ކޯވިޑް-19 : މިއަދު އެކަނި މިހާތަނަށް 50 މީހުން ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން ކޯވިޑް-19އަށް މިއަދު އެކަނި ޕޮޒިޓިވްވި މީހުންގެ އަދަދު 50ހަށް އިތުރުވެއްޖެއެވެ. މިހާތަނަށް 191 މީހުން ރާޢްޖެއިން މި ބައްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ.

މީގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި ޕާކިސްތާނުގެ ރައްޔިތެކެވެ. މީގެ އިރުކޮޅެއް ކުރިންވެސް އެޗްޕީއޭއިންވަނީ ރާއްޖެއިން އިތުރު 11 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވިކަން ހާމަކުރައްވާފައެވެ. އޭގެ ތެރޭގައިހިމެނެނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 9 މީހުންނާއި، އިންޑިއާ މީހެއްގެ އިތުރުން ދިވެއްސެއް ކަމަށެވެ.

މިއަދުގެ މިހާތަނަށް ރާއްޖެއިން 50 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. މިބަލިން މިހާތަނަށް ރަނހަޅުވެފައިވަނީ ޖުމްލް 17 މީހުންނެވެ. މިހާރު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 191 އަށް އަރާފައެވެ.

މިއަދު މި ބައްޔަށް ޕޮޒިޓިވްވި 50 މީހުންގެ ތެރޭގައި ހިމެނެނީ ބަންގަލަދޭޝްގެ 38 މީހަކާއި 9 ދިވެހިންނާއި އިންޑިއާގެ 2 މީހުންނާއި ޕާކިސްތާނުގެ މީހެކެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވާ ދިވެހިންނާއި ބިދޭސީންގެ އަދަދު އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ބަލި ކޮންޓްރޯލްކުރުމަށްޓަކައި މަލޭގައި ތޮއްޖެހިންގެ ބިދޭސިން ދިރިއުޅޭ ތަންތަން ބަލައި އެތަންތަނުގެ ޙާލަތު ދެނެގަތުމަށްފަހު 837 މީހުން ދިރިއުޅެމުންދިޔަ 18 ތަނެއް މޮނީޓަރިންގެ ޙާލަތަށް ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޗައިނާއިން ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފި

ކޮރޯނާ ވައިރަސްއާ ގުޅިގެން ޗައިނާއިން މީހުން ރާއްޖެއަށް އެތެރެވުން ސަރުކާރުން މަނާކޮށްފި އެވެ. ސަރުކާރުން ނިންމާފައިވަނީ ޗައިނާގެ ރައްޔިތުންނާއި ...

އައްޑޫ ސިޓީން އިތުރު 31 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 31 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން އާދީއްތަ ދުވަހުގެ ...

އައްޑޫ ސިޓީގެ ޓާޝަރީ ހޮސްޕިޓަލް ވެގެންދާނީ އެންމެ ރީތި ހިތްގައިމު ހޮސްޕިޓަލަށް- މިނިސްޓަރ ނާޒިމް

އައްޑޫ ސިޓީގައި ޤާއިމްކުރާ ޓާޝަރީ ހޮސްޕިޓަލް ވެގެންދާނީ އެ ސަރަހައްދުގައި ހުރި އެންމެ ރީތި އަދި އެންމެ ހިތްގައިމު ...