މިނިވަންދުވަހުގެ ރަސްމީ ބައްދަލުވުން ބާއްވައިފި

މިނިވަންދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބޭއްވި ރަސްމީ ބައްދަލުކުރެއްވުން ރޭ ދަރުބާރުގޭގައި ބާއްވަވައިފިއެވެ. މި ހަފްލާއަށް ވަޑައިގެންނެވި ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްދަލުކުރައްވައި، މިނިވަންދުވަހުގެ ތަހުނިޔާ ވިދާޅުވިއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި އެ ރަސްމިއްޔާތުގައި ރައީސް ޔާމީންގެ ދެކަނބަލުންގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި، ކޯޓުތަކުގެ ފަނޑިޔާރުންނާއި، ރާއްޖޭން ބޭރު ގައުމުތަކަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުން ހިމެނިވަޑައިގަންނަވައެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ އޮންނާނީ މިރޭ ޖުމްހޫރީ މައިދާނުގައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެ އިތުރުން މިނިވަންދުވަހާ ގުޅިގެން ބާއްވަވާ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ހުކުރުދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރު ފާހަގަކުރަމުން މިދަނީ ޜާއްޖޭގެ 53 ވަނަ މިނިވަންދުވަހެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއަދަކީ ބައިނަލް އަގުވާމީ ނަރުހުންގެ ދުވަސް: ނަރުގުންގެ އާދޭސް ގޭގައި މަޑުކޮށްލަދީ

މިއަދަކީ ބައިނަލްއަޤުވާމީ ނަރުހުންގެ ދުވަހެވެ. މިދުވަހުގެ ތަހުނިޔާ އެންމެހާ ލޮބުވެތި ނަރުހުންނަށް އަރިސް ކުރަމެވެ. ކޮންމެ އަހަރެއްގެ ވެސް ...

ހުޅުމީދޫގެ ކުރީގެ ކައުންސިލަރު އަލީ މުހައްމަދު ( އައްދު ) އެމްޓީޑީއަށް ސޮއިކުރައްވައިފި

އަލަށް އުފައްދަން ހުއްދަ ދީފައިވާ ސިޔާސީ ޕާޓީއެއްކަމަށްވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ)އަށް  ހުޅުމީދޫގެ ކުރީގެ ކައުންސިލަރު އަލީ ...

ފައްޔާޒާއި އިދިކޮޅަށް އެރުމަކީ ކުރެވުނު ގޯސްކަމެއް: ނަޝީދު

އިކޮނަމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ދެކޮޅަށް ދެން ނާރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ...