މިނިވަން ޗެމްޕިއަންޝިޕް އައްޑޫ މުބާރާތް: ފޭދޫޓީމާ ހިތަދޫޓީމް ބައްދަލުކުރިމެޗް ފޭދޫޓީމް ކާމިޔާބުކޮށްފި

މިނިވަން ޗެމްޕިއަންޝިޕްގެ އައްޑޫއަތޮޅު މުބާރާތުގައި  ހިތަދޫޓީމާއި ފޭދޫ ޓީމް ބައްދަލުކުރިމެޗް  ފޭދޫޓީމް ކާމިޔާބުކޮށްފިއެވެ.

އިއްޔެ ހަވީރު ހިތަދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅެވުނު މި މެޗް ފޭދޫޓީމުން ކާމިޔާބު ކުރީ 1 ލަނޑު 0 ލަނޑުންނެވެ.

މިމެޗްގައި ފޭދޫ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ އެޓީމަށް ކުޅުނު ހިތަދޫގެ ކުޅުންތެރިއެއްކަމުގައިވާ  މުހައްމަދު އާލިފް ފަހުމީއެވެ

މި މުބާރާތުގައި ފޭދޫޓީމް މިމަހުގެ 25 ވަނަ ދުވަހު މަރަދޫޓީމާ ބައްދަލުކޮށް ކުޅުނުމެޗުންވެސްވަނީ މޮޅުވެފައެވެ. އެމެޗުން ފޭދޫޓީމް މޮޅުވެފައިވަނީ 2 ލަނޑު 1 ލަނޑުންނެވެ.

 

ހިތަދޫޓީމްވެސް މިމަހުގެ 26 ވަނަ ދުވަހު މަރަދޫފޭދޫޓީމާ ބައްދަލުކޮށް ކުޅުނުމެޗުން 3 ލަނޑު 0 ލަނޑުން ވަނީ މޮޅުވެފައެވެ.

މިމުބާރާތުގައި ބައިވެރިވެފައިވަނީ 4 ޓީމަކުންނެވެ. އެއީ މަރަދޫ ، މަރަދޫފޭދޫ . ހިތަދޫ އަދި ފޭދޫއެވެ.

މި މުބާރާތުގެ ފައިނަލްގައި ވާދަ ކުރާނީ މި 4 ޓީމުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމެވެ

މިއަދު ހަވީރު ވެސް މި މުބާރާތުގެ މެޗެއް އޮންނާނެއެވެ. އެ މެޗްގައި ބައްދަލުކުރާނީ މަރަދޫއާއި، މަރަދޫ ފޭދޫއެވެ

މިދިޔަ އަހަރު ބޭއްވުނު މިނިވަން ޗެމްޕިއަންޝިޕްގެ އައްޑޫއަތޮޅު މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފޭދޫޓީމެވެ. ފޭދޫޓީމް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މީދޫގައި ކުޅެވުނު ފައިނަލްމެޗްގައި ހިތަދޫޓީމާއި ބައްދަލުކޮށް މޮޅުވެގެންނެވެ.

  • ކޮމެންޓްސް (1)

  • ހަކީމްދީދީ

    ހިތަދޫއަށް ފޭދޫއާއި ކުޅެގެން މޮޅުވެވެން ނެތީދޯ ؟ މިކަހަލަ ބޮޑު މުބާރާތެއްގައި ފޭދޫއަތުން ހިތަދޫ ބަލިނުވާ ފަހަރެއް ނުދޭ . މިކަމާ ހިތަދޫގައި ކުޅިވަރުގެ ކަންތަކާއި އުޅުއްވާ ބޭފުޅުން ފުންކޮށް ވިސްނަން ވެއްޖެ ނޫންތޯ ؟

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ލީގު ކަޕްގެ ތިންވަނަ ބުރުގައި ޗެލްސީއާއި ސިޓީގެ ކުރިމަތިލުމެއް

އިނގިރޭސި އެންމެ ޒަމާންވީ ފުޓްބޯޅަ މުބާރާތް، އެފްއޭ ކަޕްގެ ތިންވަނަ ބުރުގެ ގުރުއަތުލުމުގައި  ޗެލްސީއާއި މެންޗެސްޓާ ސިޓީ ވާދަކުރަން ...

ޓީމްޓަފްސިކްސް ބަލިކޮށް ޓީމް އަލްފައިން ފައިނަލަށް

ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގެ ސެމީ ފައިނަލުގެ 3 ވަނަ މެޗް ކާމިޔާބުކޮށް ފައިނަލުގެ 2 ވަނަ ޖާގަ ...

ނޮރިންމަ ބަލިކޮށް އުސްގަޑަ އިން ކްއާޓާރގެ ފުރުސަތު ބޮޑުކޮށްފި

ގައުމު ސްޓްރީޓް ކަޕްގައި ރޭ ކުޅެވުނު 2 ވަނަ މެޗުގައި މީދޫ ނޮރިންމަ އެފްސީ  2-0 އިން ބަލިކޮށް ...