ފިތުރު އީދުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިމަހުގެ 14 ވަނަ ދުވަހުގެރޭ ” އައިއެސްއޭ ސްޓްރީޓް ކަޕް 2018 ” ގެ ނަމުގައި މީދޫ ފުޓްސަލް ދަނޑުގައި ފެށިގެން ކުރިއަށްދާ ފުޓްބޯޅަ މުބާރާތުގައި ރޭގެ ނިޔަލަށް 16 މެޗް ކުޅެވިއްޖެވެ.

10 ޓީމް ބައިވެރިވި މިމުބާރާތުގެ މެޗްތައް ކުރިއަށް ގެންދަނީ ދެގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕެއްގައި 5 ޓީމް ހިމެނޭ ގޮތަށެވެ.

މިގޮތުން ގްރޫޕް އޭގައި ހިމެނެނީ އާޔާއިއައްދާއި ، ހުޅުދޫ ޔޫތު ، ބީރިކަނާ ، ބްރަދާސް ޔުނައިޓެޑް އަދި ގައުމު ވެޓްރެންސްއެވެ.

ގްރޫޕް ބީގައި ހިމެނެނީ ހިރިގާ ، ޔުނައިޓެޑް ބްރަދާސް ، އަޚުން ، ޓާމިނޭޓާރސް އަދި ހުޅުމީދޫ ޕޮލިސްއެވެ.

މިމުބާރާތުގެ ގްރޫޕް އޭގައި  މިހާތަނަށް ކުޅެވުނު މެޗްތަކުން 3 މެޗް ކުޅެގެން އެއްމެޗުން ދެރަވެ 2 މެޗުން މޮޅުވެ 6 ޕޮއިންޓް ލިބިގެން ގްރޫޕްގެ އެއްވަނާގައި މިވަގުތު އޮތީ ބްރަދާސް ޔުނައިޓެޑެވެ. 4 މެޗު ކުޅެގެން އެއްމެޗުން ދެރަވެ  ދެމެޗުން އެއްވަރުވެ  އެއްމެޗުން މޮޅުވެ 5 ޕޮއިންޓް ލިބިފައިވާ ހުޅުދޫ ޔޫތާއި 3 މެޗު ކުޅެގެން ދެމެޗުން އެއްވަރުވެ 1 މެޗުން މޮޅުވެ 5 ޕޮއިންޓް ލިބިފައިވާ އާޔާއިއައްދާއި އަށް ގްރޫޕް އޭގެ ދެވަނަ ލިބޭއިރު 3 މެޗް ކުޅެގެން ތިންމެޗުވެސް އެއްވަރުވެ 3 ޕޮއިންޓް ލިބިފައިވާ ބީރިކަނާއަށް ލިބެނީ ގްރޫޕް ބީގެ 3 ވަނައެވެ.  3 މެޗު ކުޅެގެން  ދެމެޗުން ދެރަވެ އެއްމެޗުން އެއްވަރުވެ 1 ޕޮއިންޓް ލިބިފައިވާ ގައުމު ވެޓްރެންސްއަށް ލބެނީ ގްރޫޕް ބީގެ 4 ވަނަ އެވެ.

ގްރޫޕް ބީގެ މެޗްތަކަށް ބަލާއިރު ކުޅުނު 4 މެޗުން 12 ޕޮއިންޓް ލިބިގެން ގްރޫޕް ބީގެ 1 ވަނަ ލިބެނީ ހިރިގާއަށެވެ. ގްރޫޕް ބީގެ ދެވަނަ ލިބެނީ 3 މެޗު ކުޅެގެން 1 މެޗުން ދެރަވެ 2 މެޗުން މޮޅުވެ 6 ޕޮއިންޓް ލިބިފައިވާ ޔުނައިޓެޑް ބްރަދާސްއަށެވެ. މި ގްރޫޕްގައި އަޚުންނާއި ހުޅުމީދޫ ޕޮލިސްއަށް 3 މެޗު ކުޅެގެން 1 މެޗުން މޮޅުވެ 2 މެޗުން ދެރަވެގެން ލިބިފައިވަނީ 3 ޕޮއިންޓެވެ.  މިގްރޫޕްގައި ހަމްޒާގެ ކެޕްޓަންގެ ދަށުގައި ކުޅޭ ޓާމިނޭޓާކުޅުނު 3 މެޗުންވެސް ދެރަވެފައިވާތީ އެޓީމަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މިމުބާރާތުގައި މިރޭވެސް 4 މެޗު ކުޅުމަށްވަނީ ހަމަޖެހިފައެވެ. މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗްތަކުގެ ކުޅުންވެސް ފެށުމަށް ހަމަޖެހފައިވަނީ 8:30 ގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް: މިއަދު ކުޅެވުނު މެޗްތައް ކާމިޔާބުކުރީ ފޭދޫ ސްކޫލްގެ ޓިމާއި ހިތަދޫ ސްކޫލްގެ ޓީމް

އައްޑޫސިޓީގެ ސްކޫލްތަކުގެ މެދުގައި ބޭއްވޭ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ފޭދޫ ސްކޫލްގެ 14 އަހަރުން ދަށުގެ ...

ޒާމިލްގެ ހެޓްރިކާއެކު ބޮޑުތަފާތަކުން މޮޅުވި ޝަމްސުއްދީންސްކޫލް މުބާރާތުން ކަޓައިފި

މަމެން އައްޑޫސިޓީ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ހަސަން ޒާމިލްގެ ހެޓްރިކާއެކު ބޮޑުތަފާތަކުން މޮޅުވި ޝަމްސުއްދީންސްކޫލް މުބާރާތުން ކަޓައިފިއެވެ. ...

ދުނިޔޭގެ ވޮލީބޯޅަ އަންހެން ޗެމްޕިއަންކަން ތުރުކީ އިން ހޯދައިފި

ދުނިޔޭގެ އަންހެނުންގެ ވޮލީބޯޅަ ޗެމްޕިއަންޝިޕް ތުރުކީގެ ގައުމީ ޓީމުން ކާމިޔާބްކޮށްފި އެވެ. ތުރުކީން ދުނިޔޭގެ ވޯލީބޯޅައިގެ ޗެމްޕިއަންކަން ހޯދައި ...