އަންނަ އޮކްޓޯބަރު މަހުން ފެށިގެން ވައިކަރަދޫ ދަނޑުބިންތަކުން ކުލި ނަގަނީ

ދަނޑުވެރިކަން ކުރުމަށް ހދ.ވައިކަރަދޫއިން ދޫކޮށްފައި ދަނޑުބިންތަކުން އަންނަ އޮކްޓޯބަރ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުލި ނަގަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

އެ ކައުންސިލުން ބުނީ ދަނޑުބިމަށް އެދިލެއްވި ހުރިހާފަރާތަކަށް ދަނޑުބިން ކަނޑައަޅާ މިހާރު ނިމިފައިވާ ކަމަށާއި، ވުމާއިއެކު އަންނަ އޮކްޓޯބަރ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުލީގެ ގޮތުގައި އަކަފޫޓަކަށް 02 ލާރީގެމަގުން ކުލި ހިނގަންފަށާނެ ކަމަށެވެ.

ވައިކަރަދޫ ދަނޑެއް

ދަނޑުބިންތަކުގެ ފޫޓްއަޅާއި އެއްބަސްވުން ހެދުމުގެ މަސައްކަތް އެ ރަށު ކައުންސިލުން މިހާރު އަންނަނީ ކުރަމުންނެވެ. ނަމަވެސް ބައެއް ދަނޑުބިންތަކުގެ ފޫޓް އެޅޭވަރަށް ދަނޑުގެ ވަށާއިގެންވާ އިމާއި މަގުފަޅި ސާފުކޮށްފައި ނުވާތީ، އެ ފަރާތްތަކުން ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ މަސައްކަތް ކޮށް ނިންމުމަށް އެ ކައުންސިލުން ވަނީ އަންގާފައެވެ.

ވައިކަރަދޫއިން ފަޅުގޮވާން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް، ވައިކަރަދޫއިން ބިން ދޫކުރުމަށް ހުޅުވާލައި، ބީލަން ހުށަހެޅުމުގެ ފުރުސަތު ވެސް އިއްޔެ އެ ކައުންސިލުން ވަނީ ހުޅުވާލާފައެވެ.

ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހުގެ 10:00 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވާން ޖެހެއެވެ. ބީލަމާއި ގުޅޭ މައުލޫމާތު ބައްދަލުވުން ބޭއްވުމަށް ތާވަލު ކޮށްފައި ވަނީ ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހުގެ 10:00 ގައި ވައިކަރަދޫ ކައުންސިލް އިދާރާގައެވެ. ބީލަށް ހުށަހެޅުމާއި ހުޅުވުމަށް ބާއްވާ ބައްދަލުވުން ބާއްވަން ތާވަލު ކޮށްފައި ވަނީ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހުގެ 10:00 ގައި އެ ކައުންސިލް އިދާރާގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސައުތު ބްލޫޒް ވުމަންސް ވޮލީބޯލް ޓޫނަމެންޓް- ދެވަނަ މެޗް ކާމިޔާބުކުރީ ގއ. ޕޮލިސް

މިހާރު މީދޫގައި ކުރިއަށްދާ ” ސައުތު ބްލޫޒް ވުމަންސް ވޮލީބޯލް ޓޫނަމެންޓްގެ ދެވަނަ މެޗް ގދ. ޕޮލިސްޓީމު ކާމިޔާބުކޮށްފިއެވެ. ...

ކެފޭތަކާއި ރެސްޓޯރަންޓްތައް ބަންދުކުރަނީ

ކޮވިޑް-19 ފެތުރެން މަދުކުރުމަށްޓަކައި، ކ. ގުރައިދޫގެ ކެފޭތަކާއި ރެސްޓޯރަންޓް އަދި ގާޑިޔާ ފަދަ ތަންތަނުގެ ހިދުމަތް ދިނުން މެދުކަނޑާލަން ...

ޓީމް ހުދުހުދު ބަލިކޮށް ހުޅުދޫ ޔޫތު ގްރޫޕް އޭގެ 1 ވަނަ ޓީމްގެ ގޮތުގައި ސެމީއަށް

އެމްއީސީ ނެޓްބޯޅަ މުބާރާތުގައި ހުޅުދޫ ޔޫތުން ކުޅުނު ހަތަރުވަނަ މެޗުގައި ޓީމް ހުދުހުދު ބަލިކޮށް   ގްރޫޕް އޭގެ އެއްވަނަ ...