މަޝްހޫރު މޮޑެލް މަރިއާނޯ ޑި ވާއިއޯ ރާއްޖޭގައި

އިޓަލީގެ މަޝްހޫރު މޮޑެލް އަދި ފެޝަން ބްލޮގަރ މަރިއާނޯ ޑި ވާއިއޯ  ރާއްޖެ އަތުވެއްޖެއެވެ.

މަރިއާނޯ  ޗުއްޓީ ހޭދަކުރަނީ ކުރެއްދޫ އައިލޭންޑް ރިސޯޓުގައެވެ. އަންހެނުންނާއި ދަރިފުޅާއެކު ކުރެއްދޫ ރިސޯޓުގައި ނަގާފައިވާ ހިތްގައިމު މަންޒަރުތައް އޭނާ ވަނީ އިންސްޓެގްރާމްގައި ހިއްސާކޮށްފައެވެ. ރާއްޖޭގެ ރީތި މަންޒަރުތަކާއި ޢާއިލީ ގުޅުން ދައްކުވައިދޭ ފޮޓޯތައް ހިއްސާކުރަމުން މަރިއާނޯ ބުނެފައިވަނީ ރާއްޖޭގައި ހޭދަކުރާ ވަގުތުތަކަކީ ހިތްގައިމު ހަދާންތަނެއް ކަމަށާއި އަބަދުވެސް އެހަދާންތައް ހިތުގެ އެންމެ ފުންމިނުގައި ފޮރުވާފަ ބަހައްޓާނެކަމަށެވެ.

28 އަހަރުގެ މަރިއާނޯ ޑި ވާއިއޯއަކީ ދުނިޔޭގެ މަޝްހޫރު ބޮޑެތި ފެޝަން ބްރޭޑްތަކަށް މޮޑެލް ކުރަމުންދާ ފަންނާނެކެވެ. އަދި އޭނާގެ ފެޝަން ބްލޮގް އެމްޑީވީ ސްޓައިލްއަކީ އެންމެ ގިނައިން މީހުން ވަންނަ ފެޝަން ބްލޮގްތަކުގެ ތެރޭގައި ހިމެނޭ ބޮލޮގެކެވެ. އިންސްޓެގްރާމްގައި އެކަނިވެސް 6.2 މިލިއަން މީހުން ފޮލޯކުރާ މާރިއާނޯ ވަނީ 2016 ވަނަ އަހަރު ފިލްމީ ދާރާގައިވެސް ހަރަކާތްތެރިވާން ފަށާފައެވެ.

މިއީ މަރިއާނޯ ރާއްޖެއައި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހުވެސް އަންހެނުންނާއި ދަރިފުޅު ނޭތަން ލިއޯއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރިއެވެ. އެފަހަރު ޗުއްޓީ ހޭދަކުރީ ފުރަވެރި އައިލޭންޑް ރިސޯޓުގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް ޔާމީންއަށް އިންސާފުވެރި ޝަރީއަތެއް ލިބެންޖެހޭ: ރައީސް ނަޝީދު

ކުރީގެ ރައީސް ޔާމީންއަށް ދެފުށް ފެންނަ އިންސާފުވެރި ޝަރީއަތެއް ލިބެންޖެހޭނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ...

ސަރުކާރުގެ 8 ކުންފުނީގެ އެމްޑީގެ މަޤާމަށް އަންހެނުން

އައު ސަރުކާރުގައި މަދުވެގެން 8 ކުންފުނީގެ އެންމެ މަތީ މަޤާމަށް ވަޑައިގަންނަވާނީ އަންހެނުން ކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު ...

ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ފުވައްމުލަކުގެ ފަތުރުވެރިކަން ކުރިއަރުވަން އިސްކަންދޭނަން: އިލްޔާސް

ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ފުވައްމުލަކުގެ ފަތުރުވެރިކަން ކުރިއަރުވަން އިސްކަންދެއްވާނެކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ. އިލްޔާސް ...