ބަރުލަމާނީ ސިޔާސަތަށް ކޯލިޝަން ތެރެއިން ދެކޮޅުވާން ފަށައިފި

ރާއްޖޭގައި މިހާރު ވެރިކަން ކުރަމުންދާ ރިޔާސީ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް ފާޑު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ރޭ ވިދާޅުވީ ރާއްޖެއަށް ސިޔާސީ ހަމަޖެހުން ހޯދުމަށް ގެންނަން ޖެހޭ ބަދަލުތަކަށް ބަލާއިރު ރިޔާސީ ނިޒާމް ނުގުޅޭކަން ކަށަވަރުވެއްޖެ ކަމަށެވެ. ބާރުގަދަ ރައީސެއްގެ ސަބަބުން ވެރިކަމުގެ މުޅި ނިޒާމް ގަނޑުބަނޑުވެގެން ގޮސްފި ކަމަށާއި ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ޖެހޭ ކަމަށެވެ.

ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާކަން ނުސީދާކޮށް ހާމަކުރައްވަމުން ޑރ ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މަޖިލީހުގެ ތެރެއިން ވެރިކަން ކުރަން ހިފުމަކީ ހައްލެއް ނޫންކަމަށެވެ. ޑރ ޖަމީލް ވިދާޅުވީ އޭގެ ބަދަލުގައި ރާއްޖެއަށް ބޭނުންވަނީ ތެދުވެރި ލީޑަޝިޕެއް ކަމަށެވެ.

މީގެ އިތުރުން ގާނޫނު އަސާސީ އިސްލާހުކޮށް، ޖުޑީޝަރީ އާއި ގާނޫނު ދަމަހައްޓަން ތިބި މުއައްސަސާތަކުގެ މިނިވަންކަން ގާއިމް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި މިހާރު ހިނގަމުންދާ ހުރިހާ ނުބައި ކަމެއްގެ ފެށުމަކީ ހުރިހާ ޕާޓީތައް ހިމެނިގެން ގާނޫނު އަސާސީއަށް ގެނައި ބަދަލު ކަމަށްވެސް ޑރ ޖަމީލް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅެއްގެ ހައިސިއްޔަތުން ޑރ ޖަމީލް މިހެން ވިދާޅުވި އިރު ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތައީދު ކުރައްވާ ފަރާތްތަކުންވެސް ރައީސް ނަޝީދުގެ މި ސިޔާސަތަށް ތާއީދު ކުރައްވާނެ ކަމަކަށް ނުބެލެ އެވެ.

އެއީ ރާއްޖޭގައި އޮންނަން ފެންނަ ނިޒާމެއް ކަނޑައެޅުމަށް 2007 ވަނަ އަހަރު ނެގި  ވޯޓުގައި ރައީސް ނަޝީދާއި އެމްޑީޕީން ރާއްޖޭގައި އޮންނަން ފެންނަނީ ބަރުލަމާނީ ނިޒާމު ކަމަށް ބުނަމުން ދިޔަ އިރުވެސް ރައީސް މައުމޫން ތާއީދު ކުރެއްވީ ރިޔާސީ ނިޒާމަށް ކަމަށްވާތީ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގައުމު ދެކޭ ތަރައްގީއާ ބީރައްޓެހި، ތަޖުރިބާއެއް ނެތް ކެންޑިޑޭޓަކަށް ކުރިއެރުމެއް ނުހިފެހެއްޓޭނެ – ސައީދު

ގައުމު ދެކޭ ތަރައްގީއާ ބީރައްޓެހި، ތަޖުރިބާއެއް ނެތް ކެންޑިޑޭޓަކަށް ކުރިއެރުމެއް ނުހިފެހެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ...

މެންބަރު ޔާސިރާއި ކުޅުދުއްފުށި ސިޓީ ކައުންސިލް އަނެއްކާވެސް އެމްޑީޕީއަށް

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފާއި ބައެއް ކައުންސިލަރުން އަލުން އެމްޑީޕީއަށް ...

އައްޑޫ ގޯތިތައް ހުސްކުރަން ކައުންސިލުން އެންގި އެންގުން ރަނގަޅު: ހައިކޯޓު

އައްޑޫ ސިޓީ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ސަރަހައްދުން ދޫކޮށްފައިވާ ގޯތިތައް ހުސް ކުރުމަށް އެ ސިޓީގެ ކައުންސިލުން އެންގި ...