ދުވަހަކު ސަރުކާރަކުން ޤައުމެއް ހަލާކުނުކޮށްލާވަރަށް މިދިޔަ ސަރުކާރުން ޤައުމު ހަލާކުކޮށްލި: ރައީސް

ދުވަހަކު ސަރުކާރަކުން ޤައުމެއް ހަލާކުނުކޮށްލާވަރަށް މިދިޔަ ސަރުކާރުން ޤައުމު  ހަލާކުކޮށްލާފައިވާ ކަމަށާއި އެވާހަކަތައް ތާއަބަދު ދެކެވޭނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރު ހިއްސާވާ މައި ޕާޓީ، ޕީއެންސީގެ ފަރާތުން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކުރީ ސަރުކާރުގެ ވާކަތައް މި ސަރުކާރުން ދައްކަނީ މި ސަރުކާރަށް ކަމެއް ނުކުރެވޭތީ ނޫންކަމަށެވެ. ނަމަވެސް ރާއްޖޭގައި ދުވަހަކު އިސްލާމް ދީނާއި މުޖުތަމައު އަދި އިގްތިސާދު ހަލާކުނުރާވަރަށް ކުރީ ސަރުކާރުން ހަލާކުކޮށްލާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

“އެވާހަކަ މުގައްރިރުގައިވެސް ލިޔާނެ، އެވާހަކަ ލެކްޗަރ ހޯލްތަކުގައިވެސް ދައްކާނެ. ފޮތްތައްވެސް ލިޔާނެ. އެކި ތަންތަނުގައި މައުރަޒުތައްވެސް ހަދާފައި ބަހައްޓާނެ. އެކި ތަންތަނުގައި ތާ އަބަދަށް ދައްކާނެ ވާހަކައެއް، އެހެންވީމަ އެވާހަކައިން ސަލާމަތެއް ނުވެވޭނެ،” ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނަށް މުހިންމީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށެވެ. އެގޮތުން، މާތް ﷲ އާއި ރައްޔިތުން އެމަނިކުފާނާ ހަވާލުކޮށްފައިވާ ޒިންމާ އަދާކުރެވެނީ ތެދުވެރިކަމާއެކުގައިތޯ އަމިއްލަ ނަފްސުވެސް ޖަވާބުދާރީކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިހާރު ކުރައްވަމުންގެންދަވާ މަސައްކަތްތަކުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަންދެއްވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފައެވެ.



  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަލްހާން ފަހްމީ ޕީޕީއެމުން ވަކިވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްޙާން ފަހުމީ ސަރުކާރު ހިންގާ މައި ޕާޓީ ޕްރޮގްރެސިވް ޕާޓީ ...

އެކުވެރިކަމުގެ މެޗުގައި ފުވައްމުލަކުން މީދޫޓީމް ބަލިކޮށްފި

މީދޫ އަންހެން ވޮލީޓީމާއި ފުވައްމުލަކު ކުއީން ވޮލީޓީމާއި ދެމެދު ކުޅެވުނު އެކުވެރިކަމުގެ ވޮލީމެޗް ކުއީން ވޮލީޓީމް ކާމިޔާބުކޮށްފިއެވެ. ޔާސީންގެ ...

ޑަބްލިއުޑީސީގެ ބައި-އިލެކްޝަން އަހަރަކު އެއް ފަހަރު ބާއްވަން ފާސްކޮށްފި

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ބައި އިލެކްޝަންތައް އަހަރަކު އެއް ފަހަރު ބާއްވަން، ރައްޔިތުންގެ ...