ހުވަދުއަތޮޅުގައި ސީޕްލޭން ހަބެއްވެސް ޤާއިމް ކުރެވޭނެ – ރައީސް

ގދ.ފަރެސްމާތޮޑާގައި މި ސަރުކާރުން އަޅާ އެއާޕޯޓާއެކު އެ ސަރަޙައްދުގައި ސީޕްލޭން ހަބެއްވެސް ޤާއިމް ކުރެވިގެން ދާނެ ކަމަށް ރައީސުލްޖުމްޖޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ފަރެސްމާތޮޑާގެ ބަނދަރު ރަސްމީކޮށް ހުޅުވައިދެއްވާ، ބިންހިއްކުމުގެ ރަސްމިއްޔާތު އިފްތިތާހުކޮށްދެއްވުމުގެ އިތުރުން އެއާޕޯޓު އަޅާ ބިން ހިއްކުން އިފްތިތާހުކޮށްދެއްވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހުވަދުއަތޮޅަކީ ބޮޑު އަތޮޅެއް ކަމަށާއި، އެ ސަރަޙައްދު ޓޫރިޒަމްގެ ހަބަކަށްވާނެކަމަށެވެ.

އަދި ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ކާޑެއްދޫ އެއަރޕޯޓް ބައިނަލްއަޤުވާމީ ވައިގެ ބަނދަރަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާއިރު މިއަދު ފަރެސް މާތޮޑާގެ އެއާޕޯޓްގެ ބިން ހިއްކުން އިފްތިތާހު ވެގެން ދިޔުމުން ދެން އެމަނިކުފާނުގެ އަމާޒަކީ އެ ސަރަޙައްދުގައި ސީޕްލޭން ހަބެއް ޤާއިމް ކުރުން ކަމަށެވެ.

އެގޮތަށް އެމަނިކުފާނުގެ ވިސްނުން ބައްޓަން ކުރެއްވީ ކީއްވެގެން ކަން ރައްޔިތުންނަށް ހާމަކުރައްވަމުން ރައީސް ވިދާޅުވީ، އެ ސަރަޙައްދަކީ ޓުއަރިޒަމް ވަރަށް ބޮޑަށް ކުރި އަރައިގެންދާނެ ސަރަޙައްދެއްކަން ޔަގީންވާއިރު، އެ ސަރަޙާއްދަށް ފަތުރުވެރިންނަށް ދަތުރުފަތުރު ކުރުމުގައި ލުއި ފަސޭހަތަކެއް ހޯދައިދޭން ޖެހޭނެކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ފަރެސްމާތޮޑާގއި 3000 އެނދު ޓުއަރިޒަމް އަށް ތަރައްޤީ ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން އެ ސަރަހައްދަކީ މަސްވެރި ސަރަހައްދަކަށްވެފައި ފަރެސްމާތޮޑާގައި އައިސް ޕްލާންޓެއް ޤާއިމްކުރާނެ ކަމަށްވެސް ރައީސް ވައުދުވެ ވަޑައިގެންނެވިއެވެ. އަދި ޒުވާނުންނަށް މަސްވެރިކަމުގެ ދާއިރާގައި ފަހި ފުރުޞަތުތަކެއް ހޯދައިދޭން މަސައްކަތްކުރަމުންދާއިރު އާ ޖީލެއްގެ މަސް ދޯނި ފަހަރު ތަޢާރަފްކޮށް، އެ ދޯނި ފަހަރުގައި އަމިއްލަ އަށް އައިސް އުފެއްދޭނެ ފަދަ “ސެލްފް ސަސްޓެއިންޑް” އުޅަނދުތަކަށް ހެދުމަކީ އަމާޒެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ފާއިތުވި ސަރުކާރުތަކުން ފަރެސްމާތޮޑާއަށް 7.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މި ސަރުކާރުން މިހާތަނަށް 105 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެއާޕޯޓް މަޝްރޫޢު ނިމުމުން އެ ރަށަށް މި ސަރުކާރުން ކުރި ޚަރަދު 200 މިލިއަން ރުފިޔާ އަށް އަރާނެކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިންތިޚާބީ ރައީސްއާއި ނާއިބު ރައީސް ހުވާކުރެއްވުން ހަވީރު 5 ޖަހާއިރު

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް، މަޤާމުގެ ހުވާކުރެއްވުމަށް ބާއްވާ ޚާއްޞަ ...

ޔާމީން އަތުން 5 މިލިއަން ޑޮލަރު ހޯދެން ނެތް ކަމަށް ހުކުމްކޮށްފި

މަނީ ލޯންޑްރިންގެ މައްސަލާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 11 އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ...

ޢަބްދުﷲ ސަޢީދުގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހުކުމް ކޮށްފި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބަހައްޓަން ކްރިމިނަލް ...