ސްޕެނިޝް ލީގު: ބާސާއަށް ފަސޭހަ މޮޅެއް  

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާ  ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފިއެވެ.

ބާސާއިން އަމިއްލަ ދަނޑުގައި ރެއާލް ވަލަޑޮލިޑް އާއި ދެކޮޅަށް ހޯދި މޮޅާއެކު އެޓީމުން ވަނީ ލަލީގާގައި މިހާތަނަށް ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެން ޕޮއިންޓް ޓޭބަލްގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ.  

ބާސާއިން ރޭގެ މެޗު ކުޅެފައި ވަނީ ފުލް ކޮންޓްރޯލްގައެވެ. އެޓީމުން މެޗު ޑޮމިނޭޓްކޮށް ކުޅުނުތަން ފެނުނު އިރު، މެޗުގެ ކުރީކޮޅުގައި ރޮބާޓް ލެވަންޑޯސްކީ ބޮލުން ޖެހި ހަމަލާއެއްގެ އިތުރުން އުސްމާން ޑެމްބޭލޭ އަރިމަތިން އަރައި ޖެހި ބާރު ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވެފައިވެއެވެ.

މިމެޗްގައި ބާސާއިން މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ 24 ވަނަ މިނެޓުގައެވެ. މިލަނޑަކީ  އަރިމަތިން ރަފީނިއާ ގޯލް ކުރިމައްޗަށް ހުރަސްކޮށްލަ ދިން ބޯޅައެއް ގޯލްތެރެއަށް ވައްދާލައިގެން ލެވެންޑޯސްކީ ކާމިޔާބުކޮށްދިން ލަނޑެކެވެ.  

މިމެޗްގައި ބާސާއިން ކާމިޔާބުކުރި ދެވަނަ ލަނޑު ފުރަތަމަހާފު ނިމުމުގެ ކުރިން ޑެމްބޭލޭގެ ޕާހަކުން ކާމިޔާބުކޮށްދީފައިވަނީ  ޕެޑްރީ އެވެ.

ބާސާގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ ކުރީކޮޅުގައި ލެވަންޑޯސްކީ ކާމިޔާބުކޮށްދީފައިވާއިރު  ބާސާގެ ހަތަރުވަނަ ގޯލު މެޗު ނިމިނިމި އޮއްވައި ޖަހައިދިނީ ސާޖިއޯ ރޮބާޓޯއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިނިވަންކަޕް 2022 ޔޫތު ޗެލެންޖް ކަޕްގެ ގުރުއަތުލުން ނަގައިފި

ހުޅުދޫގައި  ބާއްވާ ” މިނިވަންކަޕް 2022 ޔޫތު ޗެލެންޖް ”  ފުޓްސަލް މުބާރާތުގެ ގުރުއަތުލުން ނަގައިފި އެވެ. ހަ ...

ސިޔާކަޕް 2019: މީދޫ ދަނޑުގައި މީދޫ ގައުމު އެފްސީ 5 ލަނޑު 1 ލަނޑުން ބަލިކޮށް ހިތަދޫ ކްލަބްރިވެރިން ފައިނަލަށް

މީދޫ ގައުމު އެފްސީ ބަލިކޮށް ހިތަދޫ ކްލަބް ރިވެރިން ސިޔާކަޕް  ފުޓުބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ. ސިޔާކަޕް ...

ފޭދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް ނިންމާލައިފި

ސަރުކާރުން އައްޑޫ ސިޓީ ފޭދޫގައި ތަރައްގީކުރަމުން އަންނަ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް އެޅުމުގެ މަސައްކަތް ނިންމާލައިފިއެވެ. ފޭދޫ ފުޓްބޯޅަ ...