ޖުމްލަ 36 ރިސޯޓެއްގައި ވޯޓުފޮށި ބަހައްޓަން ނިންމައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިތުރު 29 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމުމާއިއެކު ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާ ރިސޯޓުތަކުގެ އަދަދު 36 އަށް އިތުރުވެއްޖެ އެވެ.

ކުރިން ނިންމާފައި އޮތީ ހަމަ އެކަނި ހަތް ރިސޯޓެއްގައި ވޯޓުފޮށި ބެހެއްޓުމަށެވެ. އެއީ 150 ދިވެހިން ހަމަވާ ރިސޯޓުތަކެވެ.

ނަމަވެސް ޝަކުވާތަކާއި ގުޅިގެން ފަހުން އެ އަދަދު މުރާޖައާކޮށް 100 ދިވެހިން ހަމަވާ ކޮންމެ ރިސޯޓެއްގައި ވޯޓުފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވެ އެވެ.

މިހާރު ވޯޓުފޮށި ބެހެއްޓުމަށް ނިންމާފައިވާ ރިސޯޓުތަކަކީ

ކ. ވަން އެންޑް އޮންލީ ރީތިރަށް

ހއ. ޖޭއޭ މަނަފަރު

ކ. ކުރުނބާ މޯލްޑިވްސް

އދ. ލަކްސް ސައުތު އަރިއެޓޯލް

ކ. ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓު އެންޑް ސްޕ

ކ. ގިރިލަންކަންފުށި

ކ. ހޮލިޑޭ އިން ރިސޯޓު ކަނޑޫމާ މޯލްޑިވްސް

ކ. ހުވަފެންފުށި ރިސޯޓު އެންޑް ސްޕާ

ކ އަދާރަން ސިލެކްޓް ހުދުރަންފުށި

ބ. އަނަންތަރާ ކިހާވަށް ވިލާސް

ބ. ވައްކަރު މޯލްޑިވްސް

ކ. ވެލައްސަރު މޯލްޑިވްސް

ބ. އަމިއްލަފުށި އެންޑް ކޯސްޓްލައިން ރެސިޑެންސް

ކ. ކޮކޯ ބޮޑު ހިތި

ރ. ކުޑަފުށި ރިސޯޓު އެންޑް ސްޕާ

ޅ. އެޓްމޮސްފިއަރ ކަނިފުށި މޯލެޑިވްސް

ކ. ބަރޮސް މޯލްޑިވްސް

ޗެވަލް ބްލޭންކް ރަންދެލި

ކ. ކްލަބް މެޑް ކަނިފިނޮޅު

ޅ. ކޮކޫން މޯލްޑިވްސް

އއ. ކޮންސްޓަންސް ހަލަވެލި ރިސޯޓު

ގދ. އަމާރި ހަވޮއްޑާ މޯލްޑިވްސް

ކ. ގްރޭންޑް ޕާކް ކޮދިއްޕަރު މޯލްޑިވްސް

އދ. ހޮލިޑޭ އައިލެންޑް ރިސޯޓް އެންޑް ސްޕާ

ޅ. ކަނުހުރާ

ބ. މިލައިދޫ އައިލެންޑް މޯލްޑިވްސް

ކ. އޯޒެން ބައި އެޓްމޮސްފިއަރ އެޓް މާދޫ

ބ. ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ

ދ. ނިޔަމަ މޯލްޑިވްސް

އއ. ކުރަމަތި އައިލެންޑް ރިސޯޓް

އދ. ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓް

އދ. ސަން އައިލެންޑް ރިސޯޓު އެންޑް ސްޕާ

ކ. ބަނޑޮސް މޯލްޑިވްސް

ކ. ޕެރެޑައިސް އައިލެންޑް ރިސޯޓު އެންޑް ސްޕާ

ޅ. ކުރެއްދޫ އައިލެންޑް ރިސޯޓް

ނ. ދަ ސަން ޝިޔާމް އިރުފުށި މޯލްޑިވްސް ރިސޯޓް

މި ބަދަލާއެކު އިލެކްޝަނުން ބުނެފައިވަނީ ރިޔާސީ އިންތިޚާބު 2018ގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ރިސޯޓުތަކުގެ ތެރެއިން އެ ރިސޯޓްތަކުގައި ވޯޓުފޮށި ބަހައްޓާނީ ރަށްވެހިވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެއިން ރިސޯޓެއްގައި ވޯޓުލުމަށް މަދުވެގެން 100 (ސަތޭކަ) މީހުން ރަޖިސްޓަރީވެފައިވާ ނަމަ ކަމަށެވެ.

“އެހެންކަމުން ނަންބަރު A)CA-2018/151) އަދި A)CA-2018/160) އިޢުލާންގައިވާ ރިސޯޓުތަކާއި މި އިޢުލާންގައިވާ ރިސޯޓުތަކުގެ ތެރެއިން ރިސޯޓެއްގައި 100 (ސަތޭކަ) މީހުންނަށްވުރެ މަދު ޢަދަދަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާނަމަ، އެ ރިސޯޓެއްގައި ބެހެއްޓުމަށް ހަމަޖައްސާފައިވާ ވޯޓުފޮށި ނުބެހެއްޓޭނެ ކަންވެސް އަންގަމެވެ. އަދި އެ ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންގެ ރަޖިސްޓަރީ ބާޠިލްކޮށް އެ މީހުން ރަށްވެހިވެފައިވާ ރަށުގައި ވޯޓުލެވޭ ގޮތަށް ރަޖިސްޓަރީ ބަދަލުކުރެވޭނެ ކަންވެސް އެންގީމެވެ.  އަދި އެފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންނަށް ފަސޭހައިން ވޯޓުލުމަށް، އެހެން ފޮށްޓަކަށް ރީ-ރަޖިސްޓަރީ ކުރުމަށް 3 ދުވަހުގެ މުއްދަތެއް ދެވޭނެކަންވެސް އެންގީމެވެ.” އިލެކްޝަނުން ބުނެފައި ވެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

”އިހަވަންދިއްޕޮޅުން އާގު ބޯޓުފަހަރަށް ޚިދުމަތް ދިނުމަށް ޤަވާއިދުތައް އިސްލާހުކުރުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ނިމިފައި”

އިހަވަންދިއްޕޮޅު ޕޯޓު ބަނދަރު މަޝްރޫއު ފެށުމަށް ގަވާއިދުތައް ބަދަލުކުރަމުން އަންނަކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މިނިސްޓަރ ...

ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ، ދިވެހިން ކެރަލާއަށް ދަތުރުނުކުރުމަށް އިލްތިމާސްކޮށްފި

ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ދިވެހިން އިންޑިޔާގެ ކެރެލާއަށް ދަތުރުނުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސް ކުރައްވައިފިއެވެ. ފޮރިން ...

އައްޑޫސިޓީގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިތަކެއްދީފި

އައްޑޫ ސިޓީގައި ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފިއެވެ. އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫ ...