ފުލުހުންގެ ޚިދުމަތަކީ މަތިވެރި، ޝަރަފުވެރި، ބޮޑު އަމާނާތެއް އެކުލެވިގެންވާ ޚިދުމަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ފުލުހުންގެ ޚިދުމަތަކީ މަތިވެރި، ޝަރަފުވެރި، ބޮޑު އަމާނާތެއް އެކުލެވިގެންވާ ޚިދުމަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފުލުހުން ކުރައްވާ އަގުހުރި މަސައްކަތްތައް ފާހަކުރައްވައި، ފުލުހުންގެ ޚިދުމަތަށްޓަކައި ޝުކުރު އަދާކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ފުލުހުންގެ މި ޚިދުމަތަކީ ކޮންމެ ފަހަރަކު ތައުރީފު ލިބޭނެ ޚިދުމަތެއްކަމަށް ދުށުން މިއަދު ހުއްޓާލަންޖެހޭކަމަށެވެ. އަދި، ފުލުހުންގެ މަސައްކަތަކީ އޭގެ މުޤާބިލުގައި ތަޢުރީފު ޙައްޤު ނުވިނަމަވެސް، އެއަށްވުރެ ވަރުގަދަ މަސްއޫލިއްޔަތަކާއި ވާޖިބެއް އަދާކުރަން މާތް ﷲ ގަންދީ ހުވާކޮށްގެންތިބި ބައެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

 

ދަރުބާރުގޭގައި ކުރިއަށްދިޔަ މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، 1 ސެޕްޓެންބަރު 2004 ގައި މޯލްޑިވްސް ޕޮލިސް ސަރވިސް އުފެދިގެން އައިގޮތުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ފުލުހުން އުފެދިގެން އައީ ހަމަނުޖެހުންތަކެއްގެ ތެރެއިން، އެކަންކަމަށް ހައްލެއް ހޯދައިދިނުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ފުލުހުން އުފެދިގެން އައި ދުވަސްވަރާއި މިއަދާ އަޅައިބަލާއިރު ފުލުހުން އުފެދިގެން އައި ހާލަތަށް ކުރިއެރުމެއް އައިސްފައިވޭތޯ އެމަނިކުފާނު ސުވާލު ކުރެއްވިއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަދު ފުލުހަކު ކުރާ ޤާނޫނާ ޚިލާފު ކަމަކުން މުޅި ފުލުހުންގެ މުއައްސަސާ ބަދުނާމުވެ ލައްގަނޑެއް ޖެހިދާނެކަމުގައި ވިދާޅުވެ އެކަންކަމަށް ސަމާލުވުމަށް ހުރިހާ ފުލުހުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. އަދި ފުލުހުން މެދުވެރިކޮށް ސިޔާސީ ފަރާތްތަކުން ކުރަން ޚިޔާލުކުރާ ކަންތައްތަކަށް ޖާގަ ނުދީ، ހަރުދަނާކަމާއެކު ސާބިތުކަންމަތީ ފުލުހުން ތިބުމަށް އެމަނިކުފާނު ފުލުހުންނަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

 

ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރީތި ނަން ހޯދާދީފައިވާ ފަރާތަކަށާއި، 25 އަހަރަށްވުރެ ދިގު މުއްދަތަށް އެ މުއައްސަސާއަށް ޚިދުމަތްކޮށްދެއްވި ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވިއެވެ

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފުވައްމުލައް ސިޓީގައި ކޮވިޑް-19 އޮތްތޯ ބަލަން 100 ސާމްޕަލް ނަގަނީ

ފުވައްމުލައް ސިޓީގައި ކޮވިޑް-19 އޮތްތޯ ބެލުމަށްޓަކައި ޓެސްޓް ކުރުމަށް ސާމްޕަލް ނެގުމުގެ މަސައްކަތް ފުވައްމުލަކު ހޮސްޕިޓަލްގެ ކޮވިޑް “ރެޕިޑް ...

ކުށްވެރިއަކީ ފަނޑިޔާރުންނަށް ރިޝްވަތުގެ ފައިސާ ބަހަމުން ހިނގާ މަހުޖަނު – ރައީސް ނަޝީދު

ރާއްޖެއަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ “ރިޝްވަތު ދޭ މަހުޖަނު” ކަމަށާއި އެކަން ހައްލުކުރަން ޖެހޭ ކަމަށް ...

ފުވައްމުލަކު ފެނަކައިން ރަށުތެރެ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށައިފި

ފެނަކަ ކޯޕަރޭޝަންގެ ފުވައްމުލަކު ބްރާންޗާއި ފުވައްމުލަކު ސިޓީ ކައުންސިލް ގުޅިގެން ފުވައްމުލަކުގެ އެކި ހިސާބުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ...