“ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޖޫނިއަރ”ގެ އެއްވަނަ އަލްޙާފިޡް ނާދިހް ޢަބްދުލްޙަމީދު ހޯދައިފި

ޕަބްލިކް ސަރވިސް މީޑިއާއިން ގެނެސްދޭ މަޝްހޫރު ޤުރްއާން މުބާރާތް ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޖޫނިއަރގެ ފަޙްރުވެރި އެއްވަނަ އަލްޙާފިޡް ނާދިހް ޢަބްދުލްޙަމީދު ހޯދައިފިއެވެ. މުބާރާތުގެ ދެވަނަ ހޯދާފައިވަނީ މުޙައްމަދު ސާޢީ މުބާރިކެވެ. ތިންވަނަ ހޯދާފައިވަނީ ޢަބްދުﷲ ޙަޔާން ޙަމީޒެވެ.

ޕީއެސްއެމްއިން ބޭއްވި ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޖުނިއަރ ޝަރަފު އަލްޙާފިޡް ނާދިހް ޢަބްދުލްޙަމީދު ހޯދީ ރާއްޖޭގެ 4 ސަރަޙައްދެއްގައި ބޭއްވި އޮޑިޝަންގައި ބައިވެރިވި ބައިވެރިންގެ ތެރެއިން މުބާރާތަށް ހޮވުނު 12 ބައިވެރިންނާ ވާދަކޮށެވެ.

ދިވެހިރާއްޖޭގެ އެންމެ އަލި ގަދަ ތަރި ޖޫނިއަރ އަކަށް އަލްޙާފިޡް ނާދިހް ޢަބްދުލްޙަމީދު ހޮވުނީ ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޖޫނިއަރ ގެ ގްރޭންޑް ފިނާލޭގައި ގަދަ 5 ބައިވެރިންގެ ކިޔެވުމަށް ބެއްލެވުމަށްފަހު ޖަޖުންގެ ޕެނަލުން ދެއްވި މާކްސްއާއެކުއެވެ. އޭނާއަށް ޕީއެސްއެމުން ދިން 3 ލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި އަލިގަދަ ތަރި ޖޫނިއަރގެ ލަޤަބް އަދި އިނާމްތައް ހަވާލުކޮށްދެއްވީ، މިކަމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދެވެ.

މުބާރާތުގެ ދެވަނައަށް ހޮވުނު މުޙައްމަދު ސާޢީ މުބާރިކަށް ޕީއެސްއެމް އިން ހުށައެޅީ އެއްލައްކަ ފަންސާސްހާސް ރުފިޔާ ހަވާލުކޮށްފައިވާއިރު ތިންވަނައަށްދިޔަ ޢަބްދުﷲ ޙަޔާން ޙަމީޒަށް ވަނީ ފަންސާސްހާށް ރުފިޔަގެ ފައިސާގެ އިނާމް ހަވާލުކޮށްފައެވެ.

ދިވެހިރާއްޖޭގެ އެންމެ އަލި ގަދަ ތަރި ޖޫނިއަރއަކީ ކީރިތި ޤުރުއާން ކިޔެވުމުގެ ހުނަރާއި، ޤުރާއާނާމެދު މުޖުތަމަޢުގައި އޮންނަ ޤަދަރު މަތިކޮށް، ޤުރުއާނާމެދު ކުޑަކުދިންގެ ހިތްތަކުގައި ލޯބިޖެއްސުމުގެ ގޮތުން ގެނެސްދޭ މުބާރާތެކެވެ. ފައިނަލް ޝޯ ގައި ގެނެސްދީފައިވަނީ ގަދަ 5 ބައިވެރިންގެ ކިޔެވުމެވެ.
ފައިނަލް ޝޯގައި ބައިވެރިން ފުރަތަމަ ކިޔަވާފައިވަނީ ބަލައިގެން ދިގުރާގަށެވެ. މިބައިގައި ބައިވެރިންނާ ވަނީ ތަޖްވީދުގެ ބައެއް ސުވާލުތައް ވެސް އަމާޒު ކޮށްފައެވެ. ދެވަނަ ބުރުގައި ބައިވެރިން ކިޔަވާފައިވަނީ ހިތުންނެވެ. އަދި ތިންވަނަ ބުރުގައިވެސް ހުރިހާ ބައިވެރިންވަނީ ދިގުރާގަށް ކިޔަވާފައެވެ.

ޕީއެސްއެމް ިއން މިއަހަރު އަލަށްފެށި ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޖޫނިއަރ މުބާރާތާކީ މިހާތަނަށް ޕީއެސްއެމްއިން ކުރިއަށްގެންދިޔަ އެންމެ އަގުބޮޑު މުބާރާތެވެ. މިމުބާރާތަކީ ޢުމުރުން 8 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބޮމުގެ ހަމަލާގައި ނަޝީދަށް ލިބިވަޑައިގަތް ޒަހަމްތައް ދައްކުބައިދޭ ފޮޓޯތައް އާއްމުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަހަމްތައް ދައްކުވައިދޭ ފޮޓޯތައް ...

ރައީސް ޞާލިޙް، އިންތިޚާބީ ރައީސް ޑރ މުޢިއްޒާ ބައްދަލުކުރައްވައި ތަހުނިޔާ ވިދާޅުވެއްޖެ

އިއްޔެ ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިންތިޚާބީ ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ...

ޔޫރޯ 2020 : ގްރޫޕްގެ އެފް ގެ 3 ވަނަ ޓީމަކަށް ހޮވި ޕޯޗްގަލްވެސް ގަދަ 16 އަށް

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ފްރާންސާއި އެއްވަރުވެ ގްރޫޕް އެފްގެ ތިންވަ ޓީމަކަށް ޕޯޗްގަލް ހޮވި އެޓީމުވެސް ގަދަ ...