ސްޓްރޯކެއް ޖެހުމުގެ ސަބަބުން ސްރީލަންކާގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.އަބްދުލް މަޖީދު އަބްދުލް ބާރީއަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަވަސް ޝިފާއަކަށް އެދިވަޑައިގެންފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑރ.އަބްދުލް މަޖީދު އަބްދުލްބާރީގެ ހާލުކޮޅު ދެރަވެ އައިސީޔޫގައި އެޑްމިޓް ކުރެވުނު ޚަބަރު ރައީސް ޔާމީން އެއްސެވީ ފުންހިތާމައާއި އެކުގައި ކަަމަށެވެ.

“އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދޭ ހާލު މިހިތާމަވެރި ވަގުތުގައި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ﷲ އަށް ދުޢާ ދަންނަވަން” ރައީސް ވިދާޅުވިއެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި އިސްލާމީ ކަންތައްތަކާއި ބެހޭ މަތީ މަޖިލީހުގެ އިސް މަގާމުތަކެއް ފުރުއްވެވި ޑރ.މަޖީދު ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުރައްވާފައެވެ.

މީގެ ދެދުވަސް ކުރިން ސްޓްރޯކެއް ޖެހުމުގެ ސަބަބުން ޑރ.މަޖީދަށް ފަރުވާ ދެމުން ގެންދަނީ ސްރީލަންކާގެ ލަންކާ ހޮސްޕިޓަލްގައެވެ. މިއަދު މައުލޫމާތު ލިބުނު ގޮތުގައި ޑރ.މަޖީދުގެ ހާލުކޮޅު އަދިވެސް ވަރަށް ސީރިއަސްއެވެ. އޭނާ އަށް މިހާރު ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ބާރީގެ އާއިލާއިން ވަނީ މިވަގުތު ވިހާވެސް ގިނަ ބޭފުޅުން އެމަނިކުފާނަށް ހެޔޮ ދުއާކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ދެވަނަ ކުއާޓަރގެ އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައިފި

އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކް ...

އައްޑޫގެ ތަރައްޤީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިޔަށްދާނެ: ރައީސް

އައްޑޫ ސިޓީގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިޔަށްގެންދެވޭނެ އިންތިޒާމުތައް ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ...

ޗައިނާގެ ކްރިކެޓް ޓީމެއް ފުވައްމުލަކުގައި

ޗައިނާގެ ބެއިޖިންގެ އައީދީ އިންޓަނޭޝަނަލް ސްކޫލުގެ 14 އަހަރުންދަށުގެ ކްރިކެޓް ޓީމެއް މިއަދު ފުވައްމުލަކަށް ޒިޔާރަތްކޮށްފިއެވެ. މިއަދު މެންދުރުފަހު ...