ގައުމީ ބީޗް ވޮލީޓީމް ތައިލެންޑަށް ދިއުމަށް ފުރައިފި

ތައިލެންޑުގައި މިމަހުގެ 14 ވަނަދުވަހު ފަށާ އޭވީސީ ބީޗްބޯލް މުބާރާތުގައި ރާއްޖެއިން ބައިވެރިވާ ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ ދެ ޕެއާ މިއަދު ފުރައިފި އެވެ.

މިމުބާރާތުގައި މި ފަހަރުގެ ރާއްޖެއިން ބައިވެރިވާ ދެ ޕެއާ އަކީ ކުޑަކާއްޓޭ އާއި އައްކަޅޭ ގެ ޕެއާ ، އާއި  ޝިއުނާޒް އާއި މުހައްމަދު އަލީގެ ޕެއާ އެވެ.

ބީޗް ވޮލީބޯޅަ ޓީމު މިއަދު ތައިލެންޑަށް ފުރުމުގެ ކުރިން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ރައީސް މުހައްމަދު ލަތީފް ވަނީ ޓީމުގެ ކުޅުންތެރިންނާ ބައްދަލުކޮށް ޓީމަށް ހިތްވަރު ދީފަ އެވެ.

ކުޑަކާއްޓޭ އާއި އައްކަޅޭ މި ފަހަރު ބީޗް ވޮލީބޯޅަ ޓީމަށް ކުޅޭއިރު، ސީނިއާ ގައުމީ ވޮލީޓީމު މިހާރު އަންނަނީ މި މަހު 19 ވަނަ ދުވަހު ބަންގްލަދޭޝްގައި ފަށާ އޭވީސީ ސީނިއާ ވޮލީބޯޅަ މުބާރާތަށް ތައްޔާރުވާން ތައިލެންޑު ޓްރެއިނިން ކޭމްޕް ފުރިހަމަ ކުރަމުންނެވެ. މި މުބާރާތުގައި ވާދަކުރާ ޓީމުގައި ކާއްޓޭ ނުހިމެނުނީ ޓީމުގެ ޕްރެކްޓިސް ފެށިއިރު، އާއިލާ އަށް ވަގުތުދޭން ބޭނުންވާތީ ހުރިހާ ޕްރެކްޓިހެއްގައި ބައިވެރިވެވެންނެތްކަމަށް ބުނެއެވެ.

ބީޗް ވޮލީބޯޅަ ޓީމާއެކު ކޯޗެއްގެ ގޮތުގައި ތައިލެންޑަށް ގޮސްފައިވަނީ  ތަޖުރިބާކާރު ކޯޗު އަބްދުﷲ ނަޝީދު އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފައިދާ ގޯލްގެ ތަފާތުން މީދޫ ކަޓުވާލައި ހިތަދޫ ފައިނަލަށް

އައްޑޫ ޔޫތު ޗެލެންޖް 2020 ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ހިތަދޫ އެފްސީ ދަތުރުކޮށްފިއެވެ. މީދޫގައި ކުރިއަށްދާ  މިމުބާރާތުގައި ހިތަދޫޓީމާއި ...

ލައިން ޖަޖެއްގައި ބޯޅައިން ޖެހުމުން ޖޮކޮވިޗް މުބާރާތުން ވަކިކޮށްފި

ޔޫއެސް އޯޕަން ޓެނުސް މުބާރާތުގެ  ހަތަރު ވަނަ ބުރުގައި މަޝްހޫރު ޓެނިސް ތަރި ނޮވަކް ޖޮކޮވިޗް ގަސްދު ލައިން ...

ބެސްޓް ފުޓްސަލް މުބާރާތް 2018: ފުރަތަމަމެޗް ބޮޑުތަފާތަކުން ކާމިޔާބުކުރީ ޔުނައިޓެޑް ބްރަދާސް

” ބެސްޓް ފުޓްސަލް މުބާރާތް 2018 ”  ގެ ނަމުގައި ހުޅުމީދޫ ޕޮލިސްސްޓޭޝަނުގެ ދަނޑުގައި ރޭ ފެށުނު  ފުޓްސަލް ...