މިއަދަކީ ރާއްޖޭގެ ޝަހީދުންގެ ދުވަހެވެ.ޝަހީދުންގެ ދުވަހަކީ ޤައުމުގެ މިނިވަންކަންރައްކާތެރި ކުރެއްވުމަށްޓަކައި ޖިހާދު ކުރައްވައިޝަހީދުވި ނަސީބުވެރި ދިވެހި ދަރީންގެހަނދާންތައް އާކުރެވޭ ދުވަހެވެ. އަދި އެމުޖާހިދުންނަށް ހައްގު ޝުކުރާއި ތައުރީފު އަދާކުރުމުގެ ދުވަހެވެ. އެ މާތް ބަތަލުންގެ ޖިހާދުންއިބްރަތް ލިބިގަތުމާއި، އެ މަގުގައި ހިނގުމަށްއަޒުމް ކަނޑައެޅުމުގެ ދުވަސް ވެސް މެ އެވެ.

ޝަހީދުންގެ ދުވަސް ނިސްބަތްވާ އެންމެޚާއްސަ ބަތަލަކީ އައްސުލްތާން އަލީ ހަވަނަ ސިރީއައުދަ ސިޔާކަ ކައްތިރި މަހާރަދުންނެވެ. މިއީދިވެހި ގައުމުގައި އުފެދުނު އެންމެ މަތިވެރިޝަހީދު ކަމުގައިވާ އަލިރަސްގެފާނެވެ. ޕޯޗްގީޒުންދިވެހިރާއްޖެ އަށް ދިން އެންމެ ނުރައްކާތެރިއުދުވާނީ ހަމަލައިން މި ލޮބުވެތި ދިވެހި ގައުމުދިފާއު ކުރެއްވުމަށްޓަކައި އެ ރަސްގެފާނު ޖިހާދުކުރައްވައި ޝަހީދުވެ ވަޑައިގެންނެވި ތާރީޚީ ހާދިސާހިނގީ 1 ޝައުބާން 965 ގައެވެ.

މި އަދަކީ މިތާރީޚީ ހާދިސާ އަށް 474 އަހަރުފުރުނު ދުވަހެވެ. މިއަދު ޝަހީދުންގެ ދުވަސް ފާހަގަކުރަމުން އަންނައިރު އަލިރަސްގެފާނާއި އަދިމިނޫން ވެސް ގައުމުގެ އަގުހުރި ޝަހީދުންގައުމަށްޓަކައި ވެ ވަޑައިގެންނެވި ގުރުބާނީންއިބްރަތް ހާސިލްކުރަމުން ހަނދާން ކުރަން ޖެހޭއެންމެ މުހިންމު ނުކުތާ އަކީ ދިވެހި ގައުމަށްމިހާތަނަށް ކުރިމަތިވި ބޭރުގެ ހުރިހާ އުދުވާނީހަމަލައެއްގައި ދިވެހީންގެ ބަޔަކު ބައިވެރިވެފައިވާކަމެވެ. ގައުމުގެ ޚާއިނުން ކަމުގައި ވެފައިވާކަމެވެ.

އެހެންކަމުން މިފަދަ ޚިޔާނާތްތެރިއަމަލުތަކުން ދުރުހެލިވުމުގައި ދިވެހީންގެ އެންމެންއަޒުމް ކަނޑައަޅައި އެގޮތަށް އަމަލު ކުރަން ޖެހެއެވެ. އޭރުން ކުރިމަގުގައި ގައުމަށް މިފަދަ ބޭރުގެއުދުވާނީ ހަމަލަތައް ކުރިމަތިވުމުގެ ދޮރުބަންދުވެގެން ދާނެ ކަމީ ދިވެހި ތާރީޚުން ފެންނަންއޮތް ހަގީގަތެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަނެކާގެ އެހީތެރިކަމަށް އެދެންޖެހިދާނެ ދަނޑިވަޅުތައް އަންނާނެކަން ދަނެގަންނަންޖެހޭ

މުޖުތަމައެއްގެ ހަމަޖެހުމާއި، ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރުމަކީ އެ މުޖުތަމައެއްގައި ދިރިއުޅޭ އެންމެހާ ފަރުދުންގެ ޒިންމާއެކެވެ. ވަކީން ހާއްސަކޮށް ...

ވައްކަން ކުރުމަށް ވަކި ވަގުތެއް ނެތް – ރައްޔިތުންނަށް ނުތަނަވަސްކަން

” މިއަދު ހަވީރު ބޮޑުއަގުދީގެން ގަނެގެން ގެނައި ކިރުދަޅު މިރޭ ދަރިފުޅު ނިންދަވަން ވެގެން ބުއްތަށި ގިރަން ބަލާލި ...