ތަފާތު އޮފަރ ތަކަކާއެކު ސްޕަރ ނެޓް ބްރޯޑްބޭންޑްގެ ޚިދުމަތް އައްޑޫ ސިޓީއަށް

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑުތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް އައްޑޫސިޓީގެ މަރަދޫއާއި މަރަދޫ ފޭދޫ އަށް ތައާރަފްކޮށްފިއެވެ.

އުރީދޫ އިން އިއުލާންކޮށްފައިވަނީ، އައްޑޫގެ އެހެނިހެން ސަރަހައްދުތަކަށްވެސް ވަރަށް އަވަހަށް މި ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.

ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް އައްޑޫސިޓީއަށް ތައާރަފްކުރުމަށާ އަދި އުރީދޫގެ 13 ވަނަ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން އުރީދޫއިންވަނީ ޚާއްސަ އޮފާތަކެއްވެސް ތައާރަފްކޮށްފައެވެ.

މި އޮފަރ މެދުވެރިކޮށް،  30 އޮގަސްޓް 2018 ގެ ކުރިން މަރަދޫ އަދި މަރަދޫ ފޭދޫގައި އުރީދޫ ސުޕަރނެޓްގެ ޚިދުމަތް ޚިޔާރު ކުރައްވާ އެންމެހާ ބޭފުޅުންނަށް، 13 މަސްދުވަސް ވަންދެން ނަންގަވާ ޕެކޭޖުން %50 ގެ ބޯނަސް ޖީބީ ލިބިގެންދާނެއެވެ.

މަރަދޫ އަދި މަރަދޫ ފޭދޫގެ ރައްޔިތުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އިތުރު ފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން، އުރީދޫ އިން ސުޕަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް އެކްޓިވޭޝަން ފީ އެއް ނުވަތަ ޑިޕޮސިޓ ފީއެއްް ނުނަގާގޮތައްވަނީ  ހަމަޖައްސާފައި އެވެ.

“އުރީދޫގެ އަމާޒަކީ، އެންމެ ފަހުގެ ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް އަޅުގަނޑުމެންގެ ކަސްޓަމަރުންގެ އިތުރު ކުރިއެރުމާއި ތަރައްޤީ ފޯރުކޮށްދިނުން. މިގޮތުން ފާއިތުވެދިޔަ 13 އަހަރުތެރޭގައި، ދިވެހިރާއްޖޭގެ މުވާސަލާތީ ނާރެސް ވަރުގަދަކޮށް، ދިވެހި ރައްޔިތުންނަށް އިޤްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ގެނުވަދިނުމަށް އުރީދޫ އިން ވަނީ މުހިއްމު މަސައްކަތްތަކެއް ކޮށްފައި. އަދި ފިކްސްޑް އިންޓަނެޓްގެ ލައިސަންސް ލިބުމާއި އެކު، އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް އަމާޒަކަށް ވެގެންދިޔައީ ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް. މި މަސައްކަތުގެ ދަށުން، އައްޑޫ ސިޓީގެ މަރަދޫ އަދި މަރަދޫ ފޭދޫ އަށް ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ތައާރަފްކޮށް، ރާއްޖޭގެ އެންމެ ހަލުވި ސްޕީޑުގެ އިންޓަނެޓް ޚިދުމަތް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް.” އުރީދޫގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވިއެވެ.

2 އެމްބީޕީއެސް އިން ފެށިގެން 100 އެމްބީޕީއެސް އާއި ދެމެދުގެ ސްޕީޑުތަކުގައި، ކަސްޓަމަރުންގެ އެކި އެކި ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކުރެވިފައިވާ ތަފާތު ސުޕަނެޓް ބްރޯޑްބޭންޑް ޕެކޭޖް އުރީދޫ އިން ފޯރުކޮށްދެއެވެ.

ހަމައެހެންމެ މި ޕެކޭޖުތަށް ވަނީ ފޭސްބުކް، ޔޫޓިއުބް، ނެޓްފްލިކްސް ފަދަ ދިވެހިންގެ މެދުގައި މަޤްބޫލް އެޕްލިކޭޝަންތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކޮށްދޭގޮތަށް އޮޕްޓިމައިޒް ކުރެވިފައެވެ. މި ޚިދުމަތާއި އެކު، މަރަދޫ އަދި މަރަދޫ ފޭދޫގެ ރައްޔިތުންނަށް މާކެޓުގެ އެންމެ ހެޔޮ އަގުތަކުގައި އިންޓަނެޓް ބޭނުންކުރެވޭނެ އެވެ. ސުޕަރނެޓްގެ ޚިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، އުރީދޫ އިން ވަނީ 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭން އަކާއި އެކު ސުޕަރނެޓްގެ ރައުޓަރު ބައްލަވައިގަތުމުގެ ފުރުސަތު ދީފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސިޓީގެ ސްޓާލިންގ ލިވަޕޫލްއަށް ބަދަލުވުމަށް ބޭނުންވާކަން ހާމަކޮށްފި

އަލުން ލިވާޕޫލްއަށް ބަދަލުވުމާއިމެދު މެންޗެސްޓަރ ސިޓީގެ ސްޓާލިންގ ވާހަކަ ދައްކައިފިއެވެ. އުމުރުން 25 އަހަރގެ ފޯވާޑް ލިވަޕޫލް ދޫކޮށް ...

ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަނިމާދޫގައި ގިނަ ހަރަކާތްތަކެއް

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ހދ. ހަނިމާދޫގައި ގިނަ ހަރަކާތްތަކެއް ހިންގައިފިއެވެ. 1999 ވަނަ އަހަރުން ފެށިގެން ކޮންމެ ...

ކޮރޯނާ ވައިރަަސް: ޝައްކުވެ އައްޑޫއިން ނެގި ތިން ސާމްޕަލްވެސް ނެގެޓިވް

އަވައްޓެރި އިންޑީއާގެ ކޮޗިންއަށް ދަތުރުކޮށްފައި އައި މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވިގެން އައްޑޫސިޓީން ސާމްޕަލް ނެގި ...