މޯލްޑިވިއަން އައިޑަލް ސީޒަން 3: ގަދަ 12 ބައިވެރިންނަށް ވޯޓުލުމަށްޓަކާ އެސް.އެމް.އެސް ކުރަން ހުޅުވާލައިފި

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގާލާ ރައުންޑުގައި ވާދަކުރި ގަދަ 12 ބައިވެރިންގެ ތެރެއިން، ބެލުންތެރިންނަށް އެންމެ ކަމުދާ ބައިވެރިއަކު ހޮވުމަށް ވޯޓުލުމަށްޓަކާ އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ގާލާ ރައުންޑުގެ ފުރަތަމަ ޝޯވ ރޭ ޓީވީއެމުން ގެނެސްދީފައިވާއިރު، ރޭގެ ޝޯވ ހާއްސަކޮށްފައިވަނީ “އަބަދަށް ފެހި ލަވަތައް” މި ތީމަށެވެ. އެގޮތުން ރޭގެ ޝޯވގައި ގަދަ 12 ގައި ވާދަކުރާ ހުރިހާ ބައިވެރިންގެ ފަރާތުންވެސް އެ ބައިވެރިއަކު އެންމެ ގަޔާވާ އަދި އެންމެ ކިޔާލަން ބޭނުންވި ލަވަ ހުށައަޅައިދީފައިވާއިރު، ހުރިހާ ބައިވެރިންނަށްވެސް ޖަޖުންގެ ފަރާތުން ވަނީ ތަފާތު ކޮމެންޓްތަކެއް ލިބިފައިވެއެވެ.

މިފަހަރުގެ ސީޒަންގެ ގަދަ 12 ބައިވެރިންގެ ތެރެއިން ބެލުންތެރިންނަށް އެންމެ ކަމުދާ ބައިވެރިއަކަށް ވޯޓުލުމަށްޓަކާ، އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު މިއަދު ހަވީރު 4 ޖެހުމާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. ވޯޓުލުމަށްޓަކާ، MI ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވާ، އެ ބައިވެރިއަކަށް ދީފައިވާ ކޯޑު ޖެހުމަށްފަހު 303 އަކަށް އެސް.އެމް.އެސް ކުރެވޭނެއެވެ. މިއިން ކޮންމެ އެސް.އެމް.އެސްއަކަށް 3 ރުފިޔާ ޗާޖުކުރާނެއެވެ. އަދި ކޮންމެ ނަންބަރަކުންވެސް އެންމެ ގިނަވެގެން ފޮނުވޭނީ 50 އެސް.އެމް.އެސްއެވެ.

ގާލާ ރައުންޑުގެ ކުރިއަށް އޮތް ބުރަށް ދަތުރުކުރާނެ ބައިވެރިން އިޢުލާންކުރުން އޮންނާނީ މިރޭ ބާއްވާ، އެލިމިނޭޝަން ނައިޓް ޝޯވގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން މީދޫ ކޯގަންނު ސަރަހައްދު ތަރައްގީކޮށްފި

ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފް ކުރި ...

ބޮލީވުޑުގެ މަޝްހޫރު ތަރިން ނަތަން ޔާހޫ އާއި ބައްދަލެއް ނުކުރި

އިޒްރޭލުގެ ބޮޑު ވަޒީރު ނަތަންޔާހޫ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ބޮލީވުޑުގެ ފަންނާނުންނާއި ބައްދަލުކުރުމަށް ބޭއްވި ހަފްލާއަށް ވަނީ ގިނަ ...

ދިރާގު ޕްލޭ އެޕް – ކޮންމެ ތާކު، ކޮންމެ ވަގުތަކު މުނިފޫހިފިލުވުމަށް

ދިރާގުން “ދިރާގުޕްލޭ”ގެ ނަމުގައި މުޅިން އާ މުނިފޫހިފިލުވުމުގެ ސްޓްރީމިންގ މޮބައިލް އެޕްލިކޭޝަނެއް ތަޢާރަފުކޮށްފިއެވެ. ދިރާގުން ބުނިގޮތުގައި މި އެޕްލިކޭޝަނަކީ ...