“ރަސްފަންނު މިކްސްޑް ޔޫސް ޑިވެލޮޕްމަންޓް” މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވައިފި

ރާއްޖޭގައި މިހާތަނަށް ތަރައްޤީކުރާ އެންމެ މަތީ ފަންތީގެ އެޕާޓްމަންޓްތަކާއެކު ޢިމާރާތްކުރާ “ރަސްފަންނު މިކްސްޑް ޔޫސް ޑިވެލޮޕްމަންޓް” މަޝްރޫޢުގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަޅުއްވައިދެއްވައިފިއެވެ. މި މަޝްރޫޢުގެ ދަށުން 28 ބުރީގެ 4 ޓަވަރު ޢިމާރާތްކުރާގޮތައްވަނީ ހަމަޖެހިފައެވެ.  އެއީ 288 ހޮޓެލް ރޫމާއި، މަތީފަންތީގެ 533 އެޕާޓްމެންޓް ހިމެނޭގޮތަށެވެ.

ރަސްފަންނު މިކްސްޑް ޔޫސް ޑިވެލޮޕްމަންޓް މަޝްރޫޢުގައި ހިމެނެނީ 28 ބުރީގެ 4 ޓަވަރެވެ. މިއީ 70000 އަކަމީޓަރު ސަރަޙައްދެއްގައި ޢިމާރާތްކުރާ ޓަވަރުތަކެކެވެ. ރާއްޖޭގައި މިހާތަނަށް އެންމެ އުސްކޮށް ޢިމާރާތްކުރާ މި ޓަވަރުތަކުގެ އުސްމިނުގައި ސަތޭކަ މީޓަރު ހުންނާނެއެވެ. “ރަސްފަންނު މިކްސްޑް ޔޫސް ޑިވެލޮޕްމަންޓް” މަޝްރޫޢު އިފްތިތާޙްކުރައްވައި ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

7000 އަކަމީޓަރުގެ ސަރަޙައްދެއްގައި ތަރައްޤީކުރާ ޓަވަރުތަކުގައި އެއްކޮޓަރީގެ އެޕާޓމްނަޓްތަކުން ފެށިގެން ފަސް ކޮޓަރީގެ އެޕާޓްމަންޓްތަކާހަމައަށް އެޕާޓްމަންޓް ހިމެނެއެވެ. އަދި ސްކައި ވިލާ އެޕާޓްމަންޓް ހިމެނޭގޮތަށް ޖުމްލަ 533 ރެޒިޑެންޝަލް އެޕާޓްމެންޓް ހިމެނެއެވެ. އަދި ފަތުރުވެރިކަމަށް ޚާއްޞަކޮށްގެން 288 ހޮޓެލް ރޫމް ހުންނާނެއެވެ. އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރާ މިޓަވަރުތަކުގެ އެންމެ ތިރީގެ 2 ފަންގިފިލަގައި ރާއްޖޭގައި މިހާތަނަށް ތަރައްޤީކުރާ އެންމެ ބޮޑު ޝޮޕިންގ މޯލް ހިމެނެއެވެ. އަދި 2 ފަންގިފިލާ ސައިކަލާއި ކާރު ޕާކިންގއަށް ޚައްޞަކޮށްފައިވެއެވެ. އަދި ސްވިމިންގ ޕޫލްތަކާއި ޖިމާއި ކުޑަކުދިންނާއި ޒުވާނުންނާއި އެނޫންވެސް ފަރާތްތަކަށް ޚައްޞަ ކުޅިވަރުގެ ވަސީލަތްތައްވެސް ޤާއިމްކޮށްފައި ހުންނާނެއެވެ.

