މާލެން އަތޮޅުތަކަށް ދަތުރުކުރާ ބޯޓްފަހަރުން ކޮވިޑަށް މީހުން ޕޮޒިޓިވްވުން ގިނަވާން ފަށައިފި

މާލެން އަތޮޅުތަކަށް ދަތުރުކުރާ ބޯޓްފަހަރުގައި މަސައްކަތްކުރާ މީހުންނާއި އެބޯޓްތަކުގެ މީހުން ކޮވިޑަށް ޕޮޒިޓިވްވުން ގިނަވާން ފަށައިފިއެވެ.

މިގޮތުން ހއ. އިހަވަންދޫއާއި އެއަތޮޅު ފިއްލަދޫން މާލެއާއި ދެމެދު ދަތުރުކުރާ ދެ ބޯޓަކުން 5 މީހުން ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު    ބީއެމްއެމްއޭ އެކްސްޕްރެސް ނަމަކަށް ކިޔާ ބޯޓުންވެސް ތިން މީހަކު ކޯވިޑްއަށް ޕޮޒިޓިވްވެފައިވާކަން އެޗްއީއޯސީން މީގެ ކުރީންވަނީ ހާމަކޮށްފައެވެ.  އަދި  ސަވާރީ ނަމަކަށް ކިޔާ ބޯޓްގެ ކެޕްޓަނާއި އެ ބޯޓުން ދަތުރުކުރި ނުވަ މީހަކުވެސް މީގެ ކުރީން ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ.

މާލޭގެ އިތުރުން އަތޮޅުތެރެއިން ކޯވިޑް ބަލީގެ މީހުން ފެންނަން ފެށުމުން މިހާރު ވަނީ މާލެއަށް އަރާ ފޭބުން މަނާކޮށްފައެވެ. އަތޮޅު ތަކުގެ ރަށްރަށުން ފެނުނު ކޮވިޑްގެ  ކޭސްތަކަކީ ހޯމް  ކަރަންޓީނަށް މާލެން ގޮސް ތިއްބާ ފެންމަތިވި ކޭސްތަކާއި މާލެ ދަތުރުކުރާ ބައެއް ބޯޓްފަހުރުން ފެނުނު ކޭސްތަކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނޮވެމްބަރު 3 ގައި އިންޑިޔާއިން އެހީވިއިރު އޮތްފަދަ ޙާލަތެއް ރާއްޖެއަކު ނެތް – މެނޮން

ނޮވެމްބަރު 3، 1988 ގައި ދިވެހިންގެ ބަޔަކު ސްރީ ލަންކާގެ ޕްލޯޓް ޖަމާއަތުގެ ހަނގުރާމަވެރިންނާ އެކު ރާއްޖެއަށް އަރައި ...

އިއްޔެ އިންދި ގަސްތަކަށް ރޭ ގެއްލުންތަކެއްދީފި

ތިމާވެށީގެ ދުވަހާއި ގުޅުވައިގެން އިއްޔެ މެންދުރުފަހުން މީދޫ ބޮޑުމަގުގައި އިންދި ގަސްތަކުގެ ތެރެއިން ބައެއް ގަސްތަކަށް  ރޭބަޔަކު ގެއްލުންތަކެއް ...

އަޅުގަނޑު އަމިއްލައަށް އެކަނި ނިންމާ ނިންމުމެއް ނަމަ އެތަންތަޅާލީމުސް- އަސްލަމު

އައްޑޫ އަތޮޅުގެ އާބާދީއަށް ވުރެ ބިޔަ އާބާދީއެއް އެއް ތަނަކަށް ތޮއް ޖެއްސުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާ ...