ބާސާގެ ދަނޑުގައި ލަސް ޕަލްމާސް އިން ބާސާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ބާސާގެ ދަނޑުގައި ލަސް ޕަލްމާސްއިން 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިކޮށްފިއެވެ.

މިއީ 1971 ވަނަ އަހަރުގެ ފަހުން ބާސެލޯނާގެ ދަނޑުގައި އެ ޓީމު އަތުން ލަސް ޕަލްމާސް މޮޅުވި ފުރަތަމަ ފަހަރެވެ. އަދި، މިއީ މި ފަހަރުގެ ސީޒަނުގެ ލީގުގައި އަމިއްލަ ދަނޑުގައި ބާސެލޯނާ ބަލިވި ފުރަތަމަ ފަހަރެވެ. މީގެއިތުރުން، މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން އެ ޓީމުން މެޗަކުން މޮޅެއް ނުލިބި ނިންމާލަން ޖެހުނު ތިންވަނަ ފަހަރެވެ. އޭގެތެރެއިން، ދެ މެޗުން ބަލިވިއިރު އަނެއް މެޗުން ވަނީ އެއްވަރުވެފައެވެ.

މި ނަތީޖާއާ އެކު ލީގުގެ އެއްވަނައިގައި އަދިވެސް އުޅެނީ ބާސެލޯނާ އެވެ. އެ ޓީމަށް މިހާތަނަށް ކުޅުނު 15 މެޗުން ލިބިފައިވަނީ 34 ޕޮއިންޓެވެ. އެ ޓީމާ އެންމެ ގާތުން ވާދަކުރަމުން އަންނަ ރެއާލް މެޑްރިޑަށް ލިބިފައި ވަނީ 30 ޕޮއިންޓެވެ. ނަމަވެސް ރެއާލް އިތުރު ދެ މެޗު އެބައޮތެވެ. އެހެންކަމުން، ރެއާލަށް އެ ދެ މެޗު ކާމިޔާބުކޮށްގެން ތާވަލްގެ އެއްވަނަ އަށް އެރޭނެ އެވެ.

ބާސެލޯނާގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލެއް ކާމިޔާބުކުރެވިފައިނުވާއިރު، ލަސް ޕަލްމާސް އިން ލީޑު ނެގީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރުވަނަ މިނެޓުގައި ކައުންޓަރ އެޓޭކެއްގައި ސެންޑްރޯ ރަމީރޭޒް ކާމިޔާބުކުރި ގޯލުންނެވެ.

މެޗުގެ 61 ވަނަ މިނެޓުގައި ޕެޑްރީ ދިން ބޯޅައަކުން ބާސެލޯނާގެ ކެޕްޓަން، ރަފީނިއާ އެ ޓީމަށް އެއްވަރުކޮށްދީފައިވަނިކޮށް، އޭގެ ހަ މިނެޓުފަހުން، ހަވިއޭ މުނޯޒް ދިން ބޯޅައަކުން ފަބިއޯ ސިލްވާ ވަނީ އަލުން ލަސް ޕަލްމާސް އަށް އަލުން ލީޑު ނަގައިދީފައެވެ. އޭގެފަހުން، ބާސެލޯނާ އިން ނަތީޖާ އެއްވަރުކުރަން ކުރި މަސައްކަތްތައް ކާމިޔާބުވާގޮތެއްނުވިއެވެ.

ލީގުގައި ބާސެލޯނާ އަށް ދެން އޮތީ މި މަހުގެ ތިންވަނަ ދުވަހު ރަށުން ބޭރުގައި މަޔޯކާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. ލަސް ޕަލްމާސް އަށް ލީގުގައި ދެން އޮތް މެޗަކީ މި މަހުގެ ހަތްވަނަ ދުވަހު އަމިއްލަ ދަނޑުގައި ނިކުންނާނީ ރެއާލް ވަޔަޑޮލިޑާ ދެކޮޅަށް ކުޅޭ މެޗެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަތޮޅު ވޮލީ މުބާރާތާއި ޒޯން ވޮލީ މުބާރާތް އައްޑޫގައި ހޯސްޓު ނުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި

ވޮލީ ބޯޅަ އެސޯސިއޭޝަންއިން އިންތިޒާމު ކޮށްގެން ބާއްވާ ޒޯން އަދި އަތޮޅު މުބާރާތް އައްޑޫގައި ހޯސްޓު ނުކުރުމަށް އައްޑޫ ...

ފަހުވަގުތު ސަހާފް ކާމިޔާބު ކުރި ހެޓްރިކާއެކު އެތުލެޓިކް އެފްސީ ފައިނަލަށް

މެޗްގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް  އެތުލެޓިކް އެފްސީގެ ސަހާފްގެ ހެޓްރިކާއެކު 4-2 ގެ ނަތީޖާއަކުން ...

މިނިވަންކަޕް 2018 : ފައިނަލަށް ތައްލިހިއާއި ޑީކޭ

ހުޅުދޫގައި މިހާރު ބާއްވަމުންދާ  “މިނިވަންކަޕް ފުޓްސަލް މުބާރާތު”ގެ ފައިނަލަށް ތައްލިހި އާއި ޑީކޭ ދަތުރުކޮށްފި އެވެ. މި ދެ ...