އައްޑޫ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް: މިއަދު ކުޅެވުނު މެޗްތައް ކާމިޔާބުކުރީ ފޭދޫ ސްކޫލްގެ ޓިމާއި ހިތަދޫ ސްކޫލްގެ ޓީމް

އައްޑޫސިޓީގެ ސްކޫލްތަކުގެ މެދުގައި ބޭއްވޭ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ފޭދޫ ސްކޫލްގެ 14 އަހަރުން ދަށުގެ ޓީމު ކުޅުނު ފުތަރަމަމެޗު އެޓީމު ކާމިޔާބުކޮށްފިއެވެ.

މިއަދު މެންދު ހިތަދޫ ސްޓޭޑިއަމްގައި ކުޅެވުނު މިމެޗް ފޭދޫ ސްކޫލްގެ ޓީމް ކާމިޔާބުކޮށްފައިވަނީ ހުޅުދޫ ސްކޫލްގެ ޓީމާ ވާދަކޮށް  2 ލަނޑު 0 ލަނޑުންނެވެ.

މި މެޗްގައި ފޭދޫ ސްކޫލްޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު 43 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ މުހައްމަދު އާއިޝް ސަރީރެވެ.  އަދި ފޭދޫސްކޫލް ޓީމްގެ ދެވަނަ ލަނޑު 59 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީވެސް މުހައްމަދު އާއިޝް ސަރީރެވެ.

މިމުބާރާތުގައި މިއަދު ހަވީރު ކުޅެވުނު 14 އަހަރުން ދަށުގެ  އުމުރުފުރައިގެ ދެވަނަ މެޗް ކާމިޔާބުކޮށްފައިވަނީ ހިތަދޫ ސްކޫލްގެ ޓީމެވެ.

ހިތަދޫ ސްކޫލްގެ ޓީމް މިމެޗް ކާމިޔާބުކޮށްފައިވަނީ މަރަދޫ ސްކޫލްގެ ޓީމާ ވާދަކޮށް 2 ލަނޑު 1 ލަނޑުންނެވެ.

މިމެޗްގައި ހިތަދޫ ސްކޫލްގެ ޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗްގެ 7 ވަނަ މިނިޓްގައި ކާމިޔާބުކޮށްދީފައިވަނީ އަހުމަދު ރާހިމްއެވެ. މިމެޗްގައި ހިތަދޫ ސްކޫލްގެ ޓީމުން ކާމިޔާބުކުރި ދެވަނަ ލަނޑު 24 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ މުހައްމަދު ޝާފް ޚަލީލެވެ.

މަރަދޫ ސްކޫލްގެ ޓީމުން މިމެޗަގައި ކާމިޔާބުކުރި  ހަމަ އެކަނި ލަނޑު 48 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ މުހައްމަދު ސިމާދު ސަމީއުއެވެ.

މިމުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މުބާރާތުގައި ބައިވެރިވި ކޮންމެ ޓީމެއް ކޮންމެޓީމަކާ އެއްފަހަރު ބައްދަލުކުރުމަށްފަހު ޕޮއިންޓްގެ ގޮތުން އެންމެ މޮޅުވާ ދެޓީމް ފައިނަލްގައި ކުޅޭގޮތަށެވެ.

މިމުބާރާތުގެ 14 އަހަރުން ދަށުގެ ބައިގައި ވާދަކުރަނީ އިރުޝާދިއްޔާ ސްކޫލް ، ހިތަދޫ ސްކޫލް ، ޝަރަފުއްދީން ސްކޫލް ، ފޭދޫ ސްކޫލް ، ޝަމްސުއްދީން ސްކޫލް އަދި މަރަދޫސް ކޫލްގެ ޓީމެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެއްފުރާޅެއްގެ ދަށަށް ކުދީން ގެންނަނީ އުގެނުމަށް ފަހިކުރަން ؟

(23 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ ލިއުމާއި ގުޅޭ ) ނިންމުން: މަތީގައި ބަލައިލެވިފައިވާ ދިރާސާ ލިއުންތަކުން ހާމަވާ ...

އަތޮޅުމަދަރުސާ ބަލިކޮށް 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ޝަރަފުއްދީން ހޯދައިފި

މަމެން އައްޑޫ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ ފައިނަލްމެޗްގެ  ފަހުހާފްގައި  މުހައްމަދު މާހީ އަބްދުﷲ ...

ސާފް ޗެމްޕިއަންޝިޕް: އިންޑިޔާ އިން ނޭޕާލް ބަލިކޮށް ފައިނަލްގެ އުއްމީދު އާކޮށްފި

މެޗު ނިމެން 8 މިނިޓަށް ވެފައި ވަނިކޮށް އިތުބާރު ފޯވާޑު ސުނިލް ޗެތިރީ ކާމިޔާބު ކޮށްދިން ލަނޑާއެކު  އުރީދޫ ...