ނަމީމާ |ދެބައޮޑުވުން / ދޭތެރެޖެއްސުން|: ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

الحَمْدُ لِلّٰهِ وَالصَّلَاةُ وَالسَّلَامُ عَلَىٰ رَسُولِ اللهِ وَعَلَىٰ آلِهِ وَصَحْبِهِ وَسَلَّمَ.

ނަމީމާއަކީ ޢަރަބި ލަފުޒެކެވެ. އޭގެ މުރާދަކީ މީސްތަކުންގެ މެދުގައި ފަސާދައާއި ނުބައިކަން ފެތުރުމަށް ޓަކައި އެއްބައެއްގެ ގާތުން އަނެއްބައެއްގެ ގާތަށް ވާހަކަ އުފުލުމެވެ. [ބައްލަވާ: الكبائر للذهبي (ص: 160)] މިސާލަކަށް: މަޖުލީހެއްގައި އިން މީހަކަށް އެ މަޖުލީހުގައި މީހަކާ ބެހޭ ގޮތުން ނޭދެވޭ ވާހަކައެއް ދައްކާ އަޑު އިވުމުން، އެ ވާހަކައައިގެން އެ މީހެއްގެ ގާތަށް ގޮސް، އެފަދަ ވާހަކައެއް އޭނާއާ ބެހޭގޮތުން ދެކެވުނު ކަމަށް ބުނުމެވެ. މިފަދަ ކަންކަމަށް ދިވެހި ބަހުގައި [ދޭތެރެޖެއްސުން] ނުވަތަ [ދެބައޮޑުވުން] ކިޔައި އުޅެއެވެ.

ނަމީމާ ނުވަތަ ދެބައޮޑުވުމަކީ ޙަރާމްކަމެކެވެ. އެކަމުގެ މައްޗަށް ޢިލްމުވެރިން ވަނީ އިޖުމާޢުވެ-ވަޑައިގެންފައެވެ. އަދި އެއީ ބޮޑު ފާފައެކެވެ. [ބައްލަވާ: الكبائر للذهبي (ص: 160)] ކީރިތި ޤުރުއާނާއި ސުންނަތުގައި މިކަން ޙަރާމްކުރައްވައިފައި ވާކަމުގެ ދަލީލުތަކެއް ވެއެވެ. ޤަލަމު ސޫރަތުގެ 11ވަނަ އާޔަތުގައިވާ ﴿… مَّشَّاءٍ بِنَمِيمٍ﴾ ‎(القلم: ١١)‏ މާނައީ: [… ދެބައޮޑުވަމުން ހިނގައިއުޅޭ މީހާއެވެ.] (ދެބައޮޑުވަމުން ހިނގައިއުޅޭ މީހާ)ގެ މުރާދާ ބެހޭގޮތުން އިބްނު ކަޘީރު رحمه الله ވިދާޅުވިއެވެ. [އެއީ މީސްތަކުންގެ މެދުގައި ވާހަކަތައް ހިފައިގެން ފަސާދަ އުފައްދަމުން، ދޭތެރެޖައްސަމުން ހިނގާ މީހާއެވެ.] [ބައްލަވާ: تفسير ابن كثير (8 / 191)]

ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވި ބަސްފުޅެއްގައި ވެއެވެ. «لَا يَدْخُلُ الْجَنَّةَ نَمَّامٌ» [رواه

مسلم في صحيحه برقم: 168 – (105)] މާނައީ: [ދެބައޮޑުވާ މީހަކު ސުވަރުގެއަށް ނުވަންނާނެތެވެ.]

