ބީއެމްއެލް ކިޑްސް ސޭވާ އެކައުންޓަށް އިތުރު ފައިދާ ދެނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކިޑްސް ސޭވާ އެކައުންޓުތަކުގެ ތެރެއިން ދިވެހި ރުފިޔާ އެކައުންޓްތަކަށް 3 ޕަސެންޓްގެ ފައިދާ އަދި ޔޫއެސް ޑޮލަރު އެކައުންޓްތަކަށް 3.5 ޕަސެންޓްގެ ފައިދާ ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.

ބީއެމްއެލްއިން ބުނީ އަލަށް ހުޅުވާ އެކައުންޓްތަކާއި މިހާރު ހުޅުވާފައިވާ ކިޑްސް ސޭވާ އެކައުންޓްތަކަށް ވެސް އަލަށް ކަނޑައެޅިފައިވާ އިންޓަރެސްޓް ރޭޓް އަދި ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވާ އެކައުންޓްތަކަށް ކަނޑައެޅިފައިވާ ރޭޓުން ފައިދާ ލިބޭނެ ކަމަށެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އިންޗާރޖް އޮފް ދަ ބޭންކް އައިޝަތު ނޫރައްދީން ވިދާޅުވީ ކިޑްސް ސޭވާ އެކައުންޓްތަކުގެ ރޭޓްތަކަށް ބަދަލު ގެނައީ މުސްތަގްބަލަށްޓަކައި ފައިސާ ރައްކާ ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ. އަދި ކުޑަކުދިންނަށް ފައިސާ ރައްކާ ކުރުމާއި ހަރަދު ކުރުމުގައި ގެންގުޅެންޖެހޭ މާލީ ހުނަރުތައް ދަސްކޮށްދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.

“މިއަދުން ފެށިގެން އަލަށް ހުޅުވާ ކޮންމެ ކިޑްސް ސޭވާ އެކައުންޓަކާއެކު، ބެލެނިވެރިންނަށް ހިލޭ ރީލޯޑް ކުރެވޭ މާސްޓާކާޑް ޕްރީޕެއިޑް ކާޑަކަށް އެދި ހުށަހެޅޭނެ. މި ކާޑަށް ފައިސާ އަޅައި، ދުވަހުން ދުވަހަށް ކުރާ ހަރަދުތަކަށް މި ކާޑު ބޭނުން ކުރެވޭނެ. މިއީ ކުދިންނަށް ހަރަދު ބެލެހެއްޓުމާއި ވިސްނުންތެރިކަމާއެކު ހަރަދު ކުރުމުގެ އަސާސްތައް ދަސްކޮށްދިނުމަށް މަގުފަހިކޮށްދޭ ކަމެއް.” އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްއިން ވަނީ ކިޑްސް ސޭވާ އެކައުންޓުތަކަށް އަމާޒުކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފަ އެވެ.

މި ޕްރޮމޯޝަނުގައި ބޮޑު އިނާމެއްގެ ގޮތުގައި، ގުރުއަތުން ހޮވޭ 5 ފަރާތަކަށް 10،000ރ. ގެ އިނާމެއް ވަނީ ހުށަހަޅައިފަ އެވެ. އަދި އަހަރީ އިނާމެއްގެ ގޮތުގައި ކޮންމެ އަހަރަކު 20 އެކްޓިވް އެކައުންޓް ހޮވުމަށްފަހު ކޮންމެ އެކައުންޓަކަށް 2500ރ. ގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލާގައި ޕީޕީއެމްގެ ސަޕޯޓަރެއް ހައްޔަރުކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލައާ ގުޅިގެން އިދިކޮޅު ޕީޕީއެމްގެ އެކްޓިވިސްޓަކު ހައްޔަރުކޮށްފިއެވެ. ރައީސް ...

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައްވައިފި

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައްވައި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ...

މީދޫއިން މަސްވެރިކަން ކުރަން ނުކުތް ދޯންޏެއް ބަންޑުން ޖަހާލައިފި

  މީދުން މަސްވެރިކަމަށް ނިކުތް ކުޑަ ދޯންޏެއް ބަންޑުންޖަހާލުމުން ދޯނި ބަންޑުން ޖަހާލި ވަގުތު އެސަރަހައްދުގައި ހަރަކާތްތެރިވި ޑިންގީއަކަށް ...