ފެނަކައިގެ ޙާލަތު ދަށަށް ދިޔައީ ކުންފުނިން ކުރަންނުޖެހޭ މަސައްކަތްތަކެއް މިދިޔަ ސަރުކާރުގައި ކުރަން ފެށުމުންކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުއާޒް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

މުއާޒު މިހެން ވިދާޅުވީ ސަރުކާރަށް އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދޭ “ހަފްތާ 52” ޕްރޮގްރާމަށް ދެއްވި ޚާއްސަ އިންޓަވިއުގައެވެ.

ފެނަކައިގެ ދަރަނި 4 ބިލިއަން ރުފިޔާއަށް އަރާ

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.

ފެނަކައިގެ ދަރަނި 4.3 ބިލިއަން ރުފިޔާއަށް އަރާއިރު، އެއީ އެންމެ ޙާލަތު ދަށްކޮށް އޮތް ސަރުކާރު ޙިއްސާވާ ކުންފުންނެވެ. ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުޙައްމަދު ރަޝީދު ވިދާޅުވީ، ކުންފުނި އެހާ ބޮޑު ގެއްލުމަކަށް ދިޔަ މައިގަނޑު ސަބަބަކީ ކުންފުނީގައި ނެތް ފެންވަރުން މަޝްރޫޢުތައް ހިންގަން އުޅުމާއި މުއައްޒަފުންގެ އަދަދު އިންތިހާއަށް އިތުރުކުރުމުން ކުރިމަތިވި ފައިސާގެ ތާށިކަމާއެކު ނެގި ލޯނުތަކުންކަމަށެވެ.

މުއާޒު ވިދާޅުވީ އާ ސަރުކާރު ހަވާލުވިއިރު ކުންފުނި އޮތީ، ރައްޔިތުންނަށް ދެމުން އައި އަސާސީ ޚިދުމަތްތައްވެސް ހުއްޓޭ ޙާލަތުގައިކަމަށެވެ. އަދި 60 ރަށެއްގައި އިންޖީނުގެ ހަދަން ފަށާފައި އޮތްއިރު، އެ ހުރިހާ މަސައްކަތްތައްވެސް އޮތީ ވަކި ހިސާބެއްގައި މުޅިން މަޑުޖެހިފައިކަންވެސް މުއާޒު ފާހަގަކުރެއްވިއެވެ. އެ މަސައްކަތްތަކަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައި އޮތްއިރު އެއީ މާކެޓް ރޭޓަށްވުރެ އެތައް ގުނައެއް އިތުރު އަދަދެއްކަންވެސް މުއާޒު ފާހަގަކުރެއްވިއެވެ.

މުއާޒް ވިދާޅުވީ ފެނަކައަކީ ރައްޔިތުންނަށް ޚިދުމަތްދޭން ޤާއިމުކުރި ޔުޓިލިޓީ ކުންފުންޏެއްކަމަށެވެ. ކުންފުނި އެހާ ބޮޑަށް އިންދަޖެހުނީ، ކުންފުނިން ވަދެގެން ނުވާނެފަދަ މަސައްކަތްތަކެއްގެ ތެރެއަށް ވަނުމުގެ ސަބަބުންކަމަށް މުއާޒު ވިދާޅުވިއެވެ. ކުންފުންޏަށް މުވައްޒަފުން ނަގައިގެން މަޝްރޫޢުތައް ހިންގަން އުޅުމުގެ ސަބަބުން، ކުންފުނިން ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް ހުއްޓޭ ހިސާބަށް ކުންފުނީގެ މާލީ ޙާލަތު އޮތީ ގޮސްފައިކަންވެސް މުއާޒު ވިދާޅުވިއެވެ.

މުއާޒު ވިދާޅުވީ މިގޮތަށް މަޝްރޫޢުތައް ހިންގުން ހުއްޓާލާ، ކުންފުނިތަކުން މަސައްކަތްކުރާ އާއްމު އުސޫލުން ޕްރައިވެޓް ސެކްޓާއަށް ހުޅުވާލައިގެން އެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ފެނަކައިން ނިންމާފައިވާކަމަށެވެ. މިއީ ކުންފުންޏަށް އެތައް ގޮތަކުން މާލީ ބުރަ ކުޑަވާނެ ކަމެއްކަމަށްވެސް މުއާޒު ވިދާޅުވިއެވެ.

“އިންހައުސް ޕްރޮޖެކްޓްތައް ހިންގަން އެފަދަ އެކްސްޕަޓީއެއް ނެތް ފެނަކައަކުއެއް. މެޝިނަރީއެއްވެސް ނެތް. ޕްރޮޖެކްޓް އަގު އަދި މުވައްޒަފުންނަށްވެސް އެބަ މުސާރަ ދޭންޖެހޭ. އެހެންވެ އެ މޮޑެލް މި ހުއްޓާލީ. އެހެންވީމަ ޕްރައިވެޓް ކޮންޓްރެކްޓަރުންނަށް މަސައްކަތްތައް ދީ، މިހާރު މިދަނީ މަޝްރޫޢުތައް ނިންމަމުން.”

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.

މުއާޒު ވިދާޅުވީ މިދިޔަ ސަރުކާރުގެ ވެރިކަން ނިމެން ގާތްވެފައި ވަނިކޮށް އިތުރު 400 މިލިއަން ރުފިޔާގެ ލޯނު ނަގާފައިކަމަށެވެ. އެއީވެސް ކުންފުނީގެ އިންވެސްޓްމަންޓަކަށް ނެގި ލޯނު ނޫންކަމަށާއި ކުންފުނިން ސަޕްލަޔަރުންނަށް ދޭންޖެހޭ ދަރަނި ދައްކަން ނެގި ދަރަނީގެ ފައިސާކަމަށް މުއާޒު ވިދާޅުވިއެވެ.

“200 މިލިއަންގެ ދެ ލޯނު ނެގި. އެއީ ކުންފުންޏަށް ފައިދާވާގޮތަށް ނެގި ލޯނެއް ނޫން. މިހާރުވެސް ކޮންމެ މަހަކު 14 މިލިއަން ދައްކަން އެ ލޯނު އަދާކުރަން.” މުއާޒު މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.

މުއާޒު ވިދާޅުވީ ކުންފުނީގެ ޙާލަތު ރަނގަޅުކުރަން ގިނަ ދަތިތަކެއް އެބަހުރިކަމަށެވެ. ނަމަވެސް ޢަމާޒަކީ 2027 ވަނަ އަހަރުގެ ނިޔަލަށް، ކުންފުނީގެ ދަރަނި އަދާކޮށް، ފެނަކައަކީ ފައިދާވާ ކުންފުންޏަކަށް ހެދުންކަމަށެވެ.

ފެނަކައިން މިއަހަރުވަނީ ހިންގުމުގެ ޚަރަދުތައް ކުޑަކޮށްފައެވެ. އެގޮތުން ހިންގުމުގެ ޚަރަދުން މިދިޔަ އަހަރާ އަޅާބަލާއިރު 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަލާމަތްކޮށްފައިވާކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.

ހުއްޓިފައި ހުރި މަސައްކަތްތަކަށްވެސް 1 ބިލިއަން ރުފިޔާ ހޭދަކޮށްފައި އެބައޮތް

މުއާޒު މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫއާ ކައިރިން ރާއްޖެ ސަރަހައްދަށް ބާރުގަދަ 4 ބިންހެލުން އަތުވެއްޖެ

އައްޑޫ ސިޓީއާ ކައިރިން އިންޑިއާ ކަނޑަށް ބާރުގަދަ 4 ބިންހެލުން އައިސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ރާއްޖެ ހިމެނޭ ...

އައްޑޫގައި ތިބި ބަންގްލަދޭޝް މީހުން ގައުމަށް ދާން ބޭނުންނަމަ ރަޖިސްޓްރީވުމަށް އަންގައިފި

އައްޑޫސިޓީގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން އަމިއްލަ ގައުމަށް އެނބުރި ދާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ...

ކަރީނާގެ ދަރިފުޅު ނަލަ ހައްދައިގެން ބޭރަށް ނުނެރެނީ ކީއްވެ؟

ކަރީނާ ކަފޫރާއި ސައިފް އަލީ ހާންގެ އެއް އަހަރުގެ ފިރިހެން ދަރިފުޅު ތައިމޫރު އަލީ ހާން އަކީ ކިތަންމެ ...