މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައްވައިފި

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައްވައި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ނަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފިއެވެ.

މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން ކުރިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ކުރައްވަމުން ގެންދެވި އެންމެހައި މަސައްކަތްތައް ދެން ކުރައްވަމުން ގެންދަވާނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިންނެވެ.

އެ މަސައްކަތްތައް ކުރެއްވުމަށްޓަކައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގައި ތިބި މުވައްޒަފުން އާ މިނިސްޓްރީއަށް ބަދަލުކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު އެމިނިސްޓްރީ އުވާލަން ނިންމަވާފައިވާއިރު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އާމިނަތު އާތިފާ ޝަކޫރުވަނީ އިއްޔެގެ ވަގުތެއްގައި މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ހުޅުމާލޭ ފޭސް 2 ގައި އިމާރާތްކޮށްފައިވާ ހިޔާ މަޝްރޫގެ ފްލެޓުތަކުގެ މަސައްކަތް ނިމި އަންނަ ޖުލައި މަހުގެ ނިޔަލަށް ފްލެޓްތައް އޭގެ ހައްގުވެރީންނަށް ހަވާލު ކުރެވޭނެ ކަމަށް މަޖިލީހުގެ ކޮމިޓީއެއްގައި މިނިސްޓަރު އާތިފާ ވިދާޅުވުމަށްފަހު، އެއީ އޮޅިގެން މިނިސްޓަރަށް ވިދާޅުވެވުނު އެއްޗެއް ކަމަށް ބުނެ، ހައުސިން މިނިސްޓްރީން ބަޔާނެއް ނެރުމުން ގިނަ ބައެއްގެ ފާޑުކިޔުން އެކަމާނައަށް ވަނީ އަމާޒުވެފައެވެ.

ކުރީގެ ސަރުކާރުގައި ވެސް ހައުސިން މިނިސްޓްރީގައި މަސައްކަތް ކުރެއްވި އާތިފާ މިނިސްޓަރަކަށް ހަމަޖެއްސެވީ، ކޯލިޝަންގެ އެއް ބައިވެރިޔާ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމް ސްލޮޓެއްގަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގޭގައި އުޅޭ އުމުރުން ދުވަސްވީ މީހުނާއި ކުޑަކުދީންނާ ބައްދަލުކުރަންވާނީ ރަގަޅަށް ފެންވަރާ އަތްދޮވެގެން – ޑރ. އަފަޒަލް

ގެއިން ބޭރުގައި އުޅެފައި ގެއަށް އަންނަ މީހުން ގޭގައި އުޅޭ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދީންނާއި ބައްދަލުކުރަންވާނީ ރަގަޅަށް ...

ބޭރުގައި ފިލާ ތިބެ ދައްކާ ވާހަކައަކުން ރާއްޖެއަކަށް ގުޑުމެއް ނާރާނެ – ޑިފެންސް މިނިސްޓަރ

ބޭރުގައި ފިލާ ތިބެ ދައްކާ ވާހަކައަކުން ރާއްޖެއަކަށް ގުޑުމެއް ނާރާނެކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ. މިނިސްޓަރު ...

ހުޅުމީދޫ މޮނީޓަރިން ހާލަތަށް ގެނެސްފި

އައްޑޫ ސިޓީ ހުޅުމީދޫ މޮނީޓަރިން ހާލަތަށް ގެނެސްފިއެވެ އެޗްޕީއޭ އިން ހުޅުމީދޫ މޮނީޓަރިން ހާލަތަށް ގެނެސްފައިވަނީ މީދޫ މީހަކު ...