”އިންޑިޔާ އައުޓް“ އަކީ ރައީސް ޔާމީން ހިންގަވާ ޖަރީމާއެއް – ނާޒިމް

ރާއްޖޭގެ ކުރީގެ ރައީސް، ރައީސް ޔާމީން އިސްވެ ހުންނަވާ ކުރިއަށް ގެންދަވާ ކެމްޕެއިން ”އިންޑިޔާ އައުޓް“ ކެމްޕެއިން އަކީ ޖަރީމާއެއް ކަމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީ އިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވަނީ އިދިކޮޅު ޕީޕީއެމް އިން ކުރިއަށް ގެންދާ ކެމްޕެއިން އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެގޮތުން ނާޒިމް ވިދާޅުވީ، ”އިންޑިޔާ އައުޓް“ ކެމްޕެއިން އަކީ ރައީސް ޔާމީން ކުރިއަށް ގެންދަވާ ބޮޑު ޖަރީމާއެއް ކަމަށާއި، އެ ކެމްޕެއިންގައި އެއްވެސް ރައްޔިތަކު ބައިވެރި ނުވުމަށް އެދޭ ކަމަށެވެ. އަދި އެ ޕާޓީން ވެސް އެ ކެމްޕެއިން އަށް ތާއީދު ނުކުރާ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ، ކެމްޕެއިންގެ ސަބަބުން ރާއްޖެއަށް އިގްތިސާދީ ގޮތުން ވެސް ގެއްލުން ލިބުމުގެ ފުރުސަތު އޮތް ކަމަށާއި، މިކަމުގެ ސަބަބުން އެކުވެރި ގައުމުތަކުގެ ތެރޭގައި ގުޅުން ހީނަރު ވެގެން ހިނގައި ދާނެ ކަމަށެވެ . އަދި މިކަން ހުއްޓާލުމަށް ވެސް އެމަނިކުފާނު ވަނީ ގޮވާލާފައެވެ.

އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ މި ކެމްޕޭން އިތުރަށް ފުޅާކުރުމަށް އެ ކޯލިޝަންގެ ފަރާތުން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރު ތައް ކުރުމަށް ތައްޔާރު ވަމުންނެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ފުވައްމުލަކުގެ ފަތުރުވެރިކަން ކުރިއަރުވަން އިސްކަންދޭނަން: އިލްޔާސް

ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ފުވައްމުލަކުގެ ފަތުރުވެރިކަން ކުރިއަރުވަން އިސްކަންދެއްވާނެކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ. އިލްޔާސް ...

މޭ މަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އަޅުގަނޑު ނިންމައިފިން: ރައީސް

މޭ މަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމާފައިވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ...

ސައޫދީން ހަދިޔާކުރި ކަދުރު މީދޫގައި ބަހަން ފަށައިފި

އެހެން އަހަރުތަކެކޭ އެއްގޮތަށް ރޯދަ މަހަށް ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ހަދިޔާކުރި ކަދުރުގެ ތެރެއިން މީދޫ ...