މެސެންޖަރ އަށް ފަހު ވައިބަރ އަށް ވެސް އުރީދޫ ނެކްސްޓްގެ ޚިދުމަތް ތައާރަފްކޮށްފި

އާޓިފިޝަލް އިންޓެލިޖެންސް އަދި މެޝިން ލަރނިންގްގެ އެހީގައި މަސައްކަތް ކުރާ އުރީދޫ ނެކްސްޓްގެ ޚިދުމަތް ވައިބަރ އަށް ތައާރަފްކޮށްފިއެވެ.

އުނިމާ ގްރޭންޑުގައި ބޭއްވި ރަސްމިއްޔާތެއްގައި ވައިބަރ އަށް އުރީދޫ ނެކްސްޓްގެ ޚިދުމަތް ތައާރަފްކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ ނަޖީބް ޚާންއެވެ.

އުރީދޫ ނެކްސްޓްގެ ޚިދުމަތް އެންމެ ފުރަތަމަ ތައާރަފް ކޮށްފައިވަނީ ފޭސްބުކްގެ މެސެންޖަރ އެޕްލިކޭޝަނަށެވެ. އަދި ވައިބަރ އަށް ތައާރަފްކުރި އުރީދޫ ނެކްސްޓް ވަރޝަން މިއަހަރުގެ މޮބައިލް ވަރލްޑް ކޮންގްރެސްގައި ވެސް އުރީދޫއިން ވަނީ ދައްކާލާފައެވެ.

ވައިބަރ އަށް ތައާރަފްކުރި ވަރޝަންގައި އެ އެޕްލިކޭޝަން މެދުވެރިކޮށް އުރީދޫ ނެކްސްޓްއަށް ޚާއްސަ ކިއު އާރް ކޯޑުތައް ސްކޭންކޮށްލުމުން ޗެޓް ސްކްރީނެއް ހުޅުވޭނެއެވެ. އަދި އެ ޗެޓް ސްކްރީން މެދުވެރިކޮށް ޑޭޓާ ބޭނުން ކޮށްފައިވާ މިންވަރާއި ޑޭޓާ ބެލެންސް ބެލުން ފަދަ ޚިދުމަތްތައް ލިބިގެންދާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

ސިލިކަން ވެލީގެ ޓެކް ކުންފުންޏެއް ކަމަށްވާ ފާސްޓް ފޯވާޑް އާއި ގުޅިގެން ތައާރަފްކޮށްފައިވާ މި ޕްލެޓްފޯމް މެދުވެރިކޮށް، ކަސްޓަމަރުން ގިނަ ވަގުތުތަކެއް ހޭދަކުރާ ސޯޝަލް މީޑިއާ ޗެނަލްތަކުގައި އުރީދޫ އާއި ބެހޭ މައުލޫމާތު ހޯދައި، އުރީދޫގެ ޚިދުމަތްތައް ޚިޔާރުކުރެވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރޯދަމަހަށް ޙާއްސަ އަގުތަކެއްގައި އެސްޓީއޯއިން ފިޔާ، އަލުވި، ބިސް ވިއްކަން ފަށައިފި

ރޯދަމަހަށް ޙާއްސަކޮށްގެން އެސްޓީއޯއިން މިފަހަރުވެސް ފިޔާ، އަލުވި އަދި ބިސް ވިއްކަން ފަށައިފިއެވެ. މި ހިދުމަތް ރޯދައަށް އަމާޒުކޮށް ...

އައްޑޫސިޓީގެ އަވަށްތައް ހިމެނޭގޮތައް އިތުރު ފަސް ރަށެއްގައި އިޔާދަކުރަނިވި ހަކަތަ ގާއިމް ކުރުމަށް ހިޔާލު ހޯދަނީ

އައްޑޫސިޓީ ގެ އަވަށްތައް ( ރަށްތައް ) ހިމެނޭހެން އިތުރު ފަސް ރަށެއްގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދައި ...

މާލޭގައި ކޭއެފްސީގެ އައުޓްލެޓެއް ހުޅުވައިފި

ދުނިޔޭގެ މަޝްހޫރު ފާސްޓް ފުޑް ޗެއިންތަކުގެ ތެރޭގައި ހިމެނޭ ކޭއެފްސީގެ އައުޓްލެޓެއް މާލޭގައި ހުޅުވައިފިއެވެ. ކޭއެފްސީގެ އައުޓުލެޓް ހުޅުވީ ...