އެއްދުވަހަކު ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم، ދެ މަހާނައެއްގެ ކައިރިން ހިންގަވައިވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. «إِنَّهُمَا لَيُعَذَّبَانِ، وَمَا يُعَذَّبَانِ فِي كَبِيرٍ، أَمَّا أَحَدُهُمَا فَكَانَ لاَ يَسْتَتِرُ مِنَ البَوْلِ، وَأَمَّا الآخَرُ فَكَانَ يَمْشِي بِالنَّمِيمَةِ» [رواه البخاري في صحيحه برقم: (218)] މާނައީ: [ހަމަކަށަވަރުން އެ ދެ މީހުންނަށް އަޒާބު ދެވެމުން އެބަ ދެއެވެ. އެ ދެ މީހުންނަށް އަޒާބު އެ ދެވެނީ (އެ ކަމަކުން ރައްކާތެރިވުން) މާ ބޮޑުކަމެއްގައެއް ނޫނެވެ. އޭގެ ތެރެއިން އެކަކީ ކުޑަކަމުދާތަކެތިން ރައްކައުތެރި ނުވި މީހެކެވެ. (އެބަހީ: އެ ކަމުގައި ފަރުވާކުޑަކޮށް އުޅުނު މީހެކެވެ.) އަދި އަނެކަކީ ދެބައޮޑުވަމުން ހިނގައި އުޅުނު މީހެކެވެ.]

ޔަޙްޔާ ބުން އަބީ ކަޘީރު رحمه الله ވިދާޅުވިއެވެ. [ސިޙުރުވެރިއަކަށް އެއް މަސް ތެރޭގައި ވެސް ފަސާދަ ނުކުރެވޭ ވަރަށް، ދެބައޮޑުވާ މީހަކު އެންމެ ގަޑިއިރެއް ތެރޭގައި ފަސާދަކުރެއެވެ.] [مختصر منهاج القاصدين للمقدسي (ص: 175)]

އަދި އަލްޚަލީލު ބުން އަޙްމަދު رحمه الله ވިދާޅުވިއެވެ. [މީހުންގެ ވާހަކަ ހިފައިގެން ތިބާގެ ގާތަށް އަންނަ މީހަކު، ތިބާގެ ވާހަކަ ހިފައިގެން އެހެން މީހުންގެ ގާތަށް ވެސް ދާނެއެވެ.] (شعب الإيمان للبيهقي (13 / 503)).

ދުޢާއަކީ މިފަދަ ހުތުރުކަން ބޮޑު އެންމެހާ ފާފަތަކުން الله تعالى އަޅަމެން އެންމެން ދުރުހެލިކޮށް ރައްކައުތެރިކޮށްދެއްވުމެވެ. އާމީން!

– މިއީ الشَيْخ عِمْرَان مُحَمَّد عَلِي “ދީނުގެ މަގު” މަޖައްލާއަށް ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.  

މަސްދަރު: މިއީ މިއަދު ނޫހުގައި އަބްދުއްލަތީފް 8 ޑިސެމްބަރ 2023 ގައި ޝާއިއުކޮށްފައިވާ ލިއުމެއް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫސިޓީ މީދޫ އަވަށު އޮފީހުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި

އައްޑޫސިޓީ މީދޫ އަވަށު އޮފީހުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން އައްޑޫސިޓީން އިއުލާންކޮށްފިއެވެ. އައްޑޫސިޓީ ކައުންސިލްގެ އިއުލާނުގައިވާގޮތުން މިކަމަށް ...

އިސްލާމްދީނާ ދެކޮޅު ވެރިކަމެއް ޤާއިމްކުރުމަށް ގޮވާލުމުން ޝަހީދުއަށް ފާޑުކިޔުން އަމާޒުވެއްޖެ

އިސްލާމް ދީނާ ދެކޮޅު ވެރިކަމެއް ރާއްޖޭގައި ޤާއިމްކުރުމަށް ގޮވާލުމުން، އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރ ޑރ. އަހުމަދު ޝަހީދުއަށް ...

އޮކްޓޫބަރުގެ ނިޔަލަށް ގިރާވަރުފަޅުން 169 ހެކްޓަރުގެ ބިން ހިއްކާނެ

ގިރާވަރު ފަޅުން 169 ހެކްޓަރުގެ ބިން އޮކްޓޫބަރު މަހުގެ ނިޔަލަށް ހިއްކާ ނިމޭނެކަމަށް ޕްލޭނިންގ ސަރުކާރުން ބުނެފިއެވެ. ޕްލޭނިންގ ...