އޭގެ ތެރޭގައި ރީޓެއިލް ސާވިސް އައުޓްލެޓްސް ޝޮޕިންގ، އެންޓަޓައިންމެންޓް އަދި ކަލްޗަރަލް ސްޕޭސްއާއި، ސްވިމިންގ ޕޫލްތަކާއި، ސްކައި ރޫފްޓޮޕް ސިނަމާ އާއި ރޫފް ގާޑެންވެސް ހިމެނެއެވެ.
“ރަސްފަންނު މިކްސްޑް ޔޫސް ޑިވެލޮޕްމަންޓް” މަޝްރޫޢުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި މަޝްރޫޢުއަކީ ރާއްޖޭގެ ތާރީޚް ބަދަލުކޮށްލާނެ މަޝްރޫޢެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ، މިއީ ތޮށްޖެހިފައިވާ މާލޭގެ ބިން އެންމެ ހެޔޮގޮތުގައި ހިފައިގެން، ހިތްފަސޭހަ މާހައުލެއްގައި އެކި ފަންތީގެ ފަރާތްތަކަށް ބޯހިޔާވަހިކަމާއި ތަރައްޤީގެ މަޝްރޫޢު ހިންގޭ ތަނަކަށް މާލެ ބަދަލުކޮށްލުމަށް ރައީސް ޢަބްދުﷲ ޔާމީން ގެންގުޅުއްވާ ވިސްނުންފުޅުގައި ހިމެނޭ މަޝްރޫޢުއެއްކަމަށެވެ. މި މަޝްރޫޢުގެ ސަބަބުން ރަސްފަންނު ސަރަޙައްދަކީ މާލޭގެ އެންމެ އަގުބޮޑު ސަރަޙައްދަށް ވެގެންގޮސްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި މި މަޝްރޫޢަކީ ދައުލަތުން އެއްވެސް ފައިސާއެއް ޚަރަދުނުކޮށް ހިންގާ މަޝްރޫޢެއްކަން ފާހަގަކުރެއްވިއެވެ.

ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި މަޝްރޫއަކީ ރާއްޖޭގެ ޢިމާރާތްކުރުމުގެ ސިނާއަތް މުޅިން އެހެން ފަންތިއަކަށް ގެންދާނެ މަޝްރޫޢަކަށް ވެގެންދާނެކަމަށެވެ. ސިންގަޕޫރުގެ ކޮރަލް ބޮލިވާރޑް ޑިވެލޮޕްމަންޓް ކުންފުންޏާ ޙަވާލުކޮށްގެން ހިންގާ މި މަޝްރޫޢު 40 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ރަސްފަންނު މިކްސްޑް ޔޫސް ޑިވެލޮޕްމަންޓް މަޝްރޫޢަށް 220 މިލިއަން ޑޮލަރު ހޭދަކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ސަބަބަން އެތައް ސަތޭކަ ވަޒީފާއެއް އުފެދި އެތައް ބަޔަކަށް ބޯހިޔާވަހިކަން ލިބިގެންދާނެކަމަށް ސަރުކާރުންދެކެއެވެ. މިމަޝްރޫޢު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮރަލް ބޮލޮވަރޑްގެ ފަރާތުން ރަމްޒީ މޮޑެލްއެއް ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަޝްރޫޢުގެ ދަށުން އަޅާ އެޕާޓްމަންޓްތަކުގެ ނަމޫނާ އެޕާޓްމަންޓްތައް ބައްލަވާލައްވާފައެވެ..

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާލޭގައި ރަހީނުކޮށްފައި ހުރި ބިދޭސީއަކު ސަލާމަތްކޮށް 5 މީހަކު ހައްޔަރުކޮށްފި

މާލޭގައި ރަހީނުކޮށްފައި ހުރި ބިދޭސީއަކު ސަލާމަތްކޮށް 5 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ހާމަކޮށްފައިވާގޮތުން މި ބިދޭސީ މިހާ ރަހީނުކޮށްފައި ...

“އެއްލަކިން މަށަށް ލައިސަންސް” މިނަމުގައި ޚާއްސަ ޕްރޮގްރާމެއް ފަށަނީ

ޑްރައިވިން ލައިސަންސް ނެގޭނެ ފަސޭހަ ގޮތްތަކެއް ހަމަޖައްސައި  “އެއްލަކިން މަށަށް ލައިސަންސް” މިނަމުގައި ޓްރާންސްފޯޓް އޮތޯރިޓީ އާއި އިކޮނޮމިކް ...

ކްރިސްޓިއަން ދީން ޕްރޮމޯޓު ކުރާ ލަވަ ޖެހުނީ އޮޅުމަކުން: ކްލިކް ކޮލެޖް

ހުކުރު ހުޅުމާލޭގައި ކްލިކް ކޮލެޖް އިން ބޭއްވި ހަރަކާތެއްގައި ކްރިސްޓިއަން ދީން ޕްރޮމޯޓް ކުރާ ލަވަ ޖެހުނީ އޮޅުމަކުން ...