގަކުރުމަށް، އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރ މުއިއްޒު ވިދާޅުވީ، އިސްލާމް ދީން ނޫން އެހެން ދީންތައް ރާއްޖެއަށް ގެނައުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށާ އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުސަތު ދޭން އިދިކޮޅު ފަރާތްތަކުން އަބަދު ރާވަމުން އަންނަ ކަމަށެވެ.

އެގޮތުން އިދިކޮޅު ފަރާތްތައް ވެރިކަމަށް ގެނައުމަށް ބޭރުގެ މީހުން އެހީތެރިވެދެއްވާކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ ބޭރުގެ މީހުން އިދިކޮޅު ފަރާތްތަކަށް އެހީތެރިވެދެނީ އެމީހުން ބޭނުންވާ މިނިވަންކަން ގަނައުމުގެ ބޭނުމުގައި ކަމަށެވެ.

ޑރ.މުއިއްޒު މި މޭރުމުން ވާހަކަފުޅު ދައްކާވާފައިވާއިރު، ފާހަގަކޮށްލަން ޖެހޭ ކަމަކީ ރާއްޖޭގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާ އަދި ބައެއް ވިޔަފާރިވެރިން ހިމެނޭ ގޮތަށް ލިސްޓެއް ހަދާ އެ ބޭފުޅުންނާ މެދު ފިޔަވަޅު އެޅުމަށް ޔޫރަޕިއަން ޔޫނިއަން އަށް ދިވެހިގެ ގޮތުގައި ތިބެ ބައެއް އިދިކޮޅު ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

މި ރަސްމިއްޔާތުގައި އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި އިސްލާމް ދީނާއި މިނިވަންކަން ހިމާޔާތް ކުރެއްވުމަށް މަތިވެރި ޤުރުބާނީތަކެއް ރައީސް ޔާމީން ވެވަޑައިގެންފައިވާކަމަށެވެ. އަދި މިނިސްޓަރ ވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލު ހިމާޔާތް ކުރައްވަން ރާއީސް ޔާމީން ކުރައްވާ ކަންކަން ވަރަށް ބޮޑަށް ފާހަގަކުރައްވާފައެވެ.

ރައީސް ޔާމީންގެ ޒައާމަތުގައި އެހެން ދީންތަކަށް ނުވަތަ ބޭރު ބައެއްގެ ނުފޫޒް ރާއްޖެއަށް ފޯރުވިޔަ ނުދޭނެ ކަމަށެވެ. މީގެއިތުރުން ޤައުމުގެ މުސްތަޤްބަލަށްޓަކައި ރައީސް ޔާމީން ދެވަނަ ދައުރުއަކަށް ހޮވާ ދެއްވަން ޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެއްމަހުގެ ކުއްޖަކު ކޮވި ޑަށް ޕޮޒިޓިވް ވެއްޖެ

ވިހޭތާ އެއް މަސް ނުވާ ކުއްޖަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. ޕޮޒިޓިވް ވެފައިވަނީ ފިރިހެން ކުއްޖެކެވެ. މިރޭ ބޭއްވި ...

ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މާލެއާއި އަތޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހި ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މާލެއާއި އަތޮޅުތަކުގައި، ޤާއިމްކޮށްފައި ހުރި ފުލުހުންގެ މަރުކަޒުތަކުގައި ދިދަ ...

މީދޫ ބަނދަރަށް ކާރެއް ވެއްޓިއްޖެ

ސ.މީދޫއިން ފޭދުއަށް ގެންދިއުމަށްޓަކައި  ކާރެއް ދޯންޏަކަށް އަރުވަން އުޅުމުގެތެރޭގައި ކޮންޓްރޯލް ނުވެގެން ގޮސް ކާރެއް މޫދަށް ވެއްޓިއްޖެއެވެ. މައުލޫމާތު ...