ފިނޑި ޤައްދާރުން ގެންނަން އުޅުނު ބަޣާވާތުގެ ފުންމިން އެނގިއްޖެ – ރައީސް

އިދިކޮޅު ފަރާތްތަކުން ގެންނަން އުޅުނު “ބަޣާވާތު”ގެ ފުންމިން މިހާރު ދެނެގަނެވިފައިވާކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ވެސްޓްޕާކް ސަރަހައްދުގައި ރޭ ޕީޕީއެމްއިން ބޭއްވި ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ
ޤައުމު ނުރައްކާތެރި ހާލަތަކަށް ވައްޓާލި “ބަޣާވާތު” އަޑީގައި ތިބީ ފިނޑި ޤައްދާރުން ތަކެއް ކަމުގައެވެ. އަދި ފިނޑިން ކުރަން އުޅުނު ނުރައްކާތެރި “ބަޣާވާތަށް” އެހީތެރިކަން ފޯރުކޮށްދެނީ ޤައުމުން ބޭރުގައި ފިލާތިބި ފިނޑިންކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ފިލާތިބެ “ބަޣާވާތައް” ހިތްވަރުދޭ މީހުންގެ ހުރި ހަމައެކަނި ހިތްވަރަކީ އެމީހުންގެ އަތުގައިހުރި ފައިސާކަމަށާއި އިތުރު އެހެން އެއްވެސް ހިތްވަރެއްވެސް އަދި ފަންވަރެއްވެސް ނެތް ކަމަށް، ޕީޕީއެމްގެ ފަރާތުން ދިވެހި އަސްކަރިއްޔާއަށް ތާއީދު ކުރާކަން ހާމަ ކޮށްދިނުމަށް “ސަލާމަތީ ބާރުތަކާއެކު ރައްޔިތުން” ނަމުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ދައުލަތުގެ އިސްވެރިންނާއި ވަޒީރުންގެ އިތުރުން ޕީޕީއެމްގެ ގިނަ ސަޕޯޓަރުން ތަކެއް ބައިވެރިވި މި ޖަލްސާގައި، ބަޣާވާތުގެ ސަބަބުން ޤައުމު ވެއްޓިގެން ދިޔަ ޙާލަތާއި އެކު، ޤާނޫނު އަސާސީގައި ކަން އޮތް ގޮތް ބަލަން ޤައުމުގެ ކަންކަން ބަލާ ސުލްޙަ ޤާއިމު ކުރަން ތިބި، ސަލާމަތީ ބާރުތަކަށް ނުތިބެވޭނެ ކަމަށާއި އޭގެ ބަދަލުގައި ސަލާމަތީ ބާރުތަކުން ޢަމަލުކުރަން ޖެހޭނީ އެ ވަގުތަކު ސަލާމަތީ ބާރުތަކުގެ އެންމެ އިސްވެރިއަކަށް ނުވަތަ ދައުލަތުގެ ވެރިއަކަށް ހުންނަ ބޭފުޅެއްގެ އަމުރަށްކަމަށް ވެސް ރައީސް ވިދާޅުވިއެވެ

މިއަދު ޤައުމު މިއޮތް ޙާލަތު ކަނޑުގައި ދުއްވަމުން ދާ އޮޑިއެއްގެ ސިފައިގައި ސިފަކޮށްދެއްވަމުން ރައީސް ވިދާޅުވީ އެއޮޑި ކޮޅިގަނޑެއްގައިޖެހި ހަލާކުވާން ދާއިރު ފަޅުވެރިންގެ ކިބައިން ވޯޓެއް ނަގަން ނުޖެހޭ ކަމަށާއި ކަންކުރަން ޖެހޭގޮތް ނިންމާނީ ދޯނީގެ ކައްޕިކަމަށެވެ.
މީގެ އިތުރުން އެމެރިކާއިން ޕްލެޓޫންއެއް ހަނގުރާމައަކަށް ކޮމާންޑަރަކާއި ހަވާލުކޮށްފައި ފޮނުވާއިރު އެމީހުން އަމަލުކުރާނީވެސް ކޮމާންޑަރު އަންގާ ގޮތަކަށް ކަމަށާއި، ކޮމާންޑަރު އަމުރު ކުރުމުން ދެން ޤާނޫނު އަސާސީގައި އޮންނަނީ ކިހިނެއްތޯ ނުވަތަ ސްޕްރީމް ކޯޓުން އަމުރެއް ނެރެފައި އޮތްތޯ ބަލަން ނުޖެހޭކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަރސްޓް ލޭޑީ ފާތުމަތު އިބްރާހިމް ވެސް ބައިވެރި ވަޑައިގެންނެވިއެވެ. އަދި ޕީޕިއެމް އަށް ނިސްބަތްވާ ޕާލިމަންޓް މެމްބަރުންވެސް މި ޖަލްސާގައި ބައިވެރި ވެ ވަޑައިގަތެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިޔާޟް، އާޒިމަށް: ސައިޒް އޮޅިވަޑައިގެން ނޫޅުއްވާ

ޢަދާލަތު ޕާޓީއަށް ނިސްބަތްވާ ޑރ.މުޙައްމަދު އިޔާޟަށް ކީރިތި ޤުރުއާނުގެ ތަފްސީރު ކުލާސް ނެގުމުގެ ފުރުސަތު ދޭން ހެޔޮނުވާނެކަމަށް މެދު ...

އައްޑޫ ސިޓީން އިތުރު 18 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 18 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.  އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާ (އޭއީއެޗު) އިން ...

އައްޑޫސިޓީން އަލަށް ނެގުނު 339 ސާމްޕަލް ތަކުގެ ތެރެއިން އެއްވެސް ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވް ނުވޭ

އައްޑޫ ސިޓީން އަލަށް ނެގުނު 339 ސާމްޕަލްތަލުގެ ތެރެއިން އެއްވެސް ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވެފައި ނުވާކަމަށް  އައްޑޫ އެކުއެޓޯރިއަލް ...