އައްޑޫސިޓީގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިތަކެއްދީފި

އައްޑޫ ސިޓީގައި ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫ ސިޓީގެ ހިތަދޫ ފިޔަވައި، އެހެނިހެން ރަށްރަށުގައި (މަރަދޫ، މަރަދޫފޭދޫ، ފޭދޫ)ގައި  މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް އަންގާފައިވާ އެންގުން 2021 ޖޫން 24 ވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. އަދި ހިތަދޫގައިވެސް އޮތް ލޮކްޑައުންގެ ހާލަތު ވަނީ އުވާލާފައެވެ. އެހެން ކަމުން ހައުސް ހޯލްޑް ޕާމިޓް ނެތި ޒަރޫރީ ބޭނުމަށް ބޭރުގައި އުޅެވޭނެއެވެ.

ބައެއް ލުއިތަކާއެކު ތިރީގައި ދަންނަވާފައިއެވާ ފިޔަވަޅުތައް މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ގައި ދެމި އޮންނާނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

ޖަމާޢަތުގައި ނަމާދުކުރުން ނުހިމެނޭގޮތަށް މިސްކިތްތަކުގައި ނަމާދުކުރުމަށް ހުއްދަދިނުން. މިގޮތުން ޖަމާޢަތްތަކުގައި ނަމާދު ނުކުރެވުނު ކަމުގައި ވީނަމަވެސް، މިސްކިތްތަކުގައި ނަމާދު ކުރުމާއި، ފާޚާނާކުރުމާއި، ވުޟޫ ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ވާނެއެވެ.

ޒަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުނިކުތުން.

ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.

އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން.

އެއްފަހަރާ 3 (ތިނެއް) މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓައިލުން.

އެޗް.ޕީ.އޭގެ ގައިޑްލައިނާ އެއްގޮތަށް ޢަމަލުކުރުމަށް ލާޒިމްކޮށް، އެއަވަށެއްގެ ސޯޝަލް ސަޕޯޓް ޑެސްކުން ހުއްދަ ދޫކޮށްފައިވާ ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަނުން ހެނދުނު 08:00 އިން ހަވީރު 04:00 އަށް ޚިދުމަތްދިނުން.

ހުރިހާ ކުޅިވަރު ހަރަކާތްތައް ހިންގުން ހުއްޓައިލުން.

ފިހާރަތައް ހުޅުވައިގެން ހެނދުނު 06:00 އިން ރޭގަނޑު 06:00 ޚިދުމަތްދިނުމާއި، އަދި ރޭނގަނޑު 10:00 އަށް ފިހާރަތަކުން ޑެލިވަރީގެ ޚިދުމަތްދިނުން. އަދި،ފިހާރަތަކުން ޚިދުމަތް ދޭއިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދިނުން.

ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުން.

ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ކާބޯތަކެތީގެ ޚިދުމަތްދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުން. ނަމަވެސް މިފަދަ  ތަންތަނުނުން ހެނދުނު 08:00 އިން ރޭގަނޑު 10:00 އާ ހަމައަށް  ޑެލިވަރީގެ ޚިދުމަތްދެވޭނެއެވެ.

އެ އަވަށެއްގެ އެސް.އެސް.ޑީ އިން ހުއްދަ ދޫކޮށްފައިވާ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ފަރާތްތަކާއި އާއްމު މަސައްކަތްކުރާ ފަރާތްތަކަށް ހެނދުނު 07:00 އިން ހަވީރު 06:00 އަށް މަސައްކަތްކުރުމަށް ހުއްދަދިނުން.

ހިތަދޫގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމަށް ވެސް ވަނީ ނިންމާފައެވެ. މިގޮތުން ހިތަދޫއަށް ދެވުނު ލުއިތައް ތިރީގައި ދަންނަވާފައިއެވަނީއެވެ.

  1. ހަވީރު 04:00 އިން ފަތިހު 04:00 ގެ ނިޔަލަށް ކާފިއު ވަގުތު ދެމެހެއްޓުން.
  2. ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ފިހާރަތަކާއި، ކާބޯތަކެތީގެ ޚިދުމަތްދޭ އެހެނިހެން ތަންތަނުނުން ރޭގަނޑު 10:00 އާ ހަމައަށް  ޑެލިވަރީގެ ޚިދުމަތްދިނުން. ކާފިއު ވަގުތުތަކުގައި ޑެލިވަރީ ކުރަންވާނީ  ހުއްދަ ހޯދައިގެންނެވެ.
  3. ހަވީރު 04:00 ގެ ނިޔަލަށް ފިހާރަތައް ހުޅުވައިގެން ޚިދުމަތްދިނުމަށް ހުއްދަ ދިނުން.
  4. މިސްކިތްތަކުގައި ނަމާދުކުރުން  ހުއްޓާލުން.
  5.  ހިތަދޫ އެސް.އެސް.ޑީ އިން ހުއްދަ ދޫކޮށްފައިވާ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ފަރާތްތަކާއި އާއްމު މަސައްކަތްކުރާ ފަރާތްތަކަށް ހެނދުނު 07:00 އިން ހަވީރު 06:00 އަށް މަސައްކަތްކުރުމަށް ހުއްދަދިނުން.

އައްޑޫ ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީފައިމިވަނީ އައްޑޫގައި ކޯވިޑަށް ޕޮޒިޓިވް ވާ މިންވަރު ވަރަށް ބޮޑަށް ދަށްވުމާއި ގުޅިގެނެވެ.

މިވަގުތު އެ ސިޓީގައި ކޯވިޑަށް ޕޮޒިޓިވްވެފައިވާ 132 މީހުން ތިބިއިރު، އޭގެ ތެރެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ ހިތަދޫންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނޭމާ ނުލިބިދެކަމަށް ބަލައި ސަންޗޯ ހޯދުމުގެ މަސައްކަތް ބާސާއިން ފަށައިފި

ޕީއެސްޖީއަށް ކުޅެމުންއަންނަ ބާސެލޯނާގެ ކުރީގެ ފޯވާޑް ބްރެޒިލްގެ ނޭމާ ނުލިބިއްޖެނަމަ ބްރޯޝިއާ ޑޯޓްމަންޓަށް ކުޅެމުންއަންނަ އިންގްލެންޑް ސަންޗޯ ގަތުމަށް ...

ދިރާގުގެ ބިލްތަކަށް ފައިސާ ދެއްކުމުގެ ޚިދުމަތާއެކު ދިރާގު ޕާޓްނާ ފިހާރައެއް ހުޅުމީދޫގައި ހުޅުވައިފި

ދިރާގުގެ ބިލްތަކަށް ފައިސާ ދެއްކުމުގެ ޚިދުމަތާއެކު ދިރާގު ޕާޓްނާ ފިހާރައެއް ހުޅުމީދޫގައި ހުޅުވައިފިއެވެ. މިއީ ދިރާގުން އަމިއްލަ ފަރާތްތަކާއި ...

ޖާމިނުކުރެވޭގޮތް ދަށުކޯޓުގެ އެންމެ ފަނޑިޔާރަކަށް ނޭގޭތީ އެންމެންގެ ވަގުތު ގެއްލޭކަމަށް ވެއްޖެ: ޕީޖީ

ދަށުކޯޓުގެ ހަމަ އެންމެ ފަނޑިޔާރަކަށް، ޖާމިނުކުރެވޭގޮތް ސާފުވެވަޑައިގެންފައި ނެތުމަކީ އެންމެންގެ ވަގުތު ގެއްލޭކަމަކަށްވެއްޖެ ކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ...