މުޖުތަމައެއްގެ ހަމަޖެހުމާއި، ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރުމަކީ އެ މުޖުތަމައެއްގައި ދިރިއުޅޭ އެންމެހާ ފަރުދުންގެ ޒިންމާއެކެވެ. ވަކީން ހާއްސަކޮށް ރަށްފުށުގެ ދިރިއުޅުމުގައި ކަންތައްތައް ބަލަހައްޓަމުންދާ ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގަމުންދާ އޮފީސްތަކާއި އަމިއްލަ ފަރާތްތަކުން ހިންގަމުންދާ އާއްމު ޚިދުމަތްދޭ އޮފީސްތަކުން މިކަމުގައި ޒިންމާދާރު ވާން އެބަޖެހެ އެވެ. އަދި މިދެންނެވި އޮފީސްތައް ހިންގުމާއި ހަވާލްވެ ތިއްބަވާ އިސްވެރީން މިކަމުގައި ވަކިން ޚާއްސަކޮށް ޒިންމާދާރު ވާން އެބަޖެހެ އެވެ.

ކަންކަން ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތައް އެކިމީހުންނަށް ތަފާތުވާނޭހެން ތަންފީޒުކުރަމުން ގެންދިއުމަކީ، ތަހުޒީބު މުޖުތަމައެއްގައި އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.

މިދެންނެވި އުސޫލުން ކަން ކުރަމުން ގެންދާނަމަ، އެފަދަ މުޖްތަމައުތައް ބައިބައިވެގެން ދިއުމަކީ މާ ދުރުގައިވާ ކަމެއް ނޫނެވެ. ވަކިން ހާއްސަކޮށް ކުދި އާބާދީތައް ދިރިއުޅޭ ރަށްފުށުގެ އެކުވެރިކަމާއި އެއްބައިވަންތަކަން ގެއްލި، އެފަދަ މުޖުތަމައުތަކުގައި ފިތުނަވެރިކަމާއި ފަސާދައާއި ނަފުރަތުގެ ހުޅު ފަޅައިގެންގޮސް، މުޅި މުޖުތަމައަށް އެކަމުގެ ހިޔަނި އެޅިގެންދާނެކަމީ ވިސްނާ ފިކުރުކުރާ ކޮންމެ މީހަކުވެސް ގަބޫލުކުރާނެ ހަގީގަތެކެވެ.

މިއަދު ކޮންމެ މީހަކުވެސް އަދި ކޮންމެ މުއައްސަސާއަކުންވެސް މަސައްކަތް ކުރަންވީ، މުޖުތަމައުގެ ހަމަޖެހުމާއި ސަލާމަތަށްޓަކަ އެވެ. ވިސްނައިދޭންވީ މަސްލަހަތު ގެއްލުވައިނުލައި ކަންކަން ހަމަ މަގަށް އެޅުވޭތޯ އެވެ. ކުދިކުދި މުޖުތަމައުތައް ބައިބައި ކޮށްލުމުގެ ބަދަލުގައި އެކުވެރިކަމާއި އެއްބައިވަންތަކަމާއި އަޚުވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭތޯ އެވެ. އަނެކާގެ އެހީތެރިކަމަށް އެދެންޖެހިދާނެ ދަނޑިވަޅުތައް އަންނާނެކަން ދަނެގެން ސުލްހަ މަސަލަސްކަން ގާއިމުކުރެވޭތޯ އެވެ. އޭރުން އެފަދަ މުޖުތަމައުތަކުގައި ދިރިއުޅޭ ފަރުދުންގެ މެދުގައި އިހުނަށްވުރެ ބަދަހި ގުޅުމެއް އުފެދިގެންދާނެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއަދަކީ މިއަހަރުގެ ޝަހީދުންގެ ދުވަސް

މިއަދަކީ ރާއްޖޭގެ ޝަހީދުންގެ ދުވަހެވެ.ޝަހީދުންގެ ދުވަހަކީ ޤައުމުގެ މިނިވަންކަންރައްކާތެރި ކުރެއްވުމަށްޓަކައި ޖިހާދު ކުރައްވައިޝަހީދުވި ނަސީބުވެރި ދިވެހި ދަރީންގެހަނދާންތައް އާކުރެވޭ ...

ވައްކަން ކުރުމަށް ވަކި ވަގުތެއް ނެތް – ރައްޔިތުންނަށް ނުތަނަވަސްކަން

” މިއަދު ހަވީރު ބޮޑުއަގުދީގެން ގަނެގެން ގެނައި ކިރުދަޅު މިރޭ ދަރިފުޅު ނިންދަވަން ވެގެން ބުއްތަށި ގިރަން ބަލާލި ...