މަސަތުވާތަކެތީގެ މައްސަލަ އެއްގައި ހިތަދޫ މީހަކު ހޯދަނީ

މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް ސ. ހިތަދޫ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

މި އަމުރާ ގުޅިގެން ފުލުހުން ހޯދަމުން ދަނީ، ސ. ހިތަދޫ / ހަޒާރުމާގެ، އުމުރުން 29 އަހަރުގެ މުހައްމަދު އުބާދަތު ހުސައިން އެވެ.

ފުލުހުން ބުނީ، މުހައްމަދު އުބާދަތު ހުސައިން ހޯދަމުންދަނީ، ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައާ ގުޅިގެން ކަމަށެވެ. ނަމަވެސް ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާކަމަށާއި، އެހެންކަމުން ބަންދުގައި ބަހައްޓައިގެން މިމަހުގެ 30 ވަނަ ދުވަހުގެ 09:00 އަށް ކްރިމިނަލް ކޯޓު، ހުޅުމާލެ ޑިވިޝަންނަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

މުހައްމަދު އުބާދަތު ހުސައިންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނޮރިންމަ ބަލިކޮށް އުސްގަޑަ އިން ކްއާޓާރގެ ފުރުސަތު ބޮޑުކޮށްފި

ގައުމު ސްޓްރީޓް ކަޕްގައި ރޭ ކުޅެވުނު 2 ވަނަ މެޗުގައި މީދޫ ނޮރިންމަ އެފްސީ  2-0 އިން ބަލިކޮށް ...

”އިންޑިޔާ އައުޓް“ އަކީ ރައީސް ޔާމީން ހިންގަވާ ޖަރީމާއެއް – ނާޒިމް

ރާއްޖޭގެ ކުރީގެ ރައީސް، ރައީސް ޔާމީން އިސްވެ ހުންނަވާ ކުރިއަށް ގެންދަވާ ކެމްޕެއިން ”އިންޑިޔާ އައުޓް“ ކެމްޕެއިން އަކީ ...

ފައިސާ ނުލިބިގެން އައްޑޫ މަސްވެރިން އިހުތިޖާޖުކޮށްފި

މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ލިބުން ލަސްވާތީ އައްޑޫގެ މަސްވެރިންތަކެއް އިހުތިޖާޖުކޮށްފި އެވެ. މި އިހުތިޖާޖު އޮތީ ހުޅުމީދޫފައި ...