ރައީސް ޔާމީން ގެ މި ރިޔާސީ ދައުރު ނިމުމުގެ ކުރިން ކަރަންޓުގެ ޙިދުމަތަށް ބޮޑު އިންގިލާބެއް އަންނާނެ- ލަމްޢާން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެ މި ރިޔާސީ ދައުރުނިމުމުގެ ކުރިން ކަރަންޓުގެ ޙިދުމަތަށް ހެޔޮ އިންގިލާބެއް ލިބިގެންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަން ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހަންމަދު ލަމްޢާން ވިދާޅުވެއްޖެއެވެ.

ލަމްޢާން މިހެން ވިދާޅުވީ ފެނަކައިން އަތޮޅުތެރޭގައި ދެމުން އަންނަ ކަރަންޓުގެ ޙިދުމަތް މިހާރަށްވުރެ ރަނގަޅުކޮށް ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ހުރިހާ ބްރާންޗްތަކުގެ ވެރިންނާ ބައްދަލުކުރެއްވުމަށް ރާއްޖޭގެ އަށް އަތޮޅަކަށް ދަތުރުފުޅު ނިންމަވާލުމަށްފަހު މީޑިއާ އަށް މައުލޫމާތުދެއްވަމުންނެވެ.

އެހެންނަމަވެސް ލަމްޢާން މިކަމުގެ އެއްވެސް ތަފްސީލެއް ހާމަކުރައްވައިފައެއް ނުވެއެވެ. ލަމްޢާން ވިދާޅުވީ މި ބޮޑު ޕްރޮޖެކްޓު ވަރަށް އަވަހަށް އިއުލާނުކުރެވިގެންދާނެކަމަށާއި، މި ޕްރޮޖެކްޓްގެ ފައިދާ އެންމެހާ ރައްޔިތުންނަށް ލިބިގެންދާނެކަމަށެވެ.

ލަމްއާން ބައެއް އަތޮޅުތަކަށް ކުރެއްވި މި ދަތުރުފުޅުގެ މައިގަނޑު މަގްސަދަކީ އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ އިންޖީނުތަކުގެ ފެންވަރު ކަށަވަރުކޮށް ރައްޔިތުންގެ ހުރި ކަންބޮދުވުންތައް ދެނެގަތުން ކަމުގައި އޭނާ ވިދާޅުވިއެވެ.

“ރައީސް ޔާމީން މިވަނީ 24 ގަޑިއިރު ކަރަންޓު ޔަގީން ކޮށްދެއްވާފައި. ރައްޔިތުން މިހާރު އެންމެ ބޭނުންވަނީ އެ 24 ގަޑިއިރުގެ ކަރަންޓު ގެ ހިދުމަތް އިތުރަށް ފުޅާކުރުން” ލަމްއާން ވިދާޅުވިއެވެ.

އަދި މި ދަތުރުފުޅުތަކުގައި އަތޮޅުތަކުގެ ފެނަކައިގެ ވެރިންނާ ބައްދަލުކޮށް މަސައްކަތް ކުރުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ހައްލުކުރުމާ ބެހޭގޮތުން މަޝްވަރާތަކެއް ކޮށްފައި ވާކަމަށާއި، ޙިދުމަތްތައް ފުޅާކުރުމާ ގުޅޭ ގޮތުން ވަރައް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެވިފައި ވާކަމަށް ލަމްއާން ވިދާޅުވިއެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަލްމާ ބޯޓު ފަރަށް އަރައިފ

މާލެއިން ފުރައިގެން ސ.މީދޫ އަށް ދަތުރުކުރި “އަލްމާ” ބޯޓު ސ.މީދޫ ނެރުބައްތީގެ އިރު ދެކުނު ފަރަށް އެރުމާ ގުޅިގެން ...

ކުމުންދޫ ކައުންސިލްގެ ރައީސްގެ މުސާރައިން 20 ޕަސެންޓް ކޮވިޑް ޓާސްކް ފޯސްއަށް

ހދ ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދުގެ އޭނާގެ މިމަހުގެ މުސާރައިން 20 ޕަސެންޓް އެރަށު ކޮވިޑް-19 ޓާސްކް ...

މޮނިޓަރިންގައި ހުރި ރަށްރަށަށް ސިއްޙީ ފަރުވާއަށް ދަތުރުކުރަން ލުއި ގޮތްތަކެއް ހަމަޖައްސައިފި

މޮނިޓަރިންގެ ހާލަތްތަކުގައި އޮންނަ ރަށްތަކަށް ސިއްޙީ ޚިދުމަތް ހޯދުމަށް 24 ގަޑިއިރަށްވުރެ ކުރު ދަތުރުކުރާ ފަރާތްތަކުން އެނބުރި ރަށަށް ...