ގޮނޑި ގެއްލިފައިވާ 12 މެމްބަރުންނާއެކު މަޖިލީހަށް ވަދެ ރައީސް ޔާމީންގެ އިތުބާރު ނެތްކަމަށް ފާސްކުރާނަން – އަބްދުﷲ ޝާހިދު

ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންނާއެކު މަޖިލީހަށް ވަދެ ރައީސް ޔާމީންގެ އިތުބާރު ނެތްކަމަށް ފާސްކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މީޑިއާގައި ވާހަކަފުޅު ދައްކަވަމުން ރޭ އަބްދުﷲ ޝާހިދު ވިދާޅުވީ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންނަކީ ހިތްވަރު ގަދަ ބަތަލުން ކަމަށާއި އެ މެންބަރުންނާއެކު މަޖިލިސް ތެރެއިން ރައީސް ޔާމީން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމަށެވެ.

“ރައީސް ޔާމީން ހުއްޓުވާނަން، ރައީސް ޔާމީން ހުއްޓުވާފަ ނޫނީ ފެށި މަސައްކަތް ނުނިންމާނަން. ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގޭނެ. އެއީ ޤާނޫނުއަސާސީގައި އޮތް ޗެޕްޓަރެއް. ރައްޔިތުންގެ މަޖިލީހުގައި އެކަން ކުރަންވީ ގޮތް ސަރީޙަކޮށް އެކަން އެބައޮތް ލިޔެފައި. އަޅުގަނޑުމެންގެ މި 12 މެންބަރުންނަކީ ހިތްވަރުގަދަ ބަތޮލުން. އެބޭފުޅުންނާއެކު ވަދެ ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ރައީސް ޔާމީން ހުއްޓުވާނަން” ޝާހިދު ވިދާޅުވިއެވެ.

އަބްދުﷲ ޝާހިދު މިފަދައިން ވިދާޅުވިއިރު އިދިކޮޅު އެއްވެސް މެމްބަރަކު މިފަހުން މަޖިލިސް އެއްވެސް ޖަލްސާއަކަށް ހާޒިރުވެފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ދާދިފަހުން އައިޕީޔޫއިން ވެސް ވަނީ މުސާރަ ނަންގަވައިގެން މަޖިލީހުގެ މަސައްކަތަށް ހާޒިރު ނުވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

50 މެންބަަރުންގެ ސޮޔާއި އެކު އީވާ ވަކިކުރަން ހުށައަޅައިފި

ރައްޔިތުން މަޖިލީހުގެ ނައިބް ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ މަޤާމު ވަކިކުރަން އެމްޑީޕީން ރައްޔިތުން ...

މީދޫ ދާއިރާއަށް  ވާދަ ކުރާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރެވިފައިވާގޮތް

ރަށްޔިތުންގެ މަޖިލިސް  އިންތިޚާބުގައި މީދޫ ދާއިރާއަށް  ވާދަކުރައްވާ  ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ގުރުއަތު ނަގައިފިއެވެ. އަންނަ ރަމަޟާންމަސް ނިމިގެން ...

ޔޯގާއަކީ ހަމަ އެންމެ ރަނގަޅުކަމެއް- މައުމޫނު

ޔޯގާއަކީ ހަރާން އެއްޗެއް ނޫންކަމަށް ތަކުރާރުކޮށް މައުމޫން އަނެއްކާވެސް ވިދާޅުވެއްޖެއެވެ. ގަލޮޅު ދަނޑުގައި ހިންގި ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ...