މަގުމަތީގައި ދޫކޮށްލާފައި ހުރި ވެހިކަލްތައް ނެގުމަށް އަންގައި އައްޑޫ ސިޓީ ކައުންސިލުން އިޢުލާނު ކޮށްފިއެވެ.

ކައުންސިލުން ފާހަގަކޮށްފައިވާ ގޮތުގައި، ހިތަދޫގައި ހިންގާ ސަރވިސް ގަރާޖުތަކުގެ ކުރިމަތިން މަގުމަތީގައި ގަވާއިދާ ޚިލާފަށް ގިނަ އަދަދެއްގެ ވެހިކަލްތައް މަރާމާތު ކުރުމަށް ގެންގޮސް ބަހައްޓާފައި ހުރެއެވެ. މިފަދައިން މަގުމައްޗަށް ވެހިކަލްތައް ދޫކޮށްލުމަކީ މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވުމުގެ އިތުރުން ނުރައްކާތެރި އެކްސިޑެންޓުތަކަށް މަގުފަހިވާ ކަމެއްކަމަށް ކައުންސިލުން ބުނެފައިވެއެވެ.

މި ސަބަބަށްޓަކައި، އެ ސަރަހައްދުތަކުގައި ބަހައްޓާފައިވާ ވެހިކަލްތައް އޭގެ ވެރިފަރާތްތަކުން މިއަދުން ފެށިގެން 5 ދުވަހުގެ ތެރޭގައި ނެގުމަށް ކައުންސިލުން އަންގާފައިވެއެވެ. މި މުއްދަތުގެ ތެރޭގައި މި ތަކެތި ނުނަގައިފިނަމަ، “އާންމު ތަންތަނަށާއި މަގުމައްޗާއި ފަޅުތެރެއަށް ދޫކޮށްފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދު” ގައިވާ ގޮތުގެ މަތިން އެ ތަކެއްޗަކީ ދޫކޮށްލާފައިވާ ތަކެތި ކަމުގައި ކަނޑައަޅައި، ފުލުހުންގެ އެހީތެރިކަމާއެކު އެ ސަރަހައްދުން އެ ތަކެތި ނަގައި ޓޯކުރާނެ ކަމަށް ކައުންސިލުން އިންޒާރު ދީފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކެބް އެމްވީގެ ހިދުމަތް އައްޑޫސިޓީ އަދި ކުޅުދުއްފުއްޓަށް

“ކެބް އެމްވީ” ގެ ޚިދުމަތް އައްޑޫ ސިޓީއަށާއި ކުޅުދުއްފުއްޓަށް ތައާރަފްކޮށްފިއެވެ.  advertisement ކެބް އެމްވީ ޚިދުމަތަކީ “ފަހި ކެބް” ...

އުރީދޫ ސާފް ޗެމްޕިއަންޝިޕް : ބަގްލާދޭޝް ބަލިކޮށް ދިވެހިޓީމް އުއްމީދު އާކޮށްފި

ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދައި، ދިވެހި ޓީމުން އުންމީދު އާކޮށްފި އެވެ. އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރޭ ބަންގްލަދޭޝްއާއި ...

ޓްރީ ޓޮޕް ހޮސްޕިޓަލް ތިން މަހަށް ސަރުކާރަށް

ޓްރީ ޓޮޕް ހޮސްޕިޓަލް ތިން މަހަށް ސަރުކާރަން ނަންގަވައިފިއެވެ. މިކަމުގެ އެއްބަސްވުމުގައި ސަރުކާރާއި އެ ހޮސްޕިޓަލްގެ މެނޭޖްމެންޓާއި ދެމެދު ...