މިނިވަންކަޕް ފުޓްސަލް މުބާރާތް 2018 – މިއަދުގެ މެޗުންވެސް ތަފާތު ބޮޑު ނަތީޖާއަކުން ތައްލިހި ކާމިޔާބުކޮށްފި

މިނިވަންކަޕް ފުޓްސަލް މުބާރާތުގައި  މިއަދު ހަވީރު ކުޅެވުނުމެޗްވެސް ތަފާތު ބޮޑު ނަތީޖާއަކުން ތައްލިހި އެފްސީ މެޗް ކާމިޔާބުކޮށްފިއެވެ

ހުޅުދޫ ފުޓްސެލް ދަނޑުގައި މިއަދު ހަވީރު ކުޅެވުނު މި މެޗު ތައްލިހި އެފްސީ ކާމިޔާބުކޮށްފައިވަނީ ވެމްކޯއާއި ބައްދަލުކޮށް 8 ލަނޑު 3 ލަނޑުންނެވެ.

މިއަދުގެމެޗްގައި ތައްލިހި އެފްސީން  ކާމިޔާބުކުރި 8 ލަނޑުގެތެރެއިން 3 ލަނޑު އަލީ ޝިފާއު ކާމިޔާބުކޮށްދީފައިވާއިރު މުހައްމަދުސިޔާމްވަނީ 2 ލަނޑު ކާމިޔާބުކޮށްދީފައެވެ.   އެޓީމުގެ އަނެއް 3 ލަނޑު ކާމިޔާބުކޮށްދީފައިވަނީ މުހައްމަދު މަސްހޫދު އާއި އަހުމަދު ސިރާޒްގެ އިތުރަށް މުހައްމަދު އަޔާޒެވެ.

ވެމްކޯ ޓީމުން މިމެޗްގައި ކާމިޔާބުކުރި 3 ލަނޑުގެ ތެރެއިން ޒަމްހަދު ބުޝްރީ 2 ލަނޑު ކާމިޔާބުކޮށްދީފައިވާއިރު އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އައްޒާމެވެ.

މިއަދު ކުޅެވުނު މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ތައްލިހި އެފްސީއަށް 3 ލަނޑު ކާމިޔާބުކޮށްދިން އަލީ ޝިފާއުއެވެ.  މޮޅު ކުޅުންތެރިއަކަށް ހޮވުނު އަލީ ޝިފާއުއަށް  މިނިވަންކަޕް އޮގަނައިޒިން ކޮމިޓީން ހުށަހަޅާފައިވާ ޓްރޮފީ ހަވާލްކޮށްދެއްވީ މިއަދުގެ މެޗްގެ ޝަރަފްވެރި މެހްމާނާ ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު ޖަމީލެވެ.

މިއަދު ކުޅެވުނު މެޗް ކާމިޔާބުކުރި ތައްލިހި އެފްސީ އިއްޔެ ހަވީރު އެއިލެންޑް އެފްސީއާއި ބައްދަލުކޮށް  ކުނުމެޗުންވެސް މޮޅުވެފައިވާތީ އެޓީމަށް ދެމެޗުން މިހާރުވަނީ 6 ޕޮއިންޓް ލިބިފައެވެ.

މިމުބާރާތަކީ މެރެތަން އިސްނަގައިގެން އިންތިޒާމްކޮށްގެން ހުޅުދޫގައި ބާއްވަމުން އަންނަ މުބާރާތެކެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 35000 ރުފިޔާ  ރަނަރަޕް ޓީމަށް 20000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ މުބާރާތުގެ ސޮޕޮންސަރުންނަކީ މިނިސްޓްރީ އޮފް ޔޫތްއެންޑް ސްޕޯރޓްސް، އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ މަޖިލީސް މެމްބަރު މުހައްމަދު ޝާހިދުގެ އިތުރަށް  އައިލެންޑް އެކްސްޕްރެސްއާއި  ހުޅުދޫވިޔަފާރިވެރިންނާއި ހުޅުދޫ ޒުވާނުންނެވެ

މިއަހަރުގެ މިމުބާރާތުގައި 9 ޓީމު ބައިވެރިވެފައިވާއިރު މިމުބާރާތުގެ ގުރޫޕް އޭ ގައި ފަސްޓީމް ހިމެނެއެވެ. އެއީ ތައްލިހި އެފްސީ، އެއިލްންޑް އެފްސީ ،ގައުމު އެފްސީ،ޑީކޭ ސްޕޯރޓްސް ކްލަބް އަދި ވެމްކޯއެވެ. އަދި ގްރޫޕް ބީގައި ހިމެނޭ ހަތަރު ޓީމަކީ ކެނަރީފް، ދެކުނު އެފްސީ، ޒެލޮން އަދި ރެސޯރޓް ބޯއިސް އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ލޫޓަން އަތުން މޮޅުވެ، ޗެލްސީން އަހަރު ނިންމާލީ ޓޭބަލްގެ 10 ވަނާގައި އޮވެގެން

އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ 3-2 ގެ ނަތީޖާއަކުން ލޫޓަން އަތުން ޗެލްސީ މޮޅުވެއްޖެވެ. ޗެލްސީން މިމެޗުގެ ...

ދުނިޔޭގެ ވޮލީބޯޅަ އަންހެން ޗެމްޕިއަންކަން ތުރުކީ އިން ހޯދައިފި

ދުނިޔޭގެ އަންހެނުންގެ ވޮލީބޯޅަ ޗެމްޕިއަންޝިޕް ތުރުކީގެ ގައުމީ ޓީމުން ކާމިޔާބްކޮށްފި އެވެ. ތުރުކީން ދުނިޔޭގެ ވޯލީބޯޅައިގެ ޗެމްޕިއަންކަން ހޯދައި ...

ޝަރަފުއްދީނާއި ހިތަދޫ ސްކޫލްގެ މެޗް އެއްވަރުވެ ޕޮއިންޓް ޓޭބަލްގެ އެއްވަނަ ޝަރަފުއްދީން ސްކޫލަށް

އައްޑޫސިޓީ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރާގައި  އިއްޔެ ހަވީރު ޝަރަފުއްދީން ސްކޫލާއި ...