ސްޓްރީޓް ސޮކަރ ޗެލެންޖް- ގައުމިއަންސް ޗެމްޕިއަންކަން ހޯދައިފި

 ހުޅުދޫ ޒުވާނުން އިންތިޒާމްކޮށްގެން ހުޅުދޫގައި ބޭއްވި ސްޓްރީޓް ސޮކަރ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މީދޫ ގައުމިއަންސް ހޯދައިފިއެވެ.

ގައުމިއަންސް މިމުބާރާތުގެ ޗެމްޕިއަންކަންހޯދީ ފައިނަލް ހިތަދޫ މައިލޯ ސިޓީ ބަލިކުރުމަށްފަހުގައެވެ.

މިމަހުގެ 6 ވަނަ ދުވަހުގެރޭ ހުޅުދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު ފައިނަލްމެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ޖެހިފައިނުވާތީ ޕެނަލްޓީ ޖަހައިގެން ގައުމިއަންސް ޗެމްޕިއަންކަން ހޯދާފައިވަނީ 4 ލަނޑު 3 ލަނޑުން މޮޅުވެގެންނެވެ.  

ފައިނަލްމެޗްގެ ކުޅުން ނިމުމުން މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވުނެވެ.

 ފައިނަލްމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މައިލޯސިޓީގެ ހާޒިމް ފަހުމީއެވެ.

 އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ: ހަސަން މުފީދު – ޖަންތާ ގަރާޖު

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ : އަކުރަމު އަބްދުއްރަޝީދު – ގައުމިއަންސް

އުއްމީދީ ކުޅުންތެރިޔާ: އަހުމަދު އަޒާން – ދެކުނު އެފްސީ

ފެއަރޕްލޭ ކުޅުންތެރިޔާ: ހަސަން ސަހާފް- ކްލަބް ލޮތާރި

ފެއަރޕްލޭޓީމް: ވައިކިންގު އެފްސީ

އެންމެ މޮޅު ކޯޗް:  އަފްޒަލް ރަޝީދު- ގައުމިއަންސް

މުބާރާތުގެ ޑްރީމް ޓީމްގައި ހިމެނެނީ ގައުމިއަންސްގެ އަކްރަމް އަބްދުއްރަޝީދު ،މައިލޯސިޓީގެ މުހައްމަދު ދާނިޝް ، މައިލޯސިޓީގެ އިސްމާއީލް ފާތިހު އަދި ޖަންތާ ގަރާޖުގެ ހަސަން މުފީދެވެ.

މިމުބާރާތުގެ ޗެމްޕިއަންޓީމަށް 35000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވާއިރު ރަނައަޕްޓީމަށް 15000 ރުފިޔާގެ ފައިސާގެ އިނާމު ދެވިފައިވެއެވެ.

އެންމެ މޮޅު ކުޅުންތެރިޔާ – އަކުރަމް އަބްދުއްރަޝީދު – ގައުމިއަންސް

އެންމެ މޮޅު ކޯޗް- އަފްޒަލް ރަޝީދު- ގައުމިއަންސް

ފެއަރޕްލޭ ކުޅުންތެރިޔާ- ހަދަން ސަހާފް – ކްލަބް ލޮތާރި

އުއްމީދީ ކުޅުންތެރިޔާ – އަހުމަދު އަޒާން – ދެކުނުއެފްސީ

އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ – ހަދަން މުފީދު – ޖަންތާ ގަރާޖް

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނޭ 4 ކުޅުންތެރިން

ފެއަރޕްލޭ ޓީމް – ވައިކިންގު އެފްސީ

ފައިނަލްމެޗްގެ މޮޅުކުޅުންތެރިޔާ – ނާޒިމް ފަހުމީ – މައިލޯ ސިޓީ

ރަނައަޕްޓީމް – މައިލޯ ސިޓީ

ޗެމްޕިއަންޓީމް – ގައުމިއަންސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއަދަކީ ބައިނަލަޤްވާމީ ޑައުން ސިންޑްރޯމް ދުވަސް

ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ ބައިނަލަޤްވާމީ ޑައުން ސިންޑްރޯމް ދުވަހަކީ، ޑައުންސިންޑްރޯމް ހުންނަ ކުދިންނަށް ލިބެން ޖެހޭ ޙައްޤުތަކާއި ...

ޔޫރޯ 2020- ޗެމްޕިއަން ޕޯޗުގަލް ބަލިކޮށް ބެލްޖިއަމް ކުއާޓާއަށް

ޔޫރޯ 2020 ގެ ރައުންޑް އޮފް 16 ގައި ޔޫރޯގެ އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލް ކަޓުވާލާ ކުއާޓަރ ފައިނަލަށް ...

ކޮވިޑް-19: މީދޫއާއި ހުޅުދޫގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް އިތުރު ސާމްޕަލްތަކެއް ނަގަނީ

މީދޫ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއިގުޅިގެން ރަށުގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް އިތުރު ސާމްޕަލްތަކެއް ނަގަން ފަށައިފިއެވެ. މީދޫ އިން ...