ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދާ މީހުންނަށް، މާލެ އާއި ހުޅުމާލެއާ ދެމެދު ފެރީގެ ހިދުމަތް ދޭން އެހޮސްޕިޓަލުން މިއަދު ފަށައިފިއެވެ.

ރާއްޖޭގައި ގާއިމުކުރި މަލްޓިސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލް، ޓްރީޓޮޕް ހޮސްޕިޓަލުން ބުނިގޮތުގައި ހިލޭ ދޭ ފެރީގެ މި ހިދުމަތް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް އޮންނާނެއެވެ. ކޮންމެ ދުވަހަކު ވެސް ހަ ދަތުރު ކުރާނެ ކަމަށާއި ފެރީ ބޭނުން ކުރެވޭނީ ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހަދާފައިވާ މީހާ އާއި އެހީތެރިއަކަށްކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ޓްރާންސްފާގެ ހިދުމަތް ހޯދުމަށް އެޕޮއިންޓްމެންޓު ބުކިން ހުށަހެޅުމުން ފެރީގެ ހިދުމަތް ލިބޭނެއެވެ. ހުޅުމާލެ ޓާމިނަލުން ހޮސްޕިޓަލަށް ވެސް ވޭން ޓްރާންފާ ހަމަޖެހޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ބަލިމީހުން ބަލާ ދަތުރުކުރާ ޓްރީޓޮޕްގެ ފެރީގައި، އެ ހޮސްޕިޓަލުގެ ގެސްޓް ރިލޭޝަންސް ސްޓާފެއް އަބަދުވެސް ދަތުރުކުރާނެއެވެ.

މާލެއިން ފެރީ ފުރާނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އެއް ނަންބަރު ޖެޓީއިން ކަަމަށް ވެސް ހޮސްޕިޓަލުން މަޢުލޫމާތު ދެއެެވެ.

ފެރީގައި ހުޅުމާލެއަށް ދިއުމުން ވެހިކަލްގައި ހޮސްޕިޓަލަށް ވެސް ގެންގޮސްދޭނެ އެވެ.

ފެރީގެ ދަތުރުތައް އޮންނާނީ ހެނދުނު 8:30 އިން ރޭގަނޑު 10:00 އާ ދެމެދު އެވެ. އަދި އެމަޖެންސީ ހާލަތެއް ދިމާވެއްޖެ ނަމަ ފެރީ ޝެޑިއުލަށް ބަދަލުތަކެއް އަތުވެދާނެ ކަމަށް ހޮސްޕިޓަލުން ވަނީ މަޢުލޫމާތު ދީފައެވެ.

ސަތޭކަ ދިހަ މިލިއަން ޑޮލަރު ހަރަދުކޮށްގެން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ އެ ހޮސްޕިޓަލުން އެމްއާރްއައި ސީޓީ ސްކޭން، ކާޑިއެކް ސާޖަރީ، ކީމޯ ތެރަޕީ، ނިއުރޯ ސާޖަރީ، އޮންކޮލޮޖީ އަދި ޑަޔަލިސިސްގެ ހިދުމަތް ލިބޭނެއެވެ.

ހޮސްޕިޓަލު މެނޭޖުކުރަން ހަވާލުކޮށްފައި ވަނީ އޮސްޓްރޭލިއާގެ ރަމްސޭ ގްރޫޕާއި މެލޭޝިއާގެ ސައިމް ޑާބީ ކުންފުންޏާ ގުޅިގެން އުފައްދާފައިވާ “ރަމްސޭ ސައިމް ޑާބީ”އިންނެވެ.

ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންތަކެއް ހިއްސާވާ ޓްރީ ޓޮޕް އިންވެސްޓްމަންޓުން ހުޅުމާލޭގައި ތަރައްގީކުރި މި ހޮސްޕިޓަލް ހުޅުވީ މި މަހުގެ ފުރަތަމަ ދުވަހު އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެއާޕޯޓުގައި މަސައްކަތްކުރާ ފުލުހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ގިނަ ފުލުހުން ކަރަންޓީނަށް ގެންގޮސްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތް ކުރާ ފުލުހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ  ގިނަ އަދަދެއްގެ ފުލުހުން ކަރަންޓީނަށް ގެންގޮސްފިއެވެ ...

ކޮވިޑް-19 – ދިވެއްސަކު ނިޔާވެއްޖެ

ކޯވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުން ، ރޭ ދަންވަރު 2:58ގައި އައިޖީއެމްއެޗުގައި ނިޔާވެފައި ...

އައްޑޫ ސިޓީން އިތުރު 14 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ- މީގެ ތެރޭގައި ހުޅުމީދޫ 9 މީހަކު ހިމެނޭ

އައްޑޫ ސިޓީން އިތުރު 14 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން އިން ...