ރާއްޖެ ބަނގުރޫޓު ނުވާނެކަމަށާއި ބަނގުރޫޓު ވުމުގެ އެއްވެސް ބިރެއް ނެތްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިޢުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މިޢުވާން މުޙައްމަދު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ބަނގުރޫޓު ނުވާނެ ކަމަށާއި، އިޤްތިޞާދު ކުރިއަރަމުން އަންނަ ކަމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ބުނަމުން އަންނަކަމަށެވެ. އެގޮތުން ވޯލްޑް ބެންކާއި އައިއެމްއެފް ގެ ރިޕޯޓުތަކުންވެސް އެކަން ޔަޤީންކުރެވޭނެކަމަށް މިޢުވާން ވިދާޅުވިއެވެ.

”ރާއްޖޭގެ އިޤްތިޞާދު މެނޭޖްކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް މި އަންނަނީ ކުރަމުން. އެކަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވެސް އެދަނީ ފާހަގަކުރަމުން. އަދި ރައްޔިތުންގެ ޖީބަށް އޭގެ ނޭދެވޭ އަސަރެއް ނުކުރާނެކަމުގެ ޔަގީންކަން ދިނުމަށްޓަކާ އަޅަން ޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅަމުން ދާނެ.“

މިޢުވާން ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދަށް އަންނަމުންދާ ހެޔޮ ބަދަލުތަކަށް އަލިއަޅުއްވާލައްވަ މިޢުވާން ވިދާޅުވީ މި އަހަރު 12.3 އިންސައްތަ އަދި އަންނަ އަހަރު 7 އިންސައްތައަށް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ރާއްޖޭގެ އިޤްތިޞާދުގެ ހާލަތު ރަނގަޅުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އަންނަ އަހަރު ގިނަ ސިޔާސަތުތަކެއް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އެގޮތުން އަންނަ އަހަރުން ފެށިގެން ޓެކްސް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ.

މިޢުވާން ވިދާޅުވީ ޓެކުހުގެ ނިޒާމަށް ގެނައި ބަދަލަކީ މިސަރަހައްދުގެ އެހެން ގައުމުތަކަށް އައި އިޤްތިޞާދީ ކާރިސާއެއް އަޔަ ނުދިނުމަށްޓަކާ ގެނައި ބަދަލެއް ކަމަށެވެ.

”ކޮވިޑް ގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް އައި އަޑިގުޑަންތަކުން އަދި އެއްކޮށް އަރައިނުގަނެވޭ. ގައުމުތަކުގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހެން ފެށިތަނާ މި ފެނުނީ ހަނގުރާމަ ފެށިތަން. އެހެންކަމުން އޭގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް އައި ގޮންޖެހުންތަކާއެކުވެސް ރާއްޖޭގެ އިޤްތިޞާދު މެނޭޖްކުރެވެމުން މިދަނީ. ބަނގުރޫޓެއް ނުވާނެ.“

މިއުވާން ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދު ބަނގުރޫޓުވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ސަރުކާރުގެ ފަރާތުން ރައްދުދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުވެސް ވަނީ އެއީ ސިޔާސީ ބޭނުމެއްގައި ދައްކާ ދެކޮޅު ނުޖެހޭ ވާހަކަތަކެއް ކަމަށް ސިފަކުރައްވާފައެވެ. މިނިސްޓަރ އަމީރު ވިދާޅުވީ، ދަތިތަކާއި ގޮންޖެހުންތަކާއިއެކުވެސް, ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން އެ ގޮންޖެހުންތައް ގިރާކުރަމުންދާ ކަމަށާއި، ރަޝިޔާ-ޔޫކުރެއިން ހަނގުރާމައާއެކު ދިމާވަމުންދާ ގޮންޖެހުންތައް މެނޭޖްކުރުމަށްޓަކައި ސަރުކާރުން ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. މި ދަނޑިވަޅުގައި އިޤްތިސާދާއިމެދު, ނުރަނގަޅު ތަސައްވުރެއް އުފައްދައި ބިރުވެރިކަން އުފެއްދުމަށްޓަކައި ޒިންމާދާރު މަޤާމުތަކުގައި ތިބެގެން ކުރެވޭ މަސައްކަތަކީ, ސިޔާސީ ބޭނުމަކަށް ކުރެވޭ ވަރަށް ހިތާމަވެރިކަމެއްގެ ގޮތުގައި މިނިސްޓަރ ސިފަކުރެއްވިއެވެ. މިނިސްޓަރ އަމީރު ވަނީ ރާއްޖޭގެ އިޤްތިޞާދީ ކުރިމަގު އޮތީ ފަހިކޮށްކަންވެސް ތަކުރާރުކުރައްވާފައެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިތުރު 2،707 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 2،700އަށްވުރެ ގިނަ މީހުން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ...

އައްޑޫ އީދި ސަމާގައި ހިމެނިގެން ޗޭނު ޖަމްއިއްޔާއިން ބޭއްވި ސަގާފީ ޝޯވ ރޭ ބާއްވައިފި

އައްޑޫ އީދި ސަމާގެ ނަމުގައި ކުރިއަށް ގެންދިޔަ އީދު ކުޅިވަރުތަކުގެ ތެރޭގައި ހިމެނިގެން މީދޫ އެކުވެރިންގެ ޗޭނުން ގެނެސްދިން ...

ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް މީދޫއަށް ޒިޔާރަތް ކުރައްވައިފި

ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް މީދޫއަށް  ޒިޔާރަތްކޮށް މީދޫގައި ހުރި ކުޅިވަރު ކުޅޭ ތަންތަނުގެ ހާލަތު ބައްލަވާލައްވައިފިއެވެ. މިނިސްޓަރ ...