އިތުރު ދައުރެއް ދެއްވައިފިނަމަ ރައީސް ޔާމީން ވާނީ ދުނިޔޭގެ ވަރުގަދަ ޝަޙްސިއްޔަތަކަށް – މިނިސްޓަރ ސަޢީދު

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ވެރިކަމުގެ އިތުރު ދައުރެއް ދެއްވައިފިނަމަ، ދުނިޔޭގެ އެންމެ ވަރުގަދަ ޝަޚްސިއްޔަތްތަކުގެ ތެރޭގައި އެމަނިކުފާނު ހިމެނިވަޑައިގަންނަވާނެކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް، މާލޭގައި ދިރިއުޅޭ އައްޑުސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ދަރުބާރުގޭގައި ބޭއްވި ޙަފްލާގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގެ 5 އަހަރުގެ ތެރޭގައި ރާއްޖެއަށް ގެނެސްފައިވާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް ބަލާއިރު، އިތުރު 5 އަހަރު ވެރިކަން ކުރުމުގެ ފުރުޞަތު ރައީސް ޔާމީނަށް ދެއްވައިފިނަމަ ދުނިޔޭގެ އެންމެ ވަރުގަދަ ޝަޚްސިއްޔަތް ތަކުގެ ތެރޭގައި އެމަނިކުފާނު ހިމެނިވަޑައިގަންނަވާނެކަމަށެވެ.

މިނިސްޓަރ ސަޢީދުގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގައި ކުރިއަށްދާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދައުލަތުގެ ރިޒާވަށް ރައީސް ޔާމީންގެ 5 އަހަރުގެ ދައުރުގައި 500 މިލިއަން ޑޮލަރު އިތުރުކޮށް، 292 މިލިއަން ޑޮލަރުން 799 މިލިއަން ޑޮލަރަށް އިތުރުކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދިވެހިންގެ އެއަރޕޯޓް ދިވެހިންނަށް އަނބުރާ ހޯދުމަށް ދައްކަންޖެހުނު 300 މިލިއަން ޑޮލަރު ދައްކަން ނުޖެހުނު ނަމަ ރާއްޖެ ވާނީ ކުދި ޤައުމުތަކުގެ ތެރެއިން ދައުލަތުގެ ރިޒާވް 1.1 ބިލިއަން ޑޮލަރަށް އެރި ފުރަތަމަ ޤައުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވީ އައްޑޫސިޓީއަށް ޚާއްޞަ އިސްކަމެއް ދީގެން ތަރައްޤީ ކޮށްދެއްވި ރައީސަކީ ހަމައެކަނި ރައީސް ޔާމީން ކަމަށެވެ. އަދި ދިވެހިރައްޔިތުންނަށް ޤާނޫނުއަސާސީން ލިބިދޭ އަސާސީ ޙައްޤުތައް ކަށަވަރުކޮށްދެއްވީވެސް ރައީސް ޔާމީން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް މާލޭގައި ދިރިއުޅޭ އައްޑޫސިޓީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޙަފްލާގައި މާލޭގައި ދިރިއުޅޭ އައްޑޫސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޙަފްލާއަށް ވަޑައިގެންނެވި އެންމެންނާ ބޭފުޅުންނާއި ވަކިވަކިން ބައްދަލުކުރައްވާ ޙާލު ބައްލަވާލައްވާ އެކުގައި ވަގުތު ހޭދަކުރައްވާފައެވެ

މަސްދަރު: ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސްކޫލްތަކުގެ ދަރިވަރުންނަށް މިމަހު ކޮވިޑް ވެކްސިން ޖަހަން ފަށަނީ

ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް ކޮވިޑް ވެކްސިން ޖަހަން ނިންމައިފިއެވެ . މިގޮތުން އުމުރުން12 އަހަރާއި17 އަހަރާއި ދެމެދުގެ ކުދިންނަށް ...

ޝަރުތު ހަމަވާ 600އަށްވުރެ ގިނަ ދަރިވަރުން ވެކްސިން ނުޖަހާ

ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ޖަހަމުން ގެންދާ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ސްކޫލު ދަރިވަރުންގެ ތެރެއިން 600އަށްވުރެ ...

ކޮވިޑް 19- އިއްޔެ 110 މީހަކު ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިއްޔެ 110 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އެޗްޕީއޭ އިން ބުނީ އިއްޔެ ޕޮޒިޓިވްވި މީހުންގެ ...