ޤައިދީން ޕްރޮމޯޓް ކުރާނަމަ ފިޔަވަޅު އަޅާނަން – ހޯމް މިނިސްޓްރީ

ގައިދީން ޕްރޮމޯޓް ކުރާނަމަ ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އަނެއްކާވެސް ހޯމް މިނިސްޓްރީން ދީފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޝަރުއީ ހުކުމެއް ތަންފީޒްކުރާ ފަރާތްތަކާ ހަވާލާދީ އެއްވެސް ވާހަކައެއް ޝާއިއުކޮށް އާންމު ކުރަން ޖެހޭނީ އެކަމާ ގުޅޭގޮތުން ހަދާފައިވާ ގާނޫނުތަކާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށެވެ. އަދި އެނޫން ގޮތްގޮތަށް އެކަން ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަން މީގެ ކުރިން ވެސް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

މިހާރަކަށް އައިސް ސިޔާސީ ޕާޓީތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކާއި އެކި އެކި އަމިއްލަ މީޑިއާތަކުން ގައިދީން ޕްރޮމޯޓްކޮށް އެފަދަ މީހުން ކުރިއަށްނެރެ ޝަހުސު ގެއްލޭގޮތަށް މައުލޫމާތު ގެނެސްދޭ ކަމަށާއި އެއީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދު ތަކާ ހިލާފު ކަމެއްކަމަށް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެހެންކަމުން ހުކުމް ތަންފީޒުކުރާ ގައިދީންނާ ބެހޭ ހަބަރާއި މައުލޫމާތު ގެނެސްދީ ޕްރޮމޯޓްކުރާ ފަރާތްތަކާއި މީޑިއާތަކުން ޒިންމާވާންޖެހޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ހޯމް މިނިސްޓްރީން މިގޮތަށް ބުނެފައިވާއިރު، 13 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ އެމަނިކުފާނުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ފައްޓަވާފައެވެ. އެމަނިކުފާނުގެ ކެމްޕޭން ހަރަކާތްތަކުގެ މައުލޫމާތު ހުރިހާ މީޑިއާތަކުންވެސް ގެނެސްދެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވަކި ކުޅުންތެރިއަކު އުފަލުގައި ބެހެއްޓުން އެއީ އޭނާއާ ކްލަބުން ހަވާލުކޮށްފައިވާ މަސައްކަތެއް ނޫން

  ވަކި ކުޅުންތެރިއަކު އުފަލުގައި ބެހެއްޓުން އެއީ އޭނާއާ ކްލަބުން ހަވާލުކޮށްފައިވާ މަސައްކަތެއް ނޫންކަމަށް ޗެލްސީގެ ކޯޗް ބުނެފިއެވެ. ...

މިޝްކާގެ މަރު: ރިވިއު ރިޕޯޓުގައި ހުސް އިޙުމާލު، އެންބިއުލާންސް ނުފޮނުވާ ހެދީ ދޮގު

މިދިޔަ އަންގާރަ ދުވަހުގެ ރޭ ކޯވިޑް19 އަށް ޕޮޒިޓިވްވެ ފަރުވާ ނުދެވި ލަސްވުވުމުގެ ސަބަބުން މަރުވި ހދ. ކުޅުދުއްފުށި ...

އެއްމަހުގެ ކުއްޖަކު ކޮވި ޑަށް ޕޮޒިޓިވް ވެއްޖެ

ވިހޭތާ އެއް މަސް ނުވާ ކުއްޖަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. ޕޮޒިޓިވް ވެފައިވަނީ ފިރިހެން ކުއްޖެކެވެ. މިރޭ ބޭއްވި ...