ވޭޕް މަނާކުރުމަށް ރައީސް ނިންމެވި ނިންމެވުމަށް ޑަބްލިއުއެޗްއޯގެ ތައުރީފް

ރާއްޖޭގައި ވޭޕްކުރުން މަނާކުރަން ނިންމުމާ އެކު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ރާއްޖެއަށް ތައުރީފުކޮށް, އެ ނިންމުމަށް މަރުހަބާ ކިޔައިފިއެވެ.

ވޯލްޑް ހެލްތު އޮގަނައިޒޭޝަންއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ, ރާއްޖެއިން ވޭޕް މަނާކުރުމަށް ނިންމި ނިންމުމަށް މަރުހަބާ ކިޔާ ކަމަށެވެ. އެ ނިންމުމަކީ ވަކިން ހާއްސަކޮށް ޒުވާން އުމުރުގެ ކުދިންގެ މެދުގައި ވޭޕްކުރުން އިތުރުވުން ހުއްޓުވުމަށް މުހިންމު ފިޔަވަޅެއް ކަމަށް ޑަބްލިއުއެޗްއޯއިން ބުންޏެވެ.

ރާއްޖޭގައި ވޭޕް މަނާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ. ރައީސް ޑރ. މުއިއްޒު އެކަން އިއުލާން ކުރައްވާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށާއި، ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އެމަނިކުފާނު އަންގަވާފައިވާ ކަމަށެވެ.

އެ ޖަމިއްޔާއިން ބުނި ގޮތުގައި 2019 ވަނަ އަހަރުގެ ‘ގްލޯބަލް ޔޫތު ޓޮބެކޯ ސާވޭ’އިން ދައްކާ ގޮތުގައި ރާއްޖޭގައި 13 އަހަރާއި 15 އަހަރާ ދެމެދުގެ 23.1 އިންސައްތަ ފިރިހެން ކުދިންނާއި 10.7 އިންސައްތަ އަންހެން ކުދިން ވަނީ އީ-ސިނގިރޭޓް ބޭނުންކޮށްފައެވެ.

ހާއްސަކޮށް ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ޒުވާނުންގެ މެދުގައި އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ އިލެކްޓްރޯނިކް ނިކޮޓިން ޑެލިވަރީ ސިސްޓަމް (އީއެންޑީއެސް)، އިލެކްޓްރޯނިކް ނޮން-ނިކޮޓިން ޑެލިވަރީ ސިސްޓަމް (އީއެންޑީއެސް)، ހޫނު ދުންފަތުގެ ބާވަތްތައް (އެޗްޓީޕީ) އަދި ނިކޮޓިން ޕައުޗް (އެންޕީ) ފަދަ ނޮވެލް އަދި އިމާޖިން ނިކޮޓިން އެންޑް ޓޮބެކޯ ޕްރޮޑަކްޓްސް (އެންޕީ) ބޭނުންކުރުން އިތުރުވަމުން ދިއުމަކީ ޚާއްސަކޮށް ކަންބޮޑުވާ ކަމެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

“ދުންފަތުގެ އިސްތިއުމާލުކުރުމުގެ ހުރިހާ ވައްތަރަކީ ވެސް ގެއްލުންހުރި އަދި ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރޭގައި ކެންސަރާއި ހިތުގެ ބަލިތަކާއި ފުއްޕާމޭގެ ދާއިމީ ބަލިތަކާއި ހަކުރު ބަލީގެ ނުރައްކާ ބޮޑު ކަމެއް،” ޑަބްލިއުއެޗްއޯއިން ބުންޏެވެ.

ވޭޕް ރާއްޖޭގައި މަނާކުރުމަށް ރައީސް ޑރ.މުޢިއްޒު ނިންމެވިއިރު، ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން، ސިގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓް 1 ނޮވެމްބަރ 2024 އިން ފެށިގެން ބޮޑުކުރުމަށް ޤާނޫނަށް އިސްލާޙު ގެނައުމަށް މި ހަފްތާގައި މަޖިލީހަށް ފޮނުވުމަށް ވަނީ ނިންމާފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނިޒާމީ ވޯޓަށް ރައީސް ސޯލިހު ވަދެވަޑައިގަންނަވާކަށް ނުޖެހޭ، ބެހޭ ކަމެއް ނޫން: ނަޝީދު

ވެރިކަމުގެ ނިޒާމު ބަދަލުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ބެހޭވެސް ކަމެއްް ނޫންކަމަށާއި، އެ މަަަސައްކަތުގެ ތެރެއަށް ...

ކާބޯތަކެތި އެކްސްޕޯޓް ކުރަން ރަޝިއާ އާއި ޔޫކްރޭނުން އެއްބަސްވުމެއްގައި ސޮއިކޮށްފި

ޔޫކްރޭންގައި އުފައްދާ ކާބޯތަކެތި ދުނިޔޭގެ އެހެން ގައުމުތަކަށް އެކްސްޕޯޓް ކުރުމާއި ގުޅޭ ކަންކަން ކުރިއަށް ގެންްދާނެ ގޮތަކާއިމެދު ރަޝިއާ ...

ހުޅުދޫގައި ވަޅިން ބިރުދައްކައިގެން މީހެއްގެ އަތުން މޯބައިލް ފޭނެއް ފޭރިގެންފި

ހުޅުދޫގައި ބިދޭސީއަކަށް ވަޅިންބިރު ދައްކައިގެން މޯބައިލް ފޯނެއް ފޭރިގެންފި އެވެ. މިމަހުގެ 10 ވަނަ ދުވަހުގެރޭ ހުޅުދޫ ރަތްވިލާ